މިއަހަރުގެ ޖެނެއަރީ މަހު، މީރާއަށް 2.13 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މިކަމާއި ގުޅޭގޮތުން މީރާއިން ހާމަކުރައްވާފައިވާ މައުލޫމާތުގައި ވާގޮތުގައި އެ އަދަދަކީ މި މުއްދަތުގައި މީރާއަށް ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %2.2 އިތުރު އަދަދެއް ކަމަށާއި، އަންދާޒާ ކުރި ވަރަށް ވުރެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑްގެ އެކްޓެންޝަން ފީގެ ގޮތުގައި އާމްދަނީ އިތުރުވުމެވެ.

އަދި ޑިސެމްބަރ 2017 އާއި އަޅާ ބަލާއިރު ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާ މިންވަރު %5.4 އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވުންވެސް، މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް މީރާއިން މަޢުލޫމާތު ދެއްވައެވެ.

މިދިޔަ މަހު، މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. މީގެ އިތުރުން ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އަދި މިނޫންވެސް ޓެކްސްތައް ހިމެނެއެވެ. މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 67.8 އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.