"ސަން އިންޓަފެރެންސް" ގެ ސަބަބުން މާދަމާ މީޑިއާނެޓުގެ ހިދުމަތަށް ބުރޫ އަރާފާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މީޑިއާނެޓުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ 22 މާރިޗު 2018 ވާ ބުރާސްފަތި ދުވަހު "ސަން އިންޓަފެރެންސް" ގެ ސަބަބުން މީޑިއާނެޓުގެ ހިދުމަތަށް ދޭތެރެ، ދޭތެރެއިން ބުރޫ އަރާ ހިދުމަތް ކެނޑުން އެކަށީގެންވާ ކަމަށެވެ.

"ސަން އިންޓަފެރެންސް" އަކީ ހިދުމަތް ދިނުމަށް ބޭނުން ކުރާ ސެޓަލައިޓުން، ގްރައުންޑު ރިސީވަރ ސީދަލަށް އެލައިންވެ އިރުގެ ދޯދިތަކާއި ރޭޑިއޭޝަންގެ ސަބަބުން ސެޓެލައިޓުން ފޮނުވާ މައުލޫމާތު ބިމުގައި ހުންނަ ރިސީވަރަށް ލިބުމުގައި ހުރަސް އެޅެން މެދުވެރިވުމެވެ.