ކަނބަލުންނަށް ކުރަން ނޭނގޭ މަސައްކަތެއް ނެތެއެވެ. ބައެއް ފިރިހެނުންނަށް ހާއްސަ މަސައްކަތްތަކުގައި މިހާރުވެސް ކަނބަލުން އުޅޭއިރު، ބައެއް އަންހެނުން އެފަދަ މަސައްކަތަށް މާ ރަނގަޅެވެ.
މިހާރު އަންހެނުން ޝާމިލުވެ އުޅޭ ދާއިރާގެ ތެރޭގައި ޑްރައިވަރުންގެ ގޮތުގައި އުޅޭ މީހުން މަދެއް ނޫނެވެ. ޓެކްސީ ޑްރައިވަރުންގެ ގޮތުގައާއި، ލޯންޗް ޑްރައިވަރުންގެ ގޮތުގައި އުޅެމުންދާ އަންހެނުން މަދެއް ނޫނެވެ.
ދައްކަން މި އުޅެނީ ސައިކަލް ޓެކްސީ ޑްރައިވަރުންގެ ގޮތުގައި އުޅެމުންދާ ކަނބަލުންގެ ވާހަކައެވެ. ހުއްޓިފައި އޮތް ސައިކަލު ޓެކްސީގެ ހިދުމަތަށް އާރޯކަން ގެނެސްދިނީ "އަވަސް ރައިޑް"ގެ އެޕް ރާއްޖެއަށް ލޯންޗް ކުރުމާއި އެކުގައެވެ.
އަވަސް ރައިޑްގެ ސައިކަލް ޓެކްސީ ޑްރައިވަރުންގެ ގޮތުގައި، ގިނަ އަދަދަކަށް އަންހެން ޑްރައިވަރުން އުޅޭކަމީ ވަރަށް އުފަލާއިއެކު ފާހަގަކޮށްލަން ޖެހޭކަމެކެވެ. އަދި އަންހެނުން އެ މަސައްކަތް ކުރާތީ އެކަމާއި އުފާކޮށް އެ މީހުންނަށް ތަރުހީބު ދޭ މީހުންވެސް މަދެއް ނޫނެވެ. އަދި މި ދާއިރާއަށް އަދި ގިނައިން އަންހެން ޑްރައިވަރުން ފެންނަން ބޭނުންވާކަމަށްވެސް ގިނަ ބަޔަކު ބުނަމުންދެއެވެ.
https://www.facebook.com/avasride/photos/a.308319559781613/354382381841997/?type=3&theater
ބޭނުންވަނީ އަންހެނުން އަރުވައިގެން ދުއްވާނެ އަންހެން ޑްރައިވަރުންނެވެ. އެއީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި މިއީ އަންހެނުންނަށް ކުރެވިދާނެ މަސައްކަތެއްކަންވެސް އަންގާލަދިނުމަށެވެ.
އަވަސް ރައިޑްގެ ސައިކަލް ޓެކްސީގެ ޑްރައިވަރަކަށް ވުމަށް ވަރަށް ފަސޭހައެވެ. ސައިކަލް ދުއްވަން އިނގޭ، ލައިސަންސް އޮންނަ ކޮންމެ ޑްރައިވަރަކަށްވެސް ޑްރައިވަރަކަށް ވެވިދާނެއެވެ. މިއީ ހުސްވަގުތުކޮށްލަންވެސް ވަރަށް ރަނގަޅު މަސައްކަތެއްކަމަށް މިހާރުވެސް ސައިކަލް ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަންހެނުން ބުނެއެވެ.
މިހާރުވެސް އޮފީސް މަސައްކަތުގަޑި ނިންމާލުމަށްފަހު ލިބޭ ހުސްވަގުތުގައި އަވަސް ރައިޑް ސައިކަލު ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ހަދީއްޖާ ބުނީ، އޭނާ އަވަސް ރައިޑްގެ ސައިކަލް ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނީ، ޑިއުޓީ ގަޑި ނިންމާލުމަށްފަހުއެވެ.
