ސައިކަލު ޓެކްސީގެ ހިދުމަތް ހުއްޓިފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސްދިން ބަޔަކީ އަވަސް ރައިޑްއެވެ. އަނެއްކާވެސް އިތުރު ފުރިހަމަކަމަކާއި ފަސޭހަކަމާއެކު އެ ހިދުމަތް ވުޖޫދަށް އައީ، އެތައް ބަޔަކަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައެވެ. އެކަނި ދަތުރުކޮށްލަން ބޭނުންވާ މީހަކަށް ސައިކަލް ޓެކްސީ ވަރެއް ނެތެވެ. ދަތުރު ކޮށްލަން އެހާ އަވަސްވެފަ އެހާމެ އަގުވެސް ހެޔުމެއެވެ.

ސައިކަލް ޓެކްސީ އެއް ހޯދަންވެސް މިހާރު އުނދަގުލެއް ނުވެއެވެ. އަވަސް ރައިޑް އެޕް މެދުވެރިކޮށް ސައިކަލް ޓެކްސީ ފަސޭހައިން ލިބެއެވެ. އަގުވެސް އެހާ ކުޑައެވެ. ސައިކަލު ޓެކްސީގެ ހިދުމަތް މާލޭގައި އަދި ހުޅުމާލޭގައި ނަމަ އަގަކީ 10 ރުފިޔާއަށެވެ. މާލެ އިން ހުޅުމާލެ އަދި ހުޅުމާލެ އިން މާލެއަށް ކުރާ ސައިކަލް ޓެކްސީގެ ދަތުރެއް ނަމަ އަގަކީ 40 ރުފިޔާއެވެ އަދި އެއާޕޯޓާށް 35 ރުފިޔާއެވެ. ސައިކަލް ޓެކްސީ ހިދުމަތް މިހާ ހެޔޮއަގެއްގައި ލިބޭއިރު، މިއީ އެކަނި ކާރެއްގައި ތަނަކަށް ދިއުމަށްވުރެ ހަރަދު ކުޑަކޮށް އަދި އަވަހަށް މަންޒިލާއި ހަމައަށް ދެވޭނެކަމުގެ ޔަގީންކަން އޮންނަ ޓެކްސީ ހިދުމަތެކެވެ.

ސައިކަލް ޓްކްސީގެ ހިދުމަތް ފެށިއިރުން ފެށިގެންވެސް ގިނަ ބަޔަކު އެ ހިދުމަތް ހޯދިއެވެ. އަވަސް ރައިޑް ޑްރައިވަރުން "ވަގުތު" އަށް މައުލޫމާތު ދީފައިވާ ގޮތުގައި އަވަސް ސައިކަލަށް ވަރަށް ބޮޑު ތަރުހީބެއް އޮވެއެވެ، އަދި ކޮންމެ ދުވަހަކުވެސް އެތައް ދަތުރެއް ކުރެވެ. ހުޅުމާލޭ މާލެ ދަތުރުތަކާއި މާލޭތެރޭގައި އޮފީސްތަކަށް ދިއުމަށް ކުރާ ދަތުރުތައް ވަރަށް ގިނަ، އަދި ސްކޫލުތަކަށް ދިއުމަށް ވަރަށް ގިނަ ކުދިން ސައިކަލު ޓެކްސީ ބޭނުންކުރޭ. ކަސްޓަމަރުންނަށް ވަރަށް ކަމުދޭ ޚިދުމަތް. ކަސްޓަމަރުން ބުނޭ ޑްރައިވަރުގެ މައުލޫމާތު އެޕުން ފެނިފަ ޑްރައިވަރު އަންނަ ތަނާ، އަދި ދާމަގު އެޕުން ފެންނަން ހުރުމުން ރައްކާތެރިކަން ޔަގީންވެފަ ހިންހަމަޖެހުން ލިބޭކަމަށް އަދި މިޚިދުމަތް ހުއްޓާނުލުމަށްވެސް ކަސްޓަމަރުން ބުނެފައިވާކަމަށް އަވަސް ސައިކަލު ޑްރައިވަރު ވަނީ ބުނެފައެވެ.

