މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އިން ގެދޮރު ނުވަތަ ހަރު މުދަލެއް ރަހުނު ކޮށްފައި ލޯނު ދޫކުރުމަށް ނިންމާފައި ވާތީ މިހާރު ބޭންކްތަކުން ލޯނު ދޫކުރާ އުސޫލާއި މާބޮޑު ތަފާތެއް އެސްޑީއެފްސީން ދޫކުރާ ލޯނުތަކުގައި ވެސް ނުހުންނާނެ ކަން ފާހަގަ ކުރެވިއްޖެއެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުން ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް މިހާތަނަށް ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އޮތް ހުރަހަކީ ރަހުނެއް ބެހެއްޓުމަށް ފަހު ބޭންކްތަކުން ލޯނު ދޫކުރުމެވެ. އަލަށް ވިޔަފާރި ފަަށާ މީހުންނާއި ޒުވާނުންގެ އަތުގައި ރަހުނު ކުރާނެ މުދަލެއް ނުހުރެއެވެ.

އެސްޑީއެފްސީން ޓޫރިޒަމް (ރަށު ފަތުރުވެރިކަން)، ދަނޑުވެރިކަން، ހަރު މުދާ، އަދި ވިޔަފާރި އެހީ އަށް ލޯނު ދިނުމަށް ވަނީ ނިންމާފައެވެ. ހަރުމުދާ ގަތުމަށް ލޯނުގެ ގޮތުގައި 100000 ރުފިޔާއާއި 3000000 ރުފިޔާއާއި ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭނެއެވެ. އެއީ އަމިއްލަ އަތުން ޕްރޮޖެކްޓްގެ %20-15 އަށް ޚަރަދު ކުރާނަމައެވެ. މިބާވަތުގެ ކޮންމެ އަދަދެއްގެ ލޯނުގެ ގޮތުގައި ނެގި ނަމަވެސް ރަހުނެއް ބަހައްޓަން ޖެހޭނެއެވެ.

ދަނޑުވެރިކަމުގެ ލޯނު އަމިއްލަ ފަރުދުންނަށް ގިނަވެގެން 500000 ރުފިޔާގެ ލޯނު ލިބޭނެއެވެ. ކޯޕަރޭޓިވްސް އަދި ކުންފުނިތަކަށް ގިނަވެގެން 2000000 ރުފިޔާގެ ލޯނު ލިބޭނެއެވެ. ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށް ލޯނު ލިