ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކުރަން ނިންމައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ 15 މާރޗް 2019 އިން ފެށިގެން ޑީސަލް ލީޓަރަކުން 72 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 60 ލާރި ބޮޑު ވާނެއެވެ.

އެހެން ކަމުން، މިއަދުން އެސްޓޯއޯގެ ފިއުލް ސްޓޭޝަން ތަކުން ތެޔޮ ލިބެން ހުންނާނީ ޑިސަލް ލީޓަރެއް 11.61 ރުފިޔާ އަދި ޕެޓްރޯލް ލީޓަރެއް 10.79 ރުފިޔާ އަށެވެ.

ޖަނަވަރީ މަހު އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ އަގު ހެޔޮ ކޮށްފައެވެ. އެއަށް ފަހު ތެލުގެ އަގުތަކަށް ބަދަލު ގެނެސްފައިވަނީ ފެބްރުއަރީ ގައެވެ. އެފަހަރު ޑީސަލްގެ އަގު ވަނީ ބޮޑުކޮށްފައެވެ.

އެސްޓީއޯ އިން ވިދާޅުވި ތެލުން ބޮޑު ފައިދާ ނެގުމަކީ އެސްޓީއޯގެ އަމާޒެއް ނޫނެވެ. އެސްޓީއޯއިން ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވެ، ދިގުދެމިގެން ދާ ހާލަތްތަކުގައި ކަމަށާއި އަގު ހެޔޮ ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް އެސްޓީއޯ އިން ވިދާޅުވެއެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކުރިއިރު މިދިޔަ ޑިސެމްބަރ މަހު ވަނީ ތެލުގެ ބާވަތްތަކުން ޑިއުޓީ ނެގުން ހުއްޓާލާފައެވެ.

ސާފުނުކުރާ ތެލުގެ އަގު ވަނީ މިއަހަރު ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 އިންސައްތަ ބޮޑުވެފައެވެ. މި އަހަރު ތެޔޮ އުފައްފާ ގައުމުތަކުގެ އިއްތިހާދު އޯޕެކް އާއި އަދި ރަޝިއާ އިން ވަނީ ތެލުގެ ސާރޕްލަސް ދަށް ކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ލިމިޓް ކުރުމަށް ނިންމާފައެވެ.

މީގެ ކުރިން ބްލޫމްބާރގް އިން ވަނީ އެމެރިކާގެ ސާފުނުކުރާ އަދި ސާފުކޮށްފައި ހުރި ތެލުގެ ސްޓޮކް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ. އެހެން ނަމަވެސް، އެމެރިކާގެ އެނާރޖީ އިންފޯރމޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރޭ ހަފްތާ ރިޕޯރޓްގައި ވާ ގޮތުން އެމެރިކާގެ ސްޓޮކް ވަނީ 3.86 މިލިއަން ފިފާ ދަށަށް ގޮސްފައެވެ.

ތެލުގެ އަގު ބުދަ ދުވަހު ވަނީ 2018 ނޮވެމްބަރ ގައި ހުރި އަގުތަކަށްވުރެ މައްޗަށް ޖެހިފައެވެ. މިގޮތުން ބަލާލާއިރު ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުގެ ބެންޗްމާރކް ގޮތުގައި ބެލެވޭ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއު.ޓީ.އައި) އަދި ބްރެންޓް ވިކިފައި ހުރީ އަގު ބޮޑުކޮށެވެ.

ދިވެހި ރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮންނެވެ. އެހެންނަމަވެސް ބެންޗްމާރކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށްވެސް ބަދަލު އަންނަ ކަމަށް އެސްޓީއޯ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިއްބެ

    ސާބަހޭ ކިނބޫ

    16
    1
  2. ރަސީދު

    ހީކުރީ މި ނާ ގާބިލު އިކޮނަމީގެ އަލިފު ވެސްނޭގޭ އިބޫއޭކިޔާމީ ހާބުނިގޮތުން ދިވެހި ރާއްޖޭގާ ތެލުގެ އަގު ހުއްނ އަބަދު އެއް އަގެއް ގާކަމައް

    16
    1
  3. ހުސޭނުބޭ

    އެއް ކަންފަތްމަތީ ފިރުމާލަދީފައި އަނެއް ކަންފަތްމަތީ 10 ފަހަރު ޖަހާ ސަރުކާރެއް މިއޮތީ!

    24
    1
  4. ދޮނާ

    ކަނާތުންފިރުމާފައި ވާތުން ތިޖެހީ ތަދުފިލުވަން ކަމަށްތަ. ނާގާބިލް ތަޖުރިބާއެއް ނެތްމީހުން މަގަމް ތަކަށް އަދިވެސް ލަމުންތޯ ދާންވީ

    12
  5. ނުރަބޯ

    ހޫނ ކަންތަކާ ލައިގަތީތާ. ކުރިން އައި ކެރަފާ ނަޝީދުގެ ފޭރޭ ސަރުކާރު ނިމުނު އިރު ކުޑަސައިކަލެއްގެ ތެޔޮޓޭންކް -/50ރ އިންވެސް ފުރާނުލެވޭ. ތެޔޮލިޓަރެއް ފަނަރަ ރުފިޔާ އަށް ވިހިރުފިޔާއަށް އަރުވާލި. މިހާރު އަނެއްކާވެސް މިފެންނަނީ ހަމަ އެ މަންޒަރު. ރައްޔިތުންނޭ ވިސްނާ. ނަމަ ނަމަ މިއާލާތުންނަށް މަޖްލިހުގެ މެޖޯރިޓީ ނުދޭތި.

  6. ލަބީބު

    ނުކިޔަވާ އިބޫ ވެރިކަން ފޭރިގަތްއިރު ޑިސެލް ލިޓަރެއް 8.75 ރުފިޔާއަށް ، ޕެޓްރޯލްލިޓަރެއް 9.50 އަށް ހުރިއިރު ފޭރުނުވެރިކަމުގައި މިދިޔަ ހަތަރުމަހެއްގެތެރޭގައި އެއްފަހަރު އަގުބޮޑުވެ އެއްހފަހަރު އަގު ދަށްވެ ، ވިހިދުވަސްނުވަނީސް އަލުން މިއޮތީ ހެސްކިޔާފަ އަގު ބޮޑުވެފައެވެ. އެކަމަކު ތެލުގެ ޑިޔުޓީ ކަނޑާލާފީމޯ! 2008 ގެ ވެރިކަން ފެށި 2011 މެދަށްދިޔައިރު ޑީސެލް ލިޓަރެއްހުރީ 19 ރުފިޔާއަށް ، ޕެޓްރޯލް ލިޓަރެއްހުރީ 16 ރުފިޔާއަށެވެ. 11.72 ރުފިޔާއަށް ހުރި ޑޮލަރު އެއްގޮތަކަށްވެސް ނުލިބި ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 22 ރުފިޔާއަށް އަރައިގެން ދިޔައެވެ. ރައީސް ޔާމީންގެ އެކޮނޮމިކް ވިސްނުމުގެ
    ތެރެއިން މި ހުރިހާކަމެއް އަތްފޯރާފަށަށް ގެނެސްފައިވަނިކޮށް އަލުންވެސް މިހިރަގެން ނޯށަށްއަރަނީއެވެ.

  7. އަފްލާ

    ޥަގު ސަރުކާރު