"ގްލޯބަލް މަނީ ވީކް" ކުލަގަދަކޮށް ފާހަގަކުރުމަށް އެމްއެމްއޭ އިން ނިންމައިފިއެވެ.
މި ހަރަކާތަކީ މިމަހުގެ 25 ން 31 ށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތެކެވެ.
އެމްއެމްއޭ އިން މަޢުލޫމާތު ދެއްވި ގޮތުގައި، ގްލޯބަލް މަނީ ވީކް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. މީގެ ބޭނުމަކީ، ކުޑަކުދިންނާއި، ޒުވާނުން، މާލީ މުއާމަލާތްތަކަށް ހޭލުންތެރިކޮށް، ފައިސާ ރައްކާކުރުމާއި، ފައިސާ ހޯދުމުގެގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ.
"ގްލޯބަލް މަނީ ވީކަކީ މާލީގޮތުން ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށްޓަކައި، ޗައިލްޑް އެންޑް ޔޫތު ފައިނޭންސް ނަކަމަށް ކިޔާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަކުން ހަފްތާއަކަށް ކުރިއަށް ގެންދާ ހަރަކާތެއް. މިހަރަކާތުގައި ދުނިޔޭގެ 151 ޤައުމަކުން ވަނީ ބައިވެރިވެފައި. 2014 ވަނަ އަހަރުން ފެށިގެން އެމްއެމްއިން ދަނީ މި ހަރާކާތް ސެލެބްރޭޓް ކުރަމުން ރާއްޖޭގައި. އެގޮތުން މި އަަހަރު އަޅުގަނޑުމެން ރާވާފައި މި އޮތީ ކުރީ އަހަރުތަކާއި ޚިލާފަށް ތަންކޮޅެއް ފުޅާކޮށް ކުރިއަށް ގެންދަން." އެމްއެމްއޭ އިން މަޢުލޫމާތު ދެއްވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން އެމްއެމްއޭ އިން ވިދާޅުވީ، މާލޭގެ އިތުރުން، ގދ.ތިނަދޫ އާއި، ލ.ފޮނަދޫ އާއި، ހދ.ކުޅުދުއްފުށީގައި މި ހަރަކާތުގެ އެކި އެކި ސެގްމެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި ކުރިއަށް ގެންދާ ބައެއް ހަރަކާތްތަކުން ވަނަ ވަނަ އަށް އަންނަ ފަރާތްތަކަށް އަގުހުރި އިނާމްތައް ވެސް ކަނޑައެޅިފައިވާ ކަމަށެވެ.
"މާލީ ޚިދުމަތްތައް ހަމަހަމަކާއި އެކު އެންމެނަށް، މި ޝިޢާރުގެ ދަށުން އަޅުގަނޑުމެން ހުރިހާ ހަރަކާތެއްވެސް ރާވާލާފައި ވާނީ. އެހެންވީމަ މި ހުރިހާ ކަމެއްގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ މީހުންގެ ހޭތުންތެރިކަން އިތުރުކުރުމާއި، މި ޚިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަކީ ވަރަށް މުޙިއްމު ކަމެއްކަން. އެހެންވެ އަޅުގަނޑުމެން މި ހަރަކާތް މިހާ ކުލަގަދަކޮށް ފާހަގަކުރަން މި ގަސްތުކުރަނީ." އެމްއެމްއީން މަޢުލޫމާތު ދެއްވިއެވެ.
މި ހަރަކާތްތަކުގެ ތީމް އެއްގެ ގޮތުގައި ބޭނުން ކުރާނީ، "ލާން، ސޭވް، އާން" މި ތީމް އެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި މި ހަރަކާތްތަކާއި ގުޅޭ ތަފްޞީލީ މަޢުލޫމާތުތައް، އޮންލައިން ނޫސްތަކާއި، ޓީވީތައް މެދުވެރިކޮށް އާއްމުންނާއި ހަމައަށް ފޯރުކޮށްދެއްވާނެކަމަށް އެމް.އެމް.އޭ އިން މަޢުލޫމާތު ދެއްވައެވެ.
ކޮން ހޭލުންތެރިކަމެއް. ރައްކާ ކުރެވޭ ވަރަށް ލާރި ދިނީމަ ރައްކާ ކުރާނެ.
އަހަރެމެން މިއުޅެނީ ފަހަށްފައިސާރައްކާކުރަން ހޭލުންތެރިކަންނެތިގެނެއްނޫން އަހަރެމެންނަށް ސަރުކާރުންދޭ ކުޑަމުސާރަކޮޅުން ކަރަންޓްބިލް ، ފެންބިލް ، ދަރިންގެހަރަދު ، ކެއުމުގެޚަރަދު އަދި ނުވިތާކަށް މިއޮންނަނީ ކަންމަތިފިހާރައަށް ދަރާފައި އަސާސީ މުސާރައަށް މިލިބެނީ ގާތްގަޑަކަށް -/4000ރުފިޔާ ތި އެމް އެމް އޭ ހުނަރުވެރި ގާބިލް ތަޖުރިބާކާރު ބޭފުޅުން މިފައިސާކޮޅުން ހަރަދުކަނޑައިފައި ފަހަށްރައްކާކުރާނެގޮތުގެ ތާވަލެއްފޮނުވާދިނުންވަރަށްބޮޑަށް އެދެވެ.
އެމްއެމްއޭއިން އެންމެ ފުރަތަމަ ކުރަންވީކަމަކީ އެމްއެމްޕީއާރުސީ މައްސަލާގައި ތިތަނުގަ ތިބެގެން އިހުމާލުވި ކުރީގެ ގަވަރނަރ އަޒީމާ އާއި ކުރީގެ އެފްއައިޔޫ ހެޑުން ކަމަށްވާ އާތިފާއި އަޝްފަރަށް ފިޔަވަޅު އެޅުން.