މިއަހަރު ރާާއްޖޭގައި މުޅިން އަލަށް 20 ރިސޯޓް ހުޅުވާނެ ކަމަށް ފަތުރުވެރިކަމުގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފިއެވެ.
ރާއްޖޭގައި އަލަށް ހުޅުވާ 20 ރިސޯޓާއި އެކު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުރި އެނދުގެ އަދަދު ބައި ލައްކަ އަށް އިތުރު ވެގެން ދާނެކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފާއިތުވި ފަސް އަހަރު ތެރޭގައި ރާއްޖޭގައި ވަނީ 52 ރިސޯޓް ހުޅުވާފައެވެ. އޭގެތެރެއިން 11 ރިސޯޓް ހުޅުވާފައި ވަނީ 2016 ވަނަ އަހަރު އެވެ. 2017 ވަނަ އަހަރު 15 ރިސޯޓް ހުޅުވިއިރު 2018 ވަނަ އަހަރު 20 ރިސޯޓެއް ހުޅުވިއެވެ. އަދި މިއަހަރު ވެސް ބައެއް ރިސޯޓްތައް މިހާރު ވަނީ ހުޅުވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އަދަދު މިހާރު ވަނީ 140 އަށް އަރާފައެވެ.
މިއަހަރު ރާއްޖޭގައި ހުޅުވާ ރިސޯޓްތައް ހިންގާ ބައިނަލްއަޤުވާމީ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ސިންގަޕޫރުގެ ޕާކް ހޮޓެލް ގްރޫޕާއި ޗައިނާގެ އެކޯރް ހޮޓެލްސް ވެސް ހިމެނެއެވެ. މީގެ އިތުރުން ހާދް ރޮކް އިންޓަނޭޝަނަލް އާއި އީމާރް ހޮސްޕިޓާލިޓީ ގްރޫޕްގެ ރިސޯޓްތައް ވެސް މިއަހަރު ރާއްޖޭގައި ހުޅުވާނެއެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ދޮޅު މިލިއަން ފަހަނައަޅައި ގޮސްފައި ވާއިރު ފަތުރުވެރިންގެ ފަރާތުން ލިބެމުންދާ އާމްދަނީ ވެސް ދަނީ ކޮންމެ މަހަކު އިތުރު ވަމުންނެވެ.
މިއަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ހުޅުވާ އަދި އާޓާމިނަލްގެ މަސައްކަތް ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ލައްކައެއް އިތުރުވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ތީ ރައީސް ޔާމީނުގެ މަސައްކަތް.
ތިޔަ ރެސޯޓް ތައް ހުޅުވިޔަސް ތިޔަކަމުން މަގޭ ދިރިއުޅުމަށް ބަދަލެއް ނާދެ.ވަކިބަޔަކަށް ފައިދާ އޮތީ. ޢެ އުޅެނީ ކަަރުދާހުގައި އޮތް ފްލެޓް ގަޑުވެސް ނުދީވާނެ ގޮތެއް އޮތްތޯ ބަލާކަށް ނޫން.
ކޮންފަދަ ބޮޑު ކުރިރުމެއްތޯ.. ދިވެހި އިގުތިސޯދައް ތިޔަގެނެސް ދެއްވީ.. ދިވެހިރައްޔަތުން ނައް ކުރުމުއްދަތުގަ ތިޔަގެނެސް ދެއްވި ތައްރައްގީ އިގުތިސޯދީ ކުރިއެރުން މިގައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް ހަދާން ކުރާނެ .މަނިކުފާނައް އައްސަރިބހާ ސާބަސް.. މަނިކުފާނުތީ ހަމަ އަލިރަސްގެފާނު. މަނިކުފާނަކީ އުތީމް ބޮޑުތަކުރުފާނު..މަނިކުފާނަކީ ދޮންބަންޑާރައިން..
އިބޫދޯ، ހަމަބެސްޓް.
ހަހަހާ! ރިޒޯޓެއް ނުހުޅުވޭނެ! ބަނޑަށް ޖެހި ގިނަ މީހުން މަރުވާނީ! ﷲ ގަންދީ ހުވާ ކޮއްފަ މިބުނީ، 3 ވަނަ ބޮޑު ހަނގުރާމަ އަކީ ނިއުކްލިޔަރ ހަނގުރާމައެއް! އަހަރެންގެ ޤުރްއާން ދިރާސާއިން ދައްކަނީ މިއަހަރު (ބޮޑަށް ފެންނަ ގޮތް) ނޫނީ މިއަންނަ އަހަރު ފައްޓާނެ! 2015 އިން ފެށިގެން އިންޒާރު ކުރަމުން މިދަނީ! ޤަބޫލު ކުރީ ކާކު؟! ވަރަށްވެސް މަދު ބައެއް! ?
މިސަރުކާރުގެ 100 ދުވަހުގެ ވައުދު. ސާބަސް އިބޫ.
7000 ފުލެޓް އިން 3590 ފުލެޓް ކާލަޢިފި.. ވ ވެދުން .
ތި ރިސޯޓުތައް ކިތަންމެ ގިނައެއްކޮށް ހުޅުވިޔަސް އޭގެން ނިކަމެތި ދިވެހިންނަށް ވާ ފައިދާއެއް ކޮބާ؟ ދިވެހިންގެ އަމިއްލަ ތަންތަނުގައި އަޅާ ބޮޑެތި ރިސޯޓުތައް ކައިރިން ދަތުރު ކޮއްލުމުގެ ހައްގުވެސް ދިވެހިންނަށް ނުލިބޭ! ކީއްވެ؟ އަގުތައް އިންތިހާ!! އެކަމަކު ގިނަ ދިވެހިންނަށް ލިބޭ މަދު މުސާރަ ކޮޅުން ތިފަދަ ތަނެއް ފެނުމުގެ ނަސީބުވެސް ނުލިބޭ!! ޤައުމަށް ފައިދާ ވެޔޭ ބުނާނެ. ޙަރާން އާދައިގެ މީހަކަށް ލިބޭ ލާރިފޮތި އިތުރެއް ނުވޭ ގައިމު! އެހެން ޤައުމުތަކުގައިވެސް ގައިމު "ލޯކަލްސް" ނުވަތަ އަމިއްލަ ޤައުމުގެ މީހުންނަށް އެޤައުމަކުން ލިބެން ހުންނަ ބައެއް ޚިދުމަތް އަގުހެޔޮ ވާތަން އާދޭ! މިތާ އެހެންވެސް ނުވޭ އަބަދުވެސް ނިކަމެތި މީހާ ނިކަމެތި.
ޙިޔާލު ހުސް