ބޮލުން އިސްތަށިފައިބާ މައްސަލައަކީ ދެޖިންސުގެ މީހުނަށްވެސް ދިމާވާ ބޮޑު މައްސަލައެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ބޮޑު ހިތާމައެކެވެ. ބޮލުން އިސްތަށި އަލުން ފަޅާނެ ގޮތެއް ހޯދުމަށާއި ފަރުވާއެއް ލިބިގަތުމަށް ރެއާއި ދުވާލު އެވެރިން މަސައްކަތް ކުރަނީ އެހެންވެގެންނެވެ. ގިނަފަހަރަށް އިސްތަށި ފައިބަން ދިމާވަނީ އިސްތަށިގަނޑު ރީތުކުރުމަށް ބޭނުންކުރެވޭ ތަކެތީގެ ސަބަބުންނެވެ. އަނެއްބައި ފަހަރަށް އިސްތަށިގަނޑަށް އެންމެ އެކަށީގެންވާ މިންވަރަށް ބޭނުންވާ މުޙިންމު މާއްދާތައް ނުލިބުންވެސް، އިސްތަށި ފޭބުމުގެ ސަބަބަކަށް ވެއެވެ.

ބޮލުން އިސްތަށި ފޭބުން ނުވަތަ ބޯ ތަލަވާން މެދުވެރި ވަނީ އިސްތަށިގަނޑު ހަލާކުވާ ހިސާބުންނެވެ. އިސްވެ ފާހަގަ ކުރެވުނު ސަބަބުތަކާއި ހުރެ އިސްތަށިގަނޑުގެ ވަރު ދެރަވެ ހަލާކުވެ ދިއުމަކީ ބޯ ތަލަވުމުގެ އަސްލެވެ. މިފަދަ ހާލަތްތައް މެދުވެރިވެ ބޮލުން އިސްތަށި ފައިބާ، ތަލަވާން ނަގާ މުއްދަތު އެކި މީހުނަށް ތަފާތެވެ. ބައެއް މީހުނަށް މި މައްސަލަ ކުއްލިއަކަށް ކުރިމަތިވެއެވެ. އަނެއް ބަޔަކަށް މައްސަލަ ދިމާވެ އެކަމުގައި އެއްވެސް ހައްލެއް ނުހޯދި ނާއުންމީދީ ހާލުގައި ހަޤީޤަތާއި ކުރިމަތިލާން ޖެހެއެވެ.

ކަމުގެ މާހިރުން ދިރާސާތަކުގެ އަލީގައި ބުނާގޮތުގައި، ވަގުތީ އުފަލަކަށްޓަކައި ނުވަތަ ވަގުތީ ހިތްހަމަ ޖެހުމަކަށްޓަކައި ބޭނުންކުރާ ބާރުގަދަ ތަކެއްޗަކީ އިސްތަށިގަނޑު ހަލާކުވާން މެދުވެރިވާ މައިގަނޑު ސަބަބެވެ. މިސާލަކަށް އާދަކޮށް، އިސްތަށިގަނޑު ސްޓައިލް ކުރުމަށް ބާރުގަދަ ކެމިކަލާއި އެނޫންވެސް އިސްތަށިގަނޑަށް ގެއްލުންދެނިވި ބައިތައް ހިމެނޭ ތަކެތި ބޭނުން ކުރާނަމަ އޭގެ ނޭދެވޭ އަސަރު ކޮންމެވެސް ހިސާބަކުން ފެންނާން ފަށާނެއެވެ. އެހެންކަމުން އިސްތަށިގަޑު ހަލާކުވެ ދިއުމުގެ ކުރިން އިސްތަށިގަނޑަށް ގެއްލުން ހުރި ތަކެއްޗާއި ދުރުވެ، ފައިދާކުރަނިވި އުފެއްދުންތައް ދަނެ އިޚްތިޔާރު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

