ތިލަފުށީގައި ބައިނަލްއަޤްވާމީ ޕޯރޓެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާމެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ތިލަފުށީގައި ބައިނަލްއަޤްވާމީ ޕޯރޓެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާރމެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިޕްރޮޖެކްޓުގައި ހިމެނެނީ ތިލަފުށީގައި ބައިނަލްއަޤްވާމީ ޕޯރޓެއް ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި ޕޯރޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށް އިއުލާނުގައި ވެއެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ޖެހޭނެއެވެ.

މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން(ކިއު.ސީ.ބީ.އެސް) އުޞޫލުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހި ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފަރމްތަކުގެ ބައިވެރިވުމާއެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށްކަމަށާއި އަދި ޕާޓީތައް ޝޯޓްލިސްޓުކުރުމުގައި މިކަމަށް ރިޢާޔަތްކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv ގައި ޝާޢިއު ކޮށްފައިވެއެވެ.

މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ފެބުރުވަރީ 2019ވާ ބުރާސްފަތި ދުވަހުގެ14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅުއްވަން ފިނޭންސް މިނިސްޓްރީން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދާއިމު

    ތިލަފުށިގައި ރައީސް ޔާމީން ބޮޑު ބަނދަރެއް ހައްދަވަން ފައްޓަވާފައިވާތީ މަވެސް ކަމެއްކޮށްލަނީ ދޯއެވެ؟

  2. ފަޅުވެރިން

    ބަލަ ކުރެހުން ހަދައި، ފީސިބިލިޓީ ހަދައި، ފައިނޭންޝަލް ޕްލޭން ހަދައި ނިންމާފައި އޮތް ކަމެއް އަލުން ކޮން ޕްލޭނެއް ހަދާކަށް؟؟ ތިމާމެން ވެސް ކަމެއް ކުރީމޭ ބުނަންވެގެންދޯ؟ ނޫނީ އެމްޑީޕީ ބަޔަކަށް ލާރިތަކެއް ދޭންވީ؟؟

  3. ހުސޭނުބޭ

    އަޅެ އިއްޔެއޭ ރައީސް މީހާ ބުނީ ލާމަރުކަޒީ ވާނަމޭ! ރަށްރަށުގެ ބަދަރުތައް ހުއްޓުވާފައި ތިލަފުށީގައި ބަނދަރެއް މި ހަދަނީ ކޮން ވައްތަރެއްގެ ލާމަރުކަޒީ ނިޒާމަކުންތަ؟