ދުނިޔޭގެ އެންމެ ބޮޑު މީސްމީޑިޔާ ކުންފުނި، ފޭސްބުކުގެ އަގު އެތައް ތަނެއް ދަށްވެއްޖެއެވެ. ހިއްސާގެ ބާޒާރުގައި އެކުންފުނީގެ އަގު އެތައް ތަނެއް ދަށްވެފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނުގައި ހަރަކާތްތެރިވި ކުންފުންޏަކުން، އެތައް މިލިޔަން ފޭސްބުކު އެކައުންޓަކަށް ވަދެފައިވާކަމުގެ އަޑު ފެތުރުމުންނެވެ.

މިކަމުން އައި ބަދަލުގެ ސަބަބުން ހިއްސާގެ ބާޒާރަށް އައި ލޮޅުމާއެކު، އެކުންފުނީގެ ހިއްސާއެއްގެ އަގުން 37 ބިލިޔަން ޑޮލަރު ދަށަށް ދިޔަކަމަށް "ސީއެންއެން" އިން ބުނެފައިވެއެވެ. އެހެންނަމަވެސް، އަދިވެސް، އެއީ އެމެރިކާގެ އެންމެ އަގުހުރި ކުންފުނިކަމަށްވެސް ބުނެފައިވެއެވެ.

ފޭސްބުކުގެ ހިއްސާތަކަށް އައި ބަދަލުތަކާއެކު، އެކުންފުނީގައި އެންމެ ގިނަ އަދަދަކަށް ހިއްސާ އޮންނަ މާކް ޒަކަބާގުގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދުވެސް ދަށްވެފައިވެއެވެ. އެކަމުގެ ސަބަބުން ހިއްސާއަކުން އޭނާއަށް ލިބޭ އަދަދުވަނީ ފަސް ބިލިޔަން ޑޮލަރަށް ދަށްވެފައެވެ.

ޓްރަމްޕްގެ ކެމްޕޭނުގައި ހަރަކާތްތެރިވި ކޭމްބްރިޖު އެނަލިޓިކާ އިން އެތައް މިލިޔަން ފޭސްބުކު އެކައުންޓަކަށް ވަތްކަން ފަޅާއެރުމުން މިކަން ހިނގިއިރު، ކުރިއަށް އޮތްތާ، މިފަދަ ގެއްލުމުން ސަލާމަތްވުމަށް ފޭސްބުކު އިތުރަށް ބަލަން ޖެހޭކަމަށް، ތަޖުރިބާކާރުން ލަފާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    ވަގު ޓުރަމްޕު

  2. ޒަހަރު

    ކޮންމެ ކަމަކަށްވެސް ނިމުމެއް އަދި ހައްލެއް އޮންނަނ

  3. ޒަހަރު

    ސުކުރިއްޔާ