ފަސޭހަ ރީޗާޖް ވުޖޫދަށް އައީވެސް އެންމެންނަށް ފަސޭހަކޮށްދިނުމަށެވެ. އެ އެޕްލިކޭޝަން އެންމެންނަށް ފަސޭހަކޮށްދީފިއެވެ. ކުރިން ކިއުގައި ޖެހިގެން ކުރަމުން އަންނަ ކަންތައް، ގޭގެ އެނދުމަތީގައި އޮވެގެންކޮށްލެވޭ ފަސޭހަކޮށްފިއެވެ.

2017 ވަނަ އަހަރު ވުޖޫދަށް އައި މި އެޕްލިކޭޝަނަކީ މިހާރު ރާއްޖޭގެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ، އަދި ގިނަބައެއްގެ އިތުބާރު ހޯދާފައިވާ އެޕްލިކޭޝަންއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ކުރިން ހަމައެކަނި އެ އެޕްލިކޭޝަން މެދުވެރިކޮށް އެޅެނީ ރީލޯޑް، ރާސްޓަސް އެކަންޏެވެ.

ނަމަވެސް މިއަދު އެ އެޕް މެދުވެރިކޮށް، އުރިދޫ އަދި ދިރާގުގެ ޑާޓާ ޕެކޭޖް އަދި ވޮއިސް ޕެކޭޖް ނަގާލެވެއެވެ. އަދި އުރީދޫ، ދިރާގުގެ ފޯން ބިލް ދައްކާލެވެއެވެ. އަދި ބިލަށް އަރާފައި އިންނަ ވަރުވެސް ބަލާލެވޭއިރު، މި ބިލްގެ އިތުރުން، އެހެނިގެން ހުރިހާ ސާވިސްއެއްގެ ބިލްވެސް ދައްކާލެވެއެވެ.

މިހާރު ފަސޭހަ ރީޗާޖްއިން އެ ދަނީ މި އަހަރު ތެރޭގައި، އިތުރު އުފާވެރި ހަބަރުތައް ރައްޔިތުންނަށް ދިނުމަށް ތައްޔާރުވަމުންނެވެ. ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަ ކުރުމަށް އިތުރު ހިދުމަތްތަކެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެކަމުގެ ޔަގީންކަވެސް މިހާރު ވަނީ ދީފައެވެ.