"އަޅުގަނޑުމެންނަކީ އޮފީހުގައި މަސައްކަތް ކުރާ މީހުން. ދެން މަސައްކަތަށް ފަހު އިރުއޮއްސެން ދެން ގޭގާއި ތިބެނީ 11 ޖަހަން ދެކަށްވެސް ފްރީކޮށް ތިބޭނީ. ދެން ހަމަ އެހެން ލިބޭ ގަޑިތަކުގައި ދާންވީ ދޯ". ހަދީއްޖާ ބުންޏެވެ.
އިތުރަށް ހަދީއްޖާ ބުނީ، ދުވާލަކު 10 – 15 ވަރަކަށް ދަތުރު ކުރާކަމަށް، އަދި ވަރަށް ބޮޑު ޑިމާންޑެއް އޮންނަކަމަށެވެ. އޭނާއަކީ ހަމައެކަނި އޮފީސް ނިންމާލުމަށްފަހު ދުވާލުގަޑީގައި އަވަސް ރައިޑްގެ ސައިކަލް ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
"ކޮންމެ ދުވަހަކުވެސް 2 އިން 6 އަށް މަސައްކަތް ކުރަނީ. ފުލުފުލުގައި ދަތުރުތައް ލިބޭ" ހަދީއްޖާ ބުންޏެވެ.
އަވަސްރައީޑްއަށް ތައުރީފް ކުރަމުން ހަދިއްޖާ ބުނީ، އަވަސް ރައިޑް ވަރަށް ސަޅި ކަމަށެވެ. އަދި ޑްރައިވަރަކަށް ވާން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ފަސޭހައިން ބައިވެރިވެވޭކަމަށްވެސް އޭނާ ބުންޏެވެ. އަދި އަވަސްރަިޑަކީ ޑްރައިވަރުން ސެކިއުރިޓީ ސްކްރީން ކުރާތަނަކަށްވާތީއާއިއެކު، ކަސްޓަމަރުންނަށް ރައްކާތެރިކަން ޔަގީންކުރެވޭނޭކަން އޭނާ ބުންޏެވެ.
އަވަސް ރައިޑްގެ ސައިކަލް ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަހު ގުޅުނު ނަސްރާ ބުނިގޮތުގައި، މީހުންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބެއެވެ. އަދި އެ މީހުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތައް ލިބޭކަމަށްވެސް ނަސްރާ ބުންޏެވެ.
"އަންހެން ކުއްޖެއް ވީމަ އިހްތިރާމް ކުރުމުގެ ކަންތައްވެސް އިނދޭ ވަރަށް ރަނގަޅަށް. އަދި ސާވިސް ވަރަށް ރަނގަޅުކަމަށްވެސް ބުނޭ މެސެޖުންވެސް. ވަރަށް ހިތްވަރުދޭ. އަދި ނުރަނގަޅު ކޮމެންޓެއް ދުވަހަކުވެސް ނުލިބޭ". ނަސްރާ ބުންޏެވެ.
ނަސްރާވެސް ބުނީ، މި ދާއިރާއަށް އިތުރު އަންހެނުން ނެރެން ޖެހޭ ކަމަށެވެ. އަދި މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއްކަންވެސް ނަސްރާ ފާހަގަކުރިއެވެ.
"މިކަމުން އަހަރެމެންނަށްވެސް ފައިދާ، ދެން ހިދުމަތް ހޯދާ ފަރާތަށްވެސް ފައިދާ"
ދެ މީހުންގެ ވާހަކަތަކުންވެސް އާއްމުންގެ ބޮޑު ތަރުހީބެއް މިކަމުން ލިބޭކަން ޔަގީނެވެ. އަދި އަވަސްރައިޑްއިން ކުރަމުން އަންނަ އެ މަސައްކަތްވެސް ދިވެހިން ވަރަށް ރަނގަޅަށް ބަލައިގަނެއެވެ.
