ހިޔާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަޅާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހު ފަހުކޮޅު ހުޅުވާނެކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލްއިން މިހާރު ދަނީ 15 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ކުރަމުންނެވެ. މިހާރު ކުރަމުންދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.

އެމްޕީއެލް މުވައްޒަފުންގެ ފްލެޓްތައް ހައްގުވާ ފަރާތްތައް ފްލެޓް ނަގަން ބޭނުންވާ މާލީ އެހީތެރިކަން ތަނަވަސްކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ބޭންކުތަކާއި ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރަމުންނެވެ.

އެމްޕީއެލްއަކީ އެ މަޝްރޫއުގެ މަސައްކަތް އެންމެ ފުރަތަމަ ފެށި އެއް ކުންފުންޏެވެ.

އެމްޕީއެލް އިން އަޅާ 15 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެމްޕީއެލް އިން އަޅާ ތިން ޓަވަރުގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާޓްމެންޓް ހުންނާނެއެވެ. އެއީ ޖުމްލަ 534 އެޕާޓްމެންޓެވެ.

ހިޔާ މަޝްރޫޢުގެދަށުން ކުންފުނިތަކަށް ޢަމާޒުކޮށްގެން ޖުމްލަ 36 ޓަވަރު އެޅުމަށް ހަމަޖެހިފައިވެއެވެ.