ހދ.އަތޮޅުގައި ތަރައްޤީ ކޮށްފައިވާ ފުރަތަމަ ރިސޯޓް ކަމަށްވާ ހޮނޑާފުށި އައިލެންޑް ރިސޯޓް މާދަމާ ފަތުރުވެރިންނަށް ހުޅުވާލަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ތްރީ އޭ" އިން ތަރައްޤީ ކޮށްފައިވާ ރިސޯޓް މާދަމާ ފަތުރުވެރިންނަށް ހުޅުވާލާއިރު މިއީ ހދ.އަތޮޅު ރައްޔިތުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުމެވެ. ހދ.އަތޮޅަށް ފަތުރުވެރިކަން ތަޢާރަފް ވާނެ ދުވަހަކަށް އެއަތޮޅުގެ ރައްޔިތުން އިންތިޒާރު ކުރަމުން ގެންދާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ.

ހޮނޑާފުއްޓަކީ 400 އެނދުގެ ރިސޯޓެކެވެ. ނަމަވެސް މާދަމާ ޚިދުމަތް ފަށަނީ 140 އެނދުގެ 80 ކޮޓަރި އާއި އެކުއެވެ. ކޮންމެ އަހަރަކު 100 އެނދު އިތުރު ކުރަމުން ގޮސް ފަސް އަހަރު ތެރޭގައި 400 އެނދުގެ ރިސޯޓެއްގެ ގޮތުގައި ޚިދުމަތް ދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ތަރައްޤީ ކޮށްފައިވާ ރިސޯޓަކީ މެދުފަންތީގެ ފަތުރުވެރިންނަށް ހާއްސަ ރިސޯޓެކެވެ.

އޮންލައިންކޮށް ރޫމް ބުކް ކުރެވޭ މަޝްހޫރު ވެބްސައިޓްތައް ބުނާ ގޮތުން ހޮނޑާފުށި މާދަމާ ހުޅުވާއިރު ވެސް އޮތީ ފުލްވެފައެވެ.

ތްރީއޭ ކުންފުނިން މިހާރުވެސް ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުންދެ އެވެ. އެއީ މެދުފުށި އައިލެންޑް ރިސޯޓާއި ފިލިތެޔޮ އައިލެންޑް ރިސޯޓު އަދި ބަތަލާ އައިލެންޑް ރިސޯޓުގެ އިތުރުން ޒިތާލީ މޯލްޑިވްސް ރިސޯޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާރެސް

    ބަލަ ކިތައްރައީސުން އަރާފައިބާފި މިކަންކޮއްލެވުނުރައީސަކުވެސްނެތް އެއްކަލަ ގަޓް ހުރި ރައީސް ޔާމީނު މިއީ އާދަދަޔާހިލާފަ ކުލަދާނަ ލީޑަރެއް ވެރިކަން ދެދައުރަވުރެންވެސް ދިގުކޮއްދޭވި ކޮބައި މިހާރުއަޅާ 7000ހަތްހާސް ފުލެޓްބަލަ ނުގޮވާ ފުލެޓް ރައީސަކޭ މިހިރީވަރިގަދަ ކުޅަ ދާނަ އެކާވީސް ގަރުނުގާ ލީޑަރެއް މިގައުމުފަހުރުވެރިވަން އިދިކޮޅުމީހުން އަމިއަ އެދުމުން ފޯވެފައި؟؟؟

  2. ޙަފްޞާ / މާލެ

    ސާބަހޭ ރައީސް ޔާމީން! ސާބަހޭ ޓޫރިޒަމް މިނިސްޓަރު!

  3. އުހްތާ

    ދިވެހިން ހިންގާ ގިނަ ރިސޯޓްތަކުން ދިވެހިންގެ ޖީބަށް ބަރުނުވާ ކަމީ... ވަރަށް ދެރަ ކަމެއް....އަނެއްކާ ގިނައިން ގެންނަނީވެސް ވަޒީފާދެނީވެސް ބޭރުމީހުންނަށް....

  4. ޖޖޖެޖެ

    ރަގަޅު