އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ހާއްސަކޮށް ކުރިއަށްގެންދާ "އެސްޓީއޯ ރަމަޟާން ބާޒާރް 2018" މިއަދު ފަށައިފިއެވެ.

މިއަދު ހަވީރު އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮމޯޝަން ފައްޓަވައި އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވި ބައި ހުޅުވާދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން މާލޭގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ އިލެކްޓްރޯނިކްސްގެ އިތުރުން އަތޮޅު ތެރޭގައި ހުންނަ އެސްޓީއޯ އައުޓްލެޓްތަކުން ހަތް ޕަސެންޓާއި 20 ޕަސެންޓަށްވުރެ މައްޗަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި އަހަރުގެ ޕްރޮމޯޝަނާ ބެހޭ ގޮތުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ސީނިއާ ބްރޭންޑު މެނޭޖަރ އާމިނަތު ޝުރުފާ ވިދާޅުވީ، މި ޕްރޮމޯޝަން ކުރިއަށްދާއިރު، ބަދިގެ ސާމާނާއި އެ ނޫނަސް އެހެނިހެން ބާވަތްތަކުން 20 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަަމަށެވެ. އަދި އެސްޓީއޯ އިލެކްޓްރޯނިކްސް ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، އެސްޓީއޯ ހޯމް އިމްޕްރޫޕްވްމެންޓާއި ރީޖަނަލް ފިހާރަތަކުން ކުުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

ޝުރުފާ ވިދާޅުވީ، އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި އަތޮޅު ތެރޭގެ ފިހާރަތަކުން ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން ވިއްކާ ބާވަތްތައް ބައްލަވާ ގަނެގެން ވަގުތުން އިނާމު ލިބޭ ކަމަށެވެ.

"އޭގެ ތެރޭގައި ހިޓާޗީ ރެފްރިޖެރޭޓަރ ބައްލަވައިގަތީމަ އެބަލިބޭ ފިލިޕްސް ވެކިއުމް ކްލީނާއެއް. އޭގެ އިތުރުން އުދުން ނޫނީ އަވަށް ގަތީމާވެސް އެއާ އެކީ ވަގުތުން އިނާމްތަކެއް އެބަ ލިބޭ". ޝުރުފާ ވިދާޅުވިއެވެ.

އާމިނަތު ޝުރުފާ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އަދި ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް މި ޕްރޮމޯޝަން ތެރޭގައި އެކި ގޮތްގޮތުން ފަސްލައްކަ ރުފިޔާގެ އަގުހުރި އިނާމްތައް ލިބިގެންދާނެއެވެ.

އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯވރޫމަށް ބަލާއިރު، ރަމަޟާން މަހަށް ހާއްސަކޮށްގެން ޓީވީތަކުން 20 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ލަވަޖަހާ ސާމާނާއި، މޯބައިލް ފޯންތައްވެސް ވަރަށް ހާއްސަ އަގެއްގައި ލިބިގެންދާނެ އެވެ.

އެސްޓީއޯ އިން ބުނީ، މި އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އިން ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށެވެ. އެއީ ހިޓާޗީ އޭސީން ފެށިގެން އައިސްއަލަމާރި ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެއެވެ. އަދި މިހާރު މާކެޓް ހުރި އެންމެ އަގުހެޔޮ ހިޓާޗީ އޭސީ އެސްޓީއޯއިން ލިބެން ހުންނާނެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މަރާމާތައް ފަހު އެސްޓީއޯއިން އަލަށް މި ހުޅުވުނު ބަޔަށް އިތުރު ބްރޭންޑްތައް ވަނީ ގެނެސްފައެވެ. އެގޮތުން ޓެކްނޯ ބްރޭންޑް އަވަން، އުދުން، އޭގެ އިތުރުން ޕިލިޕްސް ލައިޓަށް ހާއްސަ ބަޔަކާއި، އޮރިއެންޓްގެ ފަންކާ ފަދަ ތަކެތި ހިމެނެއެވެ.

އެސްޓީއޯ ރަމަޟާން ބާޒާރަކީ އަބަދުވެސް ގިނަ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެެއް ޕްރޮމޯޝަންއެވެ.