ރޯދައަށް ގޭގެ ކުލަބަދަލުކޮށްލަން ވިސްނަނީއެވެ. ކޮޓަރީގައި ލާން ބޭނުންވަނީ ދެ ކުލައެވެ. ބަދިގެ އާއި ސިޓިންގރޫމްގައި ލާން ބޭނުންވަނީ ވަކި ކުލައެކެވެ. ގޭގެ ބޭރުގައި ލާން ވީ ވަކި ކުލައެވެ. އެކަމަކު ކޮން ބްރޭންޑެއްގެ ކޮން ކުލައެއްކަން ވިސްނާލީމެވެ.

އެ ވިސްނުމުގެ ތެރޭގައި މީގެ 10 އަހަރު ކުރިން ފަށައިގެން ރާއްޖެއަށް ޔޫއެސްއޭގެ ނަމްބަރ ވަން ބްރޭންޑެއް ކަމަށްވާ ޝާވިން ވިލިއަމްސް ބްރޭންޑުގެ ކުލައާއި ދަވާދުވިއްކަމުން އަންނަ ޕެއިންޓް ގްލޯބްގެ ނަން ހިތައް އައެވެ.

އަދި އަލިކިލޭގެ ފާނު މަގުގައި ހުންނަ އެ ފިހާރައަށް ޒިޔާރަތްވެސް ކޮށްލީމެވެ. ކަމަކު ދާކަށް ނެތެވެ. އެތާގައި ހުރިހާ ކުލައެއް އެބަހުއްޓެވެ. އެންމެ މޮޅު ކުލައިގެން ފަށައިގެން، އެންމެ އާދައިގެ ކުލަވެސް އެބަހުއްޓެވެ. މިއީ ކުލައިގެ ބަގީޗާއެކެވެ.

ޕެއިންޓް ގްލޯބް --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

އަދި ބޭނުންވާ ކުލައެއް ތައްޔާރުވެސްކޮށްދޭނެއެވެ. އަދި ބޭނުންނަމަ ޝާވިން ވިލިއަމްސް ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ކުލަ ލާން ބޭނުންވާ ތަނެއްގެ ފޮޓޯއެއް ނަގާ އެ ކުލަ ލާން ބޭނުންވާ ތަނުގައި ލާނެ ރީތި ކުލައެއް ސެލެކްޓް ކުރުމުގެ ފުރުސަތުވެސް ދިނެވެ. އަދި އެ ފުރުސަތު އެންމެންނަށް، ޝާވިން ވިލިއަމްސްގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.

އެ ފިހާރައަށް ޒިޔާރަތް ކުރުމުން އެނގުނުގޮތުގައި، މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް އެ ފިހާރާގައި ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށްދާކަމެވެ. އެ ޕްރޮމޯޝަންގައި 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދެއެވެ. އަދި ކުރާ ކޮންމެ 200 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، އެ ކޫޕަން ފުރައިގެން ފައިސާގެ އިނާމުތައް ލިބުމުގެ ފުރުސަތުވެސް އޮތްކަމަށްވެސް ޕެއިންޓް ގްލޯބް އިން ބުންޏެވެ.

ޕެއިންޓް ގްލޯބް --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

ކޫޕަންތަކުން ގުރުއަތުން ހޮވޭ ފުރަތަމަ ނަސީބުވެރިޔާއަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ދެވަނައަށް ހޮވޭ ނަސީބުވެރިޔާއަށް ލިބެނީ 10000 ރުފިޔާއެވެ. އަދި ތިން ވަނައަށް ހޮވޭ ނަސީބުވެރިޔާއަށް ލިބެނީ 6000 ރުފިޔާއެވެ.

އިތުރަށް އެތަނުގެ މުވައްޒަފަކާއި ވާހަކަދައްކާލުމުން އެނގުނުގޮތުގައި، އެ ތަނުން ވިއްކާ ކުލަތައް ވަރަށްވެސް ކޮލެޓީ ރަނގަޅެވެ. ގޭގައި ކުލަލާންއިންނައިރު، އެއްވެސް ހާސްކަމެއް ނެތި އެތާ އެހެން މީހަކަށް ޓީވީ ބަލަން އިނދެވިދާނެއެވެ. މާނައަކީ ވަހުގެ އެއްވެސް އަސަރެއް ނުހުންނާނެއެވެ. އަދި ގޭ ތެރޭ ދުވާ އެހެނިހެން ވަސްވެސް ކަނޑުވާލަދޭހާ އެ ކުލަ މޮޅެވެ.

އެ ފިހާރައިން ވިއްކަމުންދަނީ ކުލަ އެކަންޏެއް ނޫނެވެ. ދަވާދާއި، ވޯލްސީލަރ، އަދި ކުލަލުމަށް ބޭނުން ކުރާ ސާމާނުވެސް އެ ފިހާރާގައި އެބަހުއްޓެވެ.

ޕެއިންޓް ގްލޯބް --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޝާވިން ވިލިއަމްސް ކުލަ ސީދާ ރާއްޖެ އެތެރެކުރަނީ އެމެރިކާއިންނެވެ. އަދި އެ ބްރޭންޑްގެ އެކި ވައްތަރުގެ ކުލަތައް ގަޑުކޮށް ލިބޭނެ އެއްތަނަށްވެގެންދާނީވެސް ޕެއިންޓް ގްލޯބެވެ.

އެ ފިހާރައިން ނުކުތީ، ހުރިހާ ތަނަކަށް ބޭނުންވާ ކުލަވެސް ގަނެލައިގެންނެވެ. ކުލަ ލުމުގެ ބޭނުން ފުދޭ، ޕެއިންޓް ގްލޯބް ވަރެއް ހަމަނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗައިނާ

    ކުލަ ތަފާތުކޮށްލާއިރަށް ސަވާބު އިތުރުވެ ހައިހޫނުކަން ކުޑަވެދާނެ