https://www.facebook.com/avasride/photos/a.308319559781613/361493147797587/?type=3&theater

އެންމެ ފާހަގަ ކޮށްލެވެނީ، އަވަސް ރައިޑުން ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮއްފައިވާ އަންހެން ސައިކަލު ޑްރައިވަރުންނެވެ، އަންހެނުން އަރުވައިގެން ދުއްވާނީ އަންހެނުންނެވެ. ފިރިހެނުން އަރުވައިގެން ދުއްވާނީ ފިރިހެނުންނެވެ. އަންހެން ޑްރައިވަރަކާއެކު އެ ދަތުރު ކުރަން ބޭނުންވާނަމަ ނުވަތަ ފިރިހެން ޑްރައިވަރަކާއެކު ސައިކަލް ޓެކްސީގައި ދަތުރެއް ކުރަން ބޭނުންވާނަމަ ބޭނުން ބާވަތެއްގެ ޑްރައިވަރަކު އެޕް މެދުވެރިކޮށް ލިބޭނެއެވެ.

އަދި ސައިކަލް ޓެކްސީގެ ހިދުމަތްވެސް އެ ފަރާތަކުން ބޭނުންވާ ގަޑިއެއްގައި ލިބޭނެ ގޮތްވެސް ވަނީ ހަދާފައެވެ. އެގޮތުން ސައިކަލް ޓެކްސީތައްވެސް އެ ބޭނުންވާ ގަޑިއަކަށް ބޭނުންވާ ތަނަކަށް ދިއުމަށް ދުރާލާ ބުކް ކުރެވޭނެއެވެ. ޔަގީންކަމަކީ ގަޑިއަށް ފަރުވާތެރިވެ، ރައްކާތެރިވެސް ވާނެ ކަމެވެ.

އަވަސް ރައިޑް އެޕް ދިވެހިންނަށް ފަސޭހަކޮށްދީފިއެވެ. ދިވެހިން ތަކުލީފު އުފުލަން ޖެހިފައިވާ ޓެކްސީގެ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަރިޔަމް އަލީ

    ވަރަށް ސަޅި، އަވަސް ރައިޑް އެޕުގަ އަންހެން ސައިކަލު ޑްރައިވަރުން ވަކިން ބުކް ކޮއްލެވޭތީ ވަރަށް ސަޅި. ކުރިން ފިރިހެން ޑްރައިވަރުން އެކަނި ތިބޭތީ ނޭރޭ، މިހާރު ވަރަށް ފަސޭހަ.. މިހިދުމަތައް ޝުކުރިއްޔާ

    23
    3
  2. ރަށިދު

    އަވަސް ސައިކަލު ޑްރައިވަރުން ވަރައް ރަނގަޅު. ދެތިން ފަހަރަކު އަޖުމަ ބަލާލާފިން. ވަރަށް އަހުލާގު ރަނގަޅު ކުދިން އަންނަނީ އަދި އަގު ހެއޮވީމަ ވަރަށް ރަނގަޅު.. އަބަދުވެސް މިއަގުގަ ބަހައްޓަނެ ކަމައް އުންމީދު ކުރަން

    26
    2
  3. އިބުރާ

    ސާބަހޭ އަވަސް ރައިޑް.. ޙިދުމަތް ހަމަ ހަބޭސް!

    10
    1
  4. އަންނި

    މިފަހަރު މަ ވޯޓުލާން ދާނީ މީގެ ސައިކަލު ޓެކްސީއެއްގަ

    13
    1
  5. ނިއުމާ

    ވަރަށް ގިނައިން ދަތުރު ކޮއްފިން، ވަރަށް ރަނގަޅު އަވަސް ރައިޑް

    15
    1
  6. ކޯ

    ވަރަށް ސަޅި

    5
    1
  7. Anonymous

    ކޮބަ ނަމބަރ

    5
    2
    • ރޮނާ

      ސާބަހޭ.. އަވަސް ރައިޑަކީ ފޯނު އެޕެކޭ