ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށް އެސްޓާސް ރޯދަ ސޭލްގެ "ވާމްއަޕް" ފަށައިފިއެވެ.

ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނަ އެސްޓާސްއިން މި ސޭލް ކުރީބައިގާ ފެށީ ރޯދަ މަސް ކައިރިވަމުން އަންނާތީ، ދުރާލާ އެއްޗެހި ގަތުމަށް ފުރުސަަތު ދިނުމުގެ ގޮތުންނެވެ. އަދި މި ސޭލްގައި ރޯދައަށް ބޭނުންވާ ގިނަ ސާމާނުތައް ލިބެން ހުންނައިރު، އަގުތައްވެސް ވަރަށް ރަނގަޅުވާނެ ކަމަށް އެސްޓާސް އިން ބުންޏެވެ.

ރޯދަ ސޭލްގައި ޓީވީތައްވެސް އަގުހެޔޮވެއްޖެ

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން، ޓީވީ، ސޯފާ، ގޮނޑީގެ އިތުރުންވެސް ވަރަށް ގިނަ ސާމާނުތައް ހެޔޮއަގެއްގައި ލިބޭނެއެވެ.

ސޭލްގައި ސޯފާތައްވެސް އަގުހެޔޮވެއްޖެ

ހެޔޮއަގުގައި ލިބޭ އެއްޗެހި އެސްޓާސްގެ "ފޭސްބުކް ކައުންޓް" މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މީސް މީޑިއާ މެދުވެރިކޮށް މި ސޭލްގެ ދަށުން ވިއްކަން ހުންނަ އެއްޗެހިތައް ފެނިގެން ދާނެއެވެ.

އެހެންކަމުން ލަސްކުރުމެއް ނެތި އެސްޓާސްއަށްގޮސް ރޯދައަށް މުޅި ގޭތެރެ އާކޮށްލަން ހިނގާށެވެ.