ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލު ކުރި ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އޮތީ ބަނގުރޫޓް ވާފަދަ ހާލަތެއްގައި ކަމަށް މިސަރުކާރުން ބުނަމުން ދަނިކޮށް އެއީ ދޮގެއްކަން ސާބިތުވެއްޖެއެވެ.

ސަރުކާރުން އެޗްޑީސީ އާއި ބެހޭ ގޮތުން ދައްކަމުން ގެންދަނީ ދޮގު ވާހަކަތަކެއްކަން ސާބިތުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގްގެ ފިޗުން އެޗްޑީސީއަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް ދިނުމުންނެވެ. ފިޗުން އެޗްޑީސީ އަށް ދީފައި ވަނީ ބީ-ޕްލަސް ރޭޓިން އެވެ.

"ބީޕްލަސް" ރޭޓިން އިން ހާމަކޮށްދެއްވީ އެކުންފުނީގައި އަދިވެސް ލޯނު ނެގުމާއި ދަރަނި ދެއްކުމުގައި ގާބިލްކަން ހުރި ކަމެވެ.

ޔާމީންގެ ވެރިކަން ނިމުނު އިރު އެޗްޑީސީން ވަނީ ވަރަށް ގިނަ އިތުރު މަޝްރޫޢުތަކެއް ވެސް ހިންގަން ތައްޔާރުވެފައެވެ. އަދި އޭރު ވެސް ގިނަ މަޝްރޫޢުތަކެއް ގެންދިޔައީ ހިންގަމުންނެވެ. ނަމަވެސް އާސަރުކާރުން ބުނެފައި ވަނީ އިތުރު މަޝްރޫޢުތަކެއް ހިންގޭ ވަރަށް ވުރެ އެޗްޑީސީގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.

އެޗްޑީސީން ވަނީ ހައުސިން މަޝްރޫޢުތައް ހިންގަން އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށް ދާދިފަހުން އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އެ ކުންފުނިން އެކި ގޮތްގޮތުން ޒިންމާ ނަގަން ޖެހޭ ލޯނުގެ އަދަދު 11 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ސުހައިލް ވިދާޅުވީ އެޗްޑީސީގެ ނަމުގައި ލޯނު ނަގާފައި ވަނީ ކުންފުނީގެ "ކެޕޭސިޓީއަށް ވުރެ ގިނައިން" ކަމަށެވެ.

ނަމަވެސް ފިޗްގެ ރޭޓިން އިން ކަށަވަރު ވެފައިވާ ގޮތުގައި މިހާރު ނަގާފައިވާ ލޯނުތައް ދައްކަމުން އަދި އިތުރު ލޯނުތައް ނެގުމުގެ ގާބިލްކަން ވެސް އެޗްޑީސީގައި އެބައޮތެވެ.

ފިޗް އިން ވަނީ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ވެސް ކްރެޑިޓް ރޭޓިން ދީފައެވެ. ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ވެސް ބީ- ޕްލަސް ގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މިގޭ

    ކޮބާ ހީވޭތަ ކަންމެންހެން.
    ބަލަ އެނގިގެންނޭ ކަންކަން ކުރަމުންގެންދިޔައެީ.
    ކިތަންމެ ދޮގެއްހެދިޔަސް ފެންނަންހުރިއެއްޗެއް ފެންނާނެ.
    ދެފުއްކެހެރި ސަރުކާރު

    70
    5
  2. ތިޔޭ އެއްކަލަ

    ކޮންމެ ކަމަކުން ދޮގެއް ހެދޭތޯ ބަލާތި

    64
    5
  3. ޖިންނި

    އެމް ޑޕީ އަކީ ދޮގު މަކަރު ﷲ އާއި ރަސޫލް އަށް ދޮގު ހަދާ ބަޔަކު ކޮންމެ ފަދަ ދޮގެއްވެސް ހަދާނެ

