ރ. އަތޮޅު އުތުރުން އޮންނަ ފާރަފުށީގައި ތަރައްގީ ކޮށްފައިވާ 80 ވިލާ ހިމެނޭ ރިސޯޓު ހުޅުވައިފިއެވެ.

ރިސޯޓުން ރާއްޖޭގެ ލަކްޒަރީ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ފުރިހަމަވާނެ އިރު، ރިސޯޓަށް މާލެއިން 50 މިނެޓްގެ ސީޕްލޭން ދަތުރެއްގައި ދެވޭނެއެވެ. ނޫންނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިފުރަށް ދިޔުމަށްފަހުވެސް ރިސޯޓަށް ދެވޭނެއެވެ.

10 ބީޗު ބަންގަލޯ، އަދި 27 ބީޗު ރިޓްރީޓް ޕޫލާއެކު ރަށުގައި ހުރި އިރު، މޫދު ތެރޭގައި 39 ރީޓްރީޓްސް ޕޫލާއެކު ހުންނާނެއެވެ.

އެ ރިސޯޓް ހުޅުވުމާ އެކު ހާއްސަ ޕްރޮމޯޝަން އަގުތަކެއް ވެސް ހަމަޖައްސައިފަ އެވެ. މި ހާއްސަ ޕްރޮމޯޝަން ކުރިޔަށް ދާނީ މާޗު 5 އިން އޮކްޓޫބަރު 31 ގެ ނިޔަލަށެވެ. އެގޮތުން އަންނަ މަހުގެ 31 ގެ ނިޔަލަށް 40 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ. އެއަށް ފަހު 30 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެރިސޯޓުން ބުނެއެވެ.