ކުރިއަށް ވުރެ ހެޔޮ އަގެއްގައި ދަގަނޑު ފުޅި ލުއި ފުޅިއަށް ބަދަލުކޮށްލުމުގެ ފުރުސަތާ އެކު މޯލްޑިވް ގޭހުގެ "ލުއިފަސޭހަ ޕްރޮމޯ" ފަށައިފި އެވެ.

މޯލްޑިވް ގޭހުން ބުނީ މި ޕްރޮމޯޝަންގައި ލުއި ފުޅިއެއް 1000 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.

އަލަށް މޯލްޑިވް ގޭހުގެ ގޭސް ލުއިފުޅި ގަންނަ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގެ ދަށުން ލުއި ފުޅި ގަތުމުގެ ފުރުސަތު އޮންނާނެ އެވެ.

މިއީ ރޯދަމަހާ ދިމާކޮށް ކަސްޓަމަރުންނަށް ފަސޭހައިން ލުއިފުޅި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯލްޑިވް ގޭހުން ފެށި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގެ ދަށުން ލުއިފުޅި ގަންނަ ކަސްޓަމަރުންނަށް 774 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. އާންމުކޮށް ލުއިފުޅި ވިއްކަނީ 1774 ރުފިޔާ އަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ގޭސް ފުޅި ކަލެޓް ކުރުމާއި ޑެލިވަރީ ކުރުމުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ވެސް މޯލްޑިވް ގޭހުން ބުންޏެވެ.

މޯލްޑިވް ގޭހުން ބުނާ ގޮތުގައި، މިއީ ކަސްޓަމަރުންނަށް ދެވޭ ވަރަަށް ބޮޑު ލުޔެކެވެ.