    23
  4. އަބޯ

    ބްރިޖާ ގުޅިގެން ހަދާފައިވާ ލިންކް ރޯޑް އެއީ ސަރުކާރުން ހަރަދުކޮށްގެން ހަދަންޖެހޭ މަގަކަށް ވާއިރު އެ މަގު އެޗްޑީސީން ސަރުކާރުން ހައްދުވާފަ އޮތުމުން އެމަގުހެދުމަށް ހިގި ހަރަދު ބަޖެޓްކޮށް ދައުލަތުން އެޗްޑީސި އަށް ދޭން ނުޖެހޭނެބާ ؟ ބޭކާރު ވާހަކަ ދެއްކުމުގެ ބަދަލުގާ އެޝްޑީސީން ފިނޭންސް އަށް ބިލްކޮށް އެބިލް ތަކުގެ ފައިސާ މަޖިލީހުން ފާސްކޮށް އެޗްޑީސީއަށް ފައިސާ ހަލާސްކުރުމަކީ ފިނޭންސް މިނިސްޓަރުގެ ޒިންމާއެއް ނޫންބާ ؟

    9
    2
  5. ދޮގެއްތަ މީ؟

    ކަންކަން ކުރެވޭހާ އުރަތްޕެއް ނެތީމަ ތިބެގެން ލާރި ނެތް، ބަނގުރޫޓު ނޫނީ ކޮންމެސް އެހެން އެއްޗެކޭ ކިޔައިގެން ހަމަޖައްސާލެވޭތޯ ބަލަނީ. ތިތަނަށް މިހާރު ވައްދައިގެން ތިއުޅޭ ނާގާބިލު މީހުން ބޭރު ކޮށްފަ ގާބިލު މީހުން ލެވޭތޯ ބަލާ ދެންވެސް. ނޫނީ ތިތަން ކާލާނެ. ނޫނީ ބަޔަކު "ފޭރިގަންނާނެ".

    13
    1
  6. މޮދީ

    ބަލަ ދިވެހި ގަމާރުން މިފަހަރުވެސް ވޯޓްދިނީ ޔާމީނަށޭ! ކަރުދާހުން މަކަރުހެދީ 7 މިލިޔަން ޑޮލަރުހޯދައިގެން ޝަރީފޫ! ނަށިދުގެ އިންޓަވިއުތަކުގައި ޝަރީފޫ ކުއްލިޔަކަށް ހުދު ކާފޫރަށްބަދަލުވީ ކީއްވެކަން ގަމާރު ދިވެހިންނަކަށް ނޭގޭބެ!

    17
    2
  7. ގޯ ރައީސް ނަޝީދު

    ހުސް ދޮގު. ވަގު ޔާމީނުވަނީ ރާއްޖޭގެ ސަރުކާރުގެ ހުރިހާ ކުންފުންޏެއް ބަނގުރޫޓު ކޮއްފައި. އެމް.ޑީ.ޕީ ސަރުކާރު އައިފަހުން ތިތަން ހަމަޔަކަށް އެޅުނީވެސް.

    1
    26
    • ޙީދް

      ހަޖްމް !!!!

  8. މުހައްމަދު

    މަކަރާހީލަތުން ދޮގުވާހަކަ ވިއްކާއިގެން ވެރިކަމަށް އާއިބަޔަކު އަބަދުއުޅޭނީ ވެރިކަން ގެއްލިދާނެތީ ދޮގުމަޗަށް ދޮގުހަދާއިގެން.
    ނަޝީދުގެ ވެރިކަންވެސް ނިމިގެންދިޔައީ އެެކަލަހަ ދޮގުހަދަންފަށާއިގެން އެކަމަކުން ސަލާމަތނުވެގެން އުޅެނިކޮށް.

  9. އަފީ

    ބަލަގަ! މަގުމަތީ މުޒާހިރާކޮށް ރައްޔިތުންނަށް ނޮހޮރޮއްޕާން ކުރަމުން މަގުމަތީ އެނބުރުނު ބަޔަކަށް ވެރިކަން ލިބުނީމާ! ވަޒީރުކަން ލިބުނީމާ ކުރަން ނޭގޭ ކަމެއްކުރަން ޖެހުނީމާ ދައްކަ ވާހަކައިން ރައްޔިތުން ކައިރިއަށް އަންނާނީ ހިނި.

  10. ރާޅު

    ބަގުރޫޓް ކުރީ ކާކު ތޯ......