ހަންގަނޑުގެ ދުޅަހެޔޮކަމާއި އެއްވަރަށް ހަންގަޑުގެ ކުލަ އަލިވެ ހަށިގަނޑު ދޮންވުމަކީ ގިނަ ބަޔަކު އެދޭ ކަމެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެކަމަކީ ރީތިކަމާއި ޒީނަތްތެރިކަމާއި އެންމެ ބޮޑަށް ގުޅި ލާމެހިފައިވާ އެއް ކަމެވެ. އެހެންކަމުން ހަންގަނޑު ރީތިކޮށް އޮމާންކަން މަތީ ދެމެހެއްޓުމާއި އެކު ދޮން ހަށިގަނޑެއްގެ ވެރި ބަޔަކަށްވާން ބޭނުންވާ މީހުން އެކަން ހާސިލް ކުރުމަށް ނުކުރާ މަސައްކަތެއް ނޯވެއެވެ.

މި ބޭނުމުގައި އުފައްދާފައި ހުންނަ އެކި ފާޑު ފާޑުގެ އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާހުން ގުނާލެވެއެވެ. އެހެން ނަމަވެސް އޭގެތެރެއިން ގިނަ ބާވަތްތައް ވެގެން ދަނީ ގެއްލުން ހުރި ބޭކާރު ޚަރަދަކަށެވެ. އަދި ހަންގަނޑު ރީތިކުރުމުގެ އުންމީދުގައި ކުރާ އެ މަސައްކަތް ބޭކާރުވެ ނާކާމިޔާބުވެގެން ދެއެވެ.

ދިރާސާތަކުގެ އަލީގައި އެނގޭގޮތުގައި، ކޮންމެ ކަމަކަށް ބަލައިލި ނަމަވެސް ސިއްޙަތާއި ހަށިގަނޑަށް އެންމެ ފައިދާ ކުރަނީ ގުދުރަތީ ވަސީލަތްތަކުން އުފައްދާފައިވާ އުފެއްދުންތަކެވެ. ޚާއްސަކޮށް ބާރުގަދަ ކެމިކަލްތަކާއި އެނޫންވެސް އެފަދަ މާއްދާތައް ހިމަނައިގެން އުފައްދާފައި ހުންނަ ތަކެއްޗަކީ އެއްވެސް އެދެވޭ ނަތީޖާއެއް ހޯދޭ ތަކެއްޗެއް ނޫނެވެ. އެހެންކަމުން ތިމާ އެންމެ އެދޭފަދަ ރީތި ހަންގަޑެއް ލިބުމަށް އެދޭނަމަ އޭގެ އެންމެ ބުއްދިވެރި ގޮތަކީ ބާރުގަދަ ބައިތައް ހިމަނާފައި ނުވާ ގުދުރަތީ ބާވަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އުފެއްދުންތައް ބޭނުންކުރުމެވެ.

ހަށިގަނޑު ދޮންކޮށް ހަންގަނޑުގެ ރީތިކަމާއި ތާޒާކަން އެންމެ ފުރިހަމައަށް ގެނުވުމަށް އެދޭ ދިވެހިންނަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. ރާއްޖޭގައި އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ އޮންލައިން ވިޔަފާރި، "ލިބޭ" އިން މިހާރު ވިއްކަމުންދާ ދުނިޔޭގެ މަޝްހޫރު "ވަޓްސަން" ބްރޭންޑުގެ ބޮޑީވޮޝް އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަންގަނޑު އަލިކޮށް، މުޅި ހަށިގަނޑު ދޮންކޮށްލުމާއި އެކު ހަންގަނޑު އޮމާންކޮށް ތާޒާކޮށް ދެމެހެއްޓުމަށް ބޭނުންވާ މީހުންގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ބޮޑީ ވޮޝް އަކީ، ޢާންމުކޮށް ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ކެމިކަލް އާއި ގެއްލުންދެނިވި އެއްވެސް މާއްދާއެއް ނުހިމަނޭގޮތަށް އުފައްދާފައިވާ 100 އިންސައްތަ ގުދުރަތީ އުފެއްދުމެކެވެ.

