އޭޕްރީލް މަހުގެ 01 ވަނަ ދުވަހުން ފެށިގެން ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކަން ފަށާނެ ކަމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިދާޅުވެއްޖެއެވެ.

މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯ އިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑު ވިއްކާ އަގު ހަމަހަމަ ކުރުމަށްޓަކައި ނާލާއި މަޖޫރީ ފީ އެސްޓީއޯއިން ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވި އެޖެންޓުންނަށް ވުމަށް ހުޅުވާލާނެ ކަމަށާއި ކޮންމެ ރަށެއްގައި ވެސް އެސްޓީއޯގެ ކާޑު އެޖެންޓެއް ކަނޑައަޅާނެ ކަމަށެވެ. ނާލާއި މަޖޫރީ އަށް ހިނގާނެ ޖުމުލަ އަގު އެނގޭނީ އެޖެންޓުން ޕްރޮޕޯސަލް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އެޖެންޓުންނަށް ވުމުގެ ފޯމް މާދަމާއިން ފެށިގެން ރަށްރަށުގައި ހުރި ފާމަސީތަކުން ދޫކުރަން ފަށާނެކަމަށެވެ.

މިހާރު ވެސް ކާޑުގެ އަގު އެއް ހަމަކުރުމަށްޓަކައި ނާލާއި މަޖޫރީ ފީއަށް ހިނގާނެ ލަފާކުރެވޭ ހަރަދެއް ދެނެގަނެވިފައިވާ ކަމަށާއި އެކަމަށް އެސްޓީއޯގެ ބަޖެޓުން އިތުރަށް ހަރަދުކުރުމުގެ ބަދަލުގައި އެ ފައިސާ ހަމަޖައްސަނީ ކުންފުނީގެ ހިންގުމުގެ އުސޫލްތަކަށް ގެންނަ ބަދަލުތަކުން ކަމަށް އަމްރު ވިދާޅުވި އެވެ.

ކާޑުގެ އަގު މިހާރަށް ވުރެ ވެސް ހެޔޮކުރެވޭތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގައި ވެސް އެސްޓީއޯގެ ކާޑު އެޖެންޓެއް ކަނޑައަޅާނެ ކާޑުގެ ބާވަތްތައް ވިއްކަން އެދޭ ވިޔަފާރިވެރިން، މާދަމާއިން ފެށިގެން ކޮންމެ ރަށެއްގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރައަށް ޕްރޮޕޯސަލް ހުށަހަޅުމަށް ހުޅުވާލާނެ, ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑު ވިއްކާ އަގު ހަމަހަމަ ކުރުމަށްޓަކައި ނާލާއި މަޖޫރީ ފީ އެސްޓީއޯއިން ދޭ ގޮތަށް ވަނީ ނިންމާފައި" އަމްރު ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ ކާޑުގެ އަގު މިހާރަށް ވުރެ ވެސް ހެޔޮކުރެވޭތޯ ބަލަމުންދާ ކަމަށާއި ކާޑާއި ޒަރޫރީ ބާވަތްތަށް މިއަށްވުރެން ކުޑަ އަގެއްގައި ރައްޔިތުންނަށް ލިބޭގޮތް ހެދުމަށް ރައީސް ސޯލިހު ސައުދީ އަށް ކުރެއްވި ދަތުރުފުޅު ތެރޭގައިވެސް މަޝްވަރާ ކުރި ކަމަށެވެ.

އެޖެންޓުންނަށް ވުމުގެ ފޯމް މާދަމާއިން ފެށިގެން ރަށްރަށުގައި ހުރި ފާމަސީތަކުން ދޫކުރަން ފަށާނެ ކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ.

2019 ވަނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދޭ ކަރަންޓާއި ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރަން ފައިސާ ހިމަނާފައިވާއިރު ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން އެތެރެކޮށްގެން ވިއްކާ ކާޑުގެ ބާވަތްތަކުގެ (ހަނޑޫ، ހަކުރު އަދި ފުށް) އަގު ހެޔޮކުރުމަށް ބަޖެޓުގައި ޖަހާފައިވަނީ 230 މިލިއަން ދިވެހި ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous
 2. އުމްނިއްޔާ

  ތިޔައީ ބަޔަކު މަޖްލިސްވޯޓަށް ޖަހާ ފިލިކަންދެނެ ރައްޔިތުން ހޭއަރާ ތިބޭށެވެ. ޑީސަެލްގެޑިޔުޓީވެސް ކަނޑާލިއެވެ. މިއަދު އަލުން ބޮޑުވެއްޖެއެވެ. އެސްޓީއޯއިން ކާޑުގެ މަޖޫރީއާ އުފުލުމާ ޕިކަޕް ދަތުރު ބޯޓުފަހަރަށްދީގެން ރާކަނިމަހެއް ނުކެވޭނެއެވެ. ހިފަހައްޓާލެވޭނީ ދުވަސްކޮޅަކުއެވެ. އެއީ މްޖްލިސްއިންތިޚާބު ނިމެންދެނެވެ. ފަށަނީ އެޕްރީލްމަހުއެވެ. އެއީ ވޯޓުނަގާމަހެވެ. ގަޅަހައްދައިގެން ވޯޓުލިބޭނޭކަމަށް ހީނުކުރާށެވެ. މިފަހަރު މިއޮތީ އިންޝާއަﷲ ސަރުކާރު ތިރިކުރާފަހަރެވެ.

 3. ލަލަ

  ހެޕީ

 4. ަަަަަަަައަޑަފި

  ސަރުކާރުން ކިތައްމެވަރަކަށްތިކަންތައްކުރަންއުޅުނަސް ވިޔަފާރިވެރިން ތިކަމެއްނުކުރާނެ އެންމެކުޑަމިނުން އާބާދީ ބޮޑެތި ރަށްރަށުގައި ކާޑުގުދަންއަޅާކަށްވެސް އެއްބަސްނުވާނެ މިއީ އަޅުގަނޑުމެންނަށްފެނިފައިހުރިތަންތައް މި ވިޔަފާރިވެރިން ބޭނުންއަގަކަށް ކާޑު ވިއްކާނި މިކަންތައް

  • ތުއްތު

   އެސްޓީއޯ އުވާލަން އެސޮރު އެއުޅެނީ އަދިވެސް އަގު ބޮޑު ކުރަން ވެގެން.. މިވަގުތަށް ހުރިހާ ކެހިވެތި ރޭވުން ރާވާނެ. ކަލޭ ހުރޭ އަތް ޖަހަން.

 5. އައިޝާ

  ޥޭތުވެދިޔަ ދިހަ އަހަރު ދިރާސާ ކުރި ފަރާތެއްގެ ހައިސިއްޔަތުން ދެންނެވޭނީ އެސްޓީއޯ އަށް އިތުރު ސަބްސިޑީ ނުދީ ތިޔަކަމެއް ނުވާނެ

 6. ދދދދދ

  މަޖިލިސް އިންތިޚާބު ނިމުނީމަ ދެނޯ! ކަލޭމެންގެ މަޅީގަ ޖެހޭނީ އަބަދުވެސް ހޭދެބައި ވެފަ ތިބޭ މީހުން.