ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ(އައިޓީބީ)ގައި މިފަހަރުވެސް ރާއްޖެެއިން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ ރީތިކަމާއި ސަގާފަތް ވަރަށް ރަނގަޅަށް ޖަރުމަން ވިލާތަށް ދައްކައިދޭނެއެވެ.

މި ފެއާ ފަށާފައި ވަނީ އިއްޔެއެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފެއާ ކުރިއަށްދާނެއެވެ.

މިއެމްއެމްޕީއާރްސީން ބުނީ، މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ 405 އަކަ ކިލޯމީޓަރުގެ ދެ ފްލޯގެ ސްޓޭންޑެއްގައެވެ. މި ސްޓޭންޑުގައި ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯތައް ޑިސްޕްލޭކޮށްފައި ހުންނާނެއެވެ.

ރާއްޖޭގެ ސަގާފީ ހަރަކާތްތައްވެސް ދައްކާލުން އޮންނާނެ ކަމަށާއި، އޭގެ ތެރޭގައި ސަގާފީ ނެށުންތަކާއި، ސަގާފީ ކުޅިވަރުގެ ތެރޭގައި ހިމެނޭ ބޮޑުބެރު އަދި ބޮޑު މަހުގެ ހަރަކަތްތައް އެ ސްޓޭންޑްގައި ދައްކާލަނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. އަދި ރާއްޖޭގެ ލުއި ކެއުންތައް ރަހަ ބަލާލުމުގެ ފުރުސަތު ސްޓޭންޑަށް ޒިޔާރަތް ކުރާ ފަރާތްތަކުން ދިނުމާއި، ލިޔެލާޖެހުމުގެ މަސައްކަތް ލައިވްކޮށް ބަލާލުމުގެ ފުރުސަތުވެސް ދޭނެއެވެ.

ވާޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ބަލާލުމުގެ ފުރުސަތުވެސް ފެއާ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ.

މި އަހަރުގެ ފެއާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 105 ކުންފުންޏަކުން 270 ފަރާތަކުން ބައިވެރިވެއެވެ. މި ފެއާއަށް ރާއްޖެއިން ދިޔަ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މީގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުވެސް މި ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ލައްވައެވެ.

މި ފެއާގެ ތެރެއިން ބާއްވާ މޯލްޑިވިއަން ނައިޓް މިއަަހަރު ބާއްވާފައި ވަނީ ރޭ "ގްރޭންޑް ބަޔަޓް ބާލިން ހޮޓެލް" ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައުންސެލަރު

    ވޭސްޓް އޮފް މަނީ.........
    ޓޫރިޒަމް ބޮއިކޮޓް ކުރަންގޮވާފާ ދެންކީއްކުރާ ޕްރޮމޯޓެއް. އަޖައިބު. ވަގުގަ ވަގު ހިފާފަ

    4
    4
  2. ރާބޯންމީހުން

    މިތަނަށް އައިސް ދިވެހި ވަފްދު އެޅެނީ ވަރަށް ފެންވަރު ދައްކޮން. މޑޕ ޖަގަހަތެރޭ އުޅޭގޮތައް. އެހެންތާވާނީ ހުސް މޑޕ މީހުންތިބީ. މިފަހަރު ބޯއިކޯޓް ކުރަން ގޮވާކަށް ނޫންތިބީ ކޮންމެ ދުވަހަކު ފަތުރުވެރިއެއް މަރުވާއިރުވެސް.

    2
    2
  3. ބަދުނަސީބުމޑޕ

    ތިތަނަކައް ގޮސްގެން އިރާދަކުރެއްވިއްޔާ މޑޕ އެއްވެސް ވިޔަފާރި ވެރިޔެއްގެ ޓުއަރިޒްމް ވިޔަފާރި ކުރިޔަކައް ނުދާނެ. އެހާވަރައް މި ބައިގަޑުގެ އުދަގޫ ޖެހުން ފާއިތުވި 7 އަހަރު، ބޯއިކޮޓް ކުރަން ގޮވާ ތިތާގަ ކަރުދާސް ބަހާ ހެދި ރާއްޖޭގެ އަގުވައްޓަން.

    3
    1