ނިމިި ދިޔަ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި ދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، ރާއްޖެއަށް އިމްޕޯޓު ކުރި މިންވަރު ދަށްވެ، ރާއްޖޭން ބޭރަށް އެކްސްޕޯޓު ކުރި މިންވަރު އިތުރުވެއްޖެއެވެ.

އެގޮތުން މި ދިޔަ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ ގެ މުދާ ވަނީ ރާއްޖެ އެތެރެކޮށްފައެވެ.

ރާއްޖެއިން ބޭރަށް މުދާ ފޮނުވާ މިންވަރަށް ބަލާއިރު، 264 މިލިއަން ރުފިޔާގެ މުދާ ވަނީ މިދިޔަ މަސް ތެރޭ، ރާއްޖޭން ބޭރަށް ފޮނުވާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރަށް ފޮނުވާފައިވަނީ 228 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ ގެންނަ ޤައުމުތަކުގެ ތެރޭގައި، ޗައިނާ، އިންޑިއާ، މެލޭޝިއާ ޔޫއޭއީ އަދި ސިންގަޕޫރު ހިމެނެއެވެ.

އަދި ރާއްޖެއިން މުދާ އެންމެ ގިނައިން ފޮނުވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ތައިލެންޑް، ޖަރުމަނު، ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ތީ ކުރިންވެސް އެނގޭކަމެއް ޕްރޮޖެކްޓްތައް މަދުވާވަރަކަށް އިންޕޯޓް މަދުވާނެ، މިހާރުހުރި ސްޓޮކުން މިއަހަރު ނިމެންދެން ފުދޭނެ، އިތުރު ޕްރޮޖެކްޓެއް ނެތް،