މިއަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދު ކަނޑާ ބާކީ އާމްދަނީގެ ގޮތުގައި 944.9 މިލިއަން ރުފިޔާގެ ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 2776.1 މިލިއަނަށް އަރައެވެ. އޭގެ ތެރެއިން ދައުލަތުން ވަނީ 1831.2 މިލިއަނުގެ ހަރަދު ކޮށްފައިވެއެވެ. އެހެންކަމުން ފައިދާގެ ގޮތުގައި ވަނީ 944.9 މިލިއަން ރުފިޔާ ލިބިފައެވެ.

މިއަހަރު ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބިފައި ވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް (ބީޕީޓީ) އާއި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އަދި ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) އިންނެވެ.

ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ މުވައްޒަފުންގެ މުސާރައާއި ސަބްސިޑީސް އަދި އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށެވެ. މުސާރައިގެ ގޮތުގައި އެކަނި ވެސް 780.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ޚަރަދަށް ވުރެ އާމްދަނީ އިތުރު ވެފައި ވާއިރު ސަރުކާރުން ބޮޑު އެއްވެސް މަޝްރޫޢުއެއް އަދި މިއަހަރު ފަށާފައެއް ނުވެއެވެ. އެހެންނަމަވެސް ދާދި އަވަހަށް ޕީއެސްއައިޕީ މަޝްރޫޢުތައް ފަށާނެ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

މިއަހަރަށް ލަފާކޮށް ދައުލަތުން ވަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޟރ

    ޢެ ފެންނަނީ ހައްތާ ވެސް ޔާމީނު ކުރެއްވި ފައިދާހުރި މަސައްކަތުގެ ނަތީޖާ!

    5
    1
  2. ދދދދދދ

    ޚަރަދު ކުރީ 4000 ރުފިޔާ ދޯ؟

  3. ޑިމޮކްރަސީ

    ޚަރަދުގެ ތެރޭގަ ލޯނު އަދާކުރުމަށް ޚަރދެއްކޮށްފަ ނެތް. ލިބޭ އެއްޗަކަށްވުރެ ޚަރަދުކުޑަވާއިރު ބަޖެޓް ސަޕޯރޓަށް ތިހާގިނައިން ލޯނު ނަގަނީ ކީއްކުރަންތޯ؟

  4. Anonymous

    މުވައްޒަފުންނައް ހަމައެކަނި މުސާރަދިނުމައް ދިޔަ ހަރަދެއް ދިޔައީ. ގައުމު ތަރައްގީކުރާތަނެއް ނުފެނޭ.

    4
    1
  5. ހުސޭނުބޭ

    މާނައަކީ ތި 944 މިލިއަން ރުފިޔާ ދުމަށް އަރާނެޔޭ! އަޅެ އެ އޮތީނު 29 ބިލިއަނުގެ ދަރަނި ބަޖެޓެއް! ރައްޔިތުން ގުނބޯ ހައްދަން އުޅެނެކަމެއް ނެތް! އެމްޕީއާރުސީ ގެ ފައިސާތައް މި ސަރުކާރުގެ ބޮޑުން ކައިފައި އެކަން މަތިޖހަހަން ދައްކާ ވާހަކަ ތިއީ!

    3
    1
  6. ދަނޑުވެރިޔާ

    ކޮންމެހެން ފަިސާ ބާކީނުކުރިޔަސް އޯކޭ.