އިސްތަށިގަނޑު ހަލާކުވެގެން ނާއުންމީދީ ހާލަތުގައި ތަލަވުމުގެ މަލަމަތި ދެކެމުންދާ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ރާއްޖެއަށް ދާދި ފަހުން ތައާރަފްކޮށް ވިއްކަން ފަށާފައިވާ "މާއި" ބްރޭންޑުގެ ހެއާ ޝޭމްޕޫއަކީ އެފަދަ ފަރާތްތަކަށް އުންމީދު އާކޮށްދިން ފަރުވާއެވެ. ގިނަ ޢަދަދެއްގެ ވިޓަމިނާއި އިސްތަށިގަނޑާއި ބޮލުގެ ހަންގަޑަށް ފައިދާކުރަނިވި އެތައް ބައިތަކެއް އެއް ޕްރޮޑަކްޓަކުން ލިއްބައިދޭ މި ޝޭމްޕޫއަކީ 100 އިންސައްތަ ގުދުރަތީ މާއްދާތައް އެކުލެވޭ މޮޅު ޝޭމްޕޫއެކެވެ. ދެ ޖިންސުގެ ހުރިހާ ވައްތަރެއްގެ އިސްތަށިގަނޑަކާއި ވެސް ގުޅޭގޮތަށް ތައްޔާރުކޮށް އުފައްދާފައިވާ މި ޝޭމްޕޫއަކީ އެއްވެސް ކެމިކަލެއް ނުހިމެނޭ، މީރު ވަސް އެކުލެވިގެންވާ ޝޭމްޕޫއެކެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކައިދޭ މާއި ބްރޭންޑުގެ މި ޚާއްސަ ޝޭމްޕޫއަކީ އިސްތަށިގަނޑު ހަލާކުވެފައިވާ ފަރާތްތަކަށް އޮތް ފަރުވާއަކަށް ވާއިރު، އޭގެ އިތުރުންވެސް އިތުރު އެތައް ފައިދާތަކެއް މި ޝޭމްޕޫއިން ލިއްބައި ދެއެވެ. އެގޮތުން އާދަކޮށް މި ޝޭމްޕޫ ބޭނުންކުރަން ފެށުމުން އިސްތަށި ފޭބުން އެކީގައި ހުއްޓި، ހީވެސް ނުކުރާހައި ހަލުވިމިނުގައި އިސްތަށިގަނޑު ދިގުވާ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނަމުންދެއެވެ. ރާއްޖެ ފަދަ ހޫނު މާހައުލެއްގައި މި ޝޭމްޕޫ ބޭނުން ކުރުމަކީ، އިރުގެ އަލިންނާއި ނުރައްކާތެރި ޖަރާސީމުތަކުން އިސްތަށިގަނޑު ރައްކާތެރިކޮށް ދުޅަހެޔޮކަން މަތީ ދެމެހެއްޓުމަށް ކޮންމެހެންވެސް ބޭނުންވާ މުޙިންމު މާއްދާތައް ހިމެނޭ ޝޭމްޕޫއެކެވެ.

އިސްތަށިގަނޑު ދުޅަހެޔޮކޮށްދިނުމުގެ އިތުރުން މާއި ޝޭމްޕޫގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޝޭމް ބޭނުންކުރަން ފެށުމުގެ އޭގެ ނަތީޖާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންނަ ފެނުމެވެ. އެގޮތުން އިސްތަށިގަނޑު ފުސްވެ ހަޑިވެފައި އޮންނަ އޮތުމަށް ނިމުމެއް ގެނެސްދީ، ތާޒާކަންމަތީ ދަމަހައްޓައި ދިނުމަށް މި ޝޭމްޕޫ ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. މި ޝޭމްޕޫގައި އެކުލެވިގެން ވަނީ، ޢާންމު ގޮތެއްގައިވެސް އިސްތަށިގަނޑު ވަރުގަދަކޮށް ދުޅަހެޔޮ ކުރުމަށްޓަކައި ބޭނުންކުރާ ތަކެތީގައި ހުންނަ އެންމެ މުޙިންމު ބައިތަކެވެ.

ތަޖުރިބާކާރުން ލަފާދޭ ގޮތުގައި މާއި ބްރޭންޑުގެ ޝޭމްޕޫ، ކޮންމެ ހަފްތާއަކު މަދުވެގެން ތިންފަހަރު ބޭނުންކުރުން ރަނގަޅެވެ. މި ޝޭމްޕޫ އިސްތަށިގަނޑުގައި ހޭކުމަށްފަހު ކުޑަ ވަގުތުކޮޅެއް ވަންދެން މަސާޖުކުރުމަކީ އެދެވިގެންވާ ގޮތެވެ. އާދަކޮށް މިގޮތުގެ މަތީން މި ފަރުވާ ހޯދާނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ފެނި، ބޮލުން އިސްތަށި ފޭބުން ހުއްޓިގެން ދިއުމާއި އެކު ދުޅަހެޔޮކަންމަތީ އިސްތަށިގަނޑު އަވަހަށް ދިގުވާ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މާއި ބްރޭންޑުގެ މި ޝޭމްޕޫގެ 150 އެމްއެލް ފުޅި މިހާރު "ލިބޭ" އިން ވިއްކަމުންދާއިރު ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޥާރިސް

  ޥަރައް ސަޅި

  7
  19
 2. ކިއުން

  ވަރަސް ފޭޭކު ހުސް ސަޅި

  8
  1
  • Anonymous

   މީތި ޓްރައި ކޮށްފަތަ ތި ކޮމެންޓް ކުރީ؟

   1
   2