 

ޚާއްސަ ގޮތެއްގައި އަންހެނުންގެ ހަންގަނޑަށް އެންމެ އެކަށީގެންވާ ގޮތަށް އުފައްދާފައިވާ މި ބޮޑީ ވޮޝްއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަންގަނޑުގެ ތާޒާކަން އިތުރުކޮށްދީ ދުޅަހެޔޮކޮށްދިނުމާއި އެކު ހަށިގަނޑުގެ ކުލަ އަލުކޮށްދޭ ފައިދާކުރުވަނިވި މޮޅު އުފެއްދުމެކެވެ. އެގޮތުން ހަށިގަނޑުގެ ހަންގަނޑު އޮމާންކޮށްދީ ހަންގަނޑު މަޑުކޮށްދީ ކުރަކިކަން އަވަހަށް ފިލުވާލުމަށް މި ބޮޑީވޮޝް އެހީއަކަށް ވެގެންދާނެއެވެ.

"ވަޓްސަން - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް"ގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ބޮޑީވޮޝް ބޭނުންކުރަން ފަށާތާ މާގިނަ ދުވަހެއް ނުވެ އޭގައި ހިމެނޭ ފައިދާކުރުވަނިވި މާއްދާތަކުގެ ހެޔޮ ބަދަލުތައް ހަށިގަނޑުން ފެންނާން ފެށުމެވެ. އެގޮތުން މި ބޮޑީ ވޮޝްގައި އެކުލެވިފައިވާ ވިޓަމިން އީ އާއި އެނޫންވެސް ހަންގަނޑަށް މުޙިންމު މާއްދާތަކުގެ ސަބަބުން މަރުވެފައިވާ ހަންތައް ހަށިގަނޑުން ފިލުވާލައި، ހަންގަނޑު ހަލާކުވެފައި ހުންނަ ތަންތަނަށް ފަރުވާ ލިބި ރަނގަޅުވެއެވެ. މި ބޮޑީވޮޝްގައި ހިމެނޭ ވިޓަމިން އީ އަކީ އެންޓިއޮކްސިޑެންޓް (ދިރޭތަކެތީގައި ދައުރުވާ ނުރައްކާތެރި ބައިތައް ނައްތާލާ މާއްދާ) އެއްކަމުން، ނުރައްކާތެރި ހާލަތްތަކުން ހަންގަނޑު ސަލާމަތްކޮށްދީ ހަންގަނޑު މަޑުކޮށްދިނުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ. އަދި އެއަށްފަހު ހަންގަނޑުގެ ކުލަ އަލިވުމަށް ހުރަސްއެޅޭ އެފަދަ ބައިތައް ނައްތާލައި ހަންގަނޑާއި ހަށިގަނޑުގެ އުޖާލާކަން ގެނުވައިދިނުމުގައި މި ބޮޑީވޮޝް މުޙިންމު ދައުރެއް އަދާކުރެއެވެ.

ތާޒާ ސްޓްރޯބެރީ އެކްސްޓްރެކްޓް ބޭނުންކޮށްގެން އުފައްދާފައިވާ "ވަޓްސަން - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް" އަކީ ގިނަ ވަގުތު ވަންދެން އޭގެ މީރުވަސް ހަށިގަނޑުގައި ހިފާފައި ހުންނަ ގޮތަށް އުފައްދާފައިވާ ބޮޑީވޮޝް އެކެވެ. މި ބޮޑީވޮޝް، ކޮންމެ ދުވަހެއްގައި މަދުވެގެން އެއްފަހަރު ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. މިގޮތުގެ މަތިން އާދަކޮށް މި ބޮޑީވޮޝް ބޭނުންކުރަން ފެށުމުން، ހީވެސް ނުކުރާހައި އަވަހަށް އޭގެ ރަގަޅު ނަތީޖާ ފެނި ހަންގަނޑުގެ ކުލަ އަލިވެ ދޮންވުމަށް މަގުފަހިވާ ކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

 

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ "ވަޓްސަން - އެކްސްފޮލިއޭޓިންގ ބޮޑީ ވޮޝް"ގެ 410 ގްރާމުގެ ފުޅި، ފޭސްބުކް ޕޭޖް "ލިބޭ" މެދުވެރިކޮށް މިހާރު ދަނީ ވިއްކަމުންނެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9946822 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.