އަންހެނުން މި ދާއިރާގައި މާ ވަރުގަދަ އެ ހިދުމަތް ހޯދަމުންދާ ގިނަ ބަޔަކު ބުނެއެވެ. އެހެންކަމުން ގޭގައި ފޫހިވެފައި ތިބޭ އަންހެނުން އަވަސް ރައިޑްއަށް ގުޅައިގެން، ސައިކަލް ޓެކްސީގެ ޑްރައިވަރަކަށް ވެވިދާނެއެވެ.
ބޭނުންވަނީ "އަންހެނުންނަށް"ވެސް ވާނެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭށެވެ.
ސާބަހޭ ދިވެހި އަންހެންނުނަށް ހުރި މިސާލެއް ތިއީ
ކިހިނެތް ކޮންޓެކްޓް ކުރާނީ؟ އަޅުގަނޑަކީ ވަރަށް ގިނައިން ދަތުރު ކުރަން ޖެހޭ މީހެއް. އަންހެނެއް. ޢާއިލާގައި ގެންގޮސްދެވޭ މީހެއް ނެތީމަ ހިނގާފައްޔާއި، ޓެކްސީގައި ނޫނީ ބަހުގައި އުޅެނީ.. ސައިކަލުގަ ގެންގޮސްދޭ އަންހެން ޑްރައިވަރުން އެނގޭނަމަ ވަރަށް ފަސޭހަ ވާނެ.. ކޮންޓެކްޓް ކުރާނެ ގޮތެއް އަންގަވާލަ ދެއްވާ!!
އަވަސް ރައިޑް އަކީ ފޯން އެޕެކޭ.. ފޯނަށް ޑައުންލޯޑު ކޮއްލައިގެން އެޕް މެދުވެރިކޮށް ބުކޮ ކޮއްލަންވީ!
ޝުކުރިއްޔާ! ތިޔަ އަންހެން ޑްރައިވަރުންނަށް ފަށް ފަށުން ޝުކުރު! ހިއްވަރާއިއެކު ކުރިޔަށް އޮތްތާގައިވެސް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން.. އަވަސް ރައިޑުގައި އަދިވެސް އަންހެން ޑްރައިވަރުން ގިނަވެ ހިދުމަތް ފުޅާވެގެން ދާނޭ ކަމަށް އުންމީދު ކުރަން
މިއީ ފިސާރި ދިވެހި އަންހެން ދަރިންނަކީ! ސާބަހޭ!
ކަބަލުންނަށް އެސްފިންނާ ނުޖަހާ. ކަލޭމެން ނުބުނިއަސް އަހަރުމެންނަށް އިނގޭ ދިވެހި އަންހެނުންނަކީ ފިސާރި ބަޔެއް ކަން
ކަނބަލުނ ނުނިކުމެ އޮތް ދާއިރާ އަކީ ތީ ސާބަހޭ ކަނބަލުންނޭ ތހިޔަހިވވަރަށް ފަށްފަށުން ޝުކުރުވެރިވާ ޙާލު ވަރަށް އުފާވެއްޖެ. ދަތުރުތައް ލިބުން ތހިޔަ ފަސޭހަވީ! ސާބަސް ކަނބަލުން ސާބަސް ކަނބަލުން!
އެކަމަކުމިފޮޓޯއިން މިފެންނަ ސައިކަލަކީ ޓެކްސީކުރަން ހުއްދަ ދީފައިވާ ސައިކަލެއްނޫން. އަވަސްރައިޑުންވިއަސް ލަސްރައިޑުންވިއަސް ގަވާއިދާ އެއްގޮތަށް ސައިކަލް ޓެކްސީ ކުރުން އެދެން.
ދުވަހަކުވެސް ދިވެހިންނަށް އެއްވެސް ކަމެއް ރަނގަޅު ނުވާނެ. މިސާލަކަށް ސައިކަލުގައި ޓެކްސީ ބޯޑު އެޅުވީ، ދެން ބުނާނެ ސައިކަލު އަރާމެއް ނޫނޭ، ސައިކަލު ބަދަލު ކުރާށޭ.
ދެން ބުނާނެބާ ސައިކަލުގައި ފާހަނާއެއް ނެތޭ، ސައިކަލު މަތީ ގެއެއް އަޅާލާށޭ