މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅާލުމުން އެތައް ބަޔަކަށް ދަތުރު ފަތުރުކުރުން ފަސޭހަ ވެގެން ދިޔައެވެ. ފެރީގައި އެއާޕޯޓަށް ދިއުމަށްވުރެ މިހާރު ޓެކްސީގައި އެއާޕޯޓަށް ދިއުން މާފަސޭހަވެއްޖެއެވެ. ފުރަން ދިއުމަށް ޓެކްސީ ޔަގީންކަމާއިއެކު ހޯދުމަށް ދިވެހިންނަށް އެންމެ ފަސޭހަކޮށްދިނީ އަވަސްރައިޑްއިންނެވެ. މިކަން ދޮގުކުރާނެ މީހަކު ނުވާނެއެވެ.

އަވަސް ރައިޑްއިން އެޕް މެދުވެރިކޮށް ރާއްޖެއަށް ފުރަތަމަ ފަހަރަށް ޝެޑިއުލް ކޮއްގެން ބޭނުން ދުވަހަކު ބޭނުން ގަޑިއަކަށް ޓެކްސީ ބުކް ކުރުމުގެ ޚިދުމަތް ވަނީ ފަށާފައެވެ.

މިހާރު ފުރަންދާން ގަޑިޖެހިގެންދާއިރު ވެސް އެއާޕޯޓަށް ދާނޭ ޓެކްސީއެއް ނުލިބިގެން ހުންނަން ޖެހުމަކީ މާޒީއެވެ.

ޗެކިންގ ނިމޭ ގަޑިއަށްވެސް އެއާޕޯޓަށް ނުދެވި އެ ވާހަކަތައް އެތައް ފަހަރަކު އަޑުއިވިއްޖެއެވެ. އާއްމުކޮށް މިހެން ދިމާވަނީ ދާން ބޭނުންވާ ގަޑިއެއް ޓެކްސީއެއް ހޯދުމަށް އުފުލަން ޖެހޭ ތަކުލީފްގެ ސަބަބުންނެވެ. މަގުމަތީގައި ތެޅެން ޖެހޭ ހާލުގެ ސަބަބުންނެވެ. އަވަސްރައިޑް އިން މިކަން ފަސޭހަކޮށްދިނީ، ހިދުމަތް ލިބިގަންނަ ކަސްޓަމަރު އެންމެ ބޭނުންވާ ގޮތަށެވެ. ބޭނުންވާ ވަގުތެއްގައި ޓެކްސީ ބުކްކޮށް، ރައްކާތެރިކަމާއެކު އެ ބޭނުންވާ މަންޒިލަކަށް ބޭނުންވާ ދުވަހު ބޭންންވާ ގަޑިއަކަށް، ބޭނުންވާ ބާވަތެއްގެ އުޅަނދެއް ބުކްކޮއްލައިގެން ދެވޭނެ ގޮތަށެވެ.

https://www.facebook.com/avasride/photos/a.308319559781613/356683094945259/?type=3&theater

މިޙިދުމަތް ހަމައެކަނި ޙާއްސަ ވަނީކީ އެއާޕޯޓް ދަތުރުތަކަކަށް ނޫނެވެ. އަވަސް ރައިޑް އެޕް ބޭނުން ކުރަމުންގެންދާ ބައެއް ފަރާތްތަކުން "ވަގުތު" އަށް މައުލޫމާތުދީފައި ވަނީ މިޙިދުމަތާއިއެކު ވަރަށް ބަޑަށް ދިރިއުޅުމަށް ފަސޭހަވެފައިވާކަމަށެވެ. އަދި ކޮލަޖަށް ދިއުމަށާއި، މުހިންމު ޙަފްލާތަކަށް ދިއުމަށްވެސް ޓެކްސީ ބުކްކޮއްލައިގެން، ގަޑިއަށްދާން މިހާރު ވަރަށް ފަސޭހަކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. އަވަސްރައިޑްގެ މިޙިދުމަތް ފެށުމާއިއެކު ގަޑީއަށް ދާންޖެހޭ ތަންތަނަށްދާން ޓެކްސީ ނުލިބިގެން ދިމާވާ ދަތިކަމަށް ހައްލެއް ލިބިއްޖެއެވެ.

އަވަސްރައިޑްގެ ހިދުމަތް ހޯދުމަށް، އެޕް އިންސްޓޯލްކޮށްލާށެވެ. އަދި އެޕްގައި ރެޖިސްޓަރވުމަށްފަހު ބޭނުންވާ ގަޑިއެއްގައި ބޭނުންވާތާކަށް ދިއުމަށް ދުރާލާ ޓެކްސީ ބުކްކޮށްލާށެވެ. ނޫނީ ވަގުތުން ޓެކްސީ ހޯދާލާށެވެ.

ޓެކްސީއެއް ހޯދުމަށް ތަކުލީފުތަކެއް އުފުލަމުން އަންނަ ވާހަކަ އެއީ އާ ވާހަކައަކަށް ނުވާނެއެވެ. އެ ތަކުލީފުތަކަށް ލުޔެއް ގެނެސްދިނީ އަވަސްރައިޑް އެޕްގެ ހިދުމަތެވެ. އެތައް ހާސް ބަޔަކު އަވަސް ރައިޑް އެޕް ދަނީ ބޭނުން ކުރަމުންނެވެ. އަވަސް ރައިޑުން އަންނަނީ ރާއްޖޭގެ ޓެކްސީގެ ޙިދުމަތްއް ބޮޑު އިންގިލާބެއް ގެންނަމުންނެވެ. އަވަސްރައިޑްއިން ދެމުން ގެންދާ ހިދުމަތަށް ތައުރީފް އޮހެމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޮކް މޯޑު

    މަ ތަޖުރިބާ ކޮއްފިން.. ވަރަށް ފައްކާ، އެއާޕޯޓާށްދާން ޑްރައިވަރުގެ މައުލޫމާތު އެޕުން ފެންނަންވެސް އިންދޭ، ޑްރައިވަރަށް ގުޅާވެސްލެވޭ އަދި އޭނަ އައީވެސް ގަޑިއަށް. އަވަސް ރައިޑުން ގުޅާފަ ދަތުރާ ބެހޭގޮތުން މައުލޫމާތުވެސް އެހި.. ވަރަށް ރަންގަޅު ހިދުމަތް. އިތުރު ޓެކްސީ ގިނަކޮށް އިތުރަށް ފުޅާކުރާނޭކަމަށް އުންމީދުކުރަން. ވަރަށް ޒމާން ވެއްޖެ މިހިދުމަތަށް މަޑުކުރާތާ

    26
    2
  2. އިޝީ

    އަވަސް ރައިޑް ވަަރަށް ފަސޭހަ، ތޭންކްސް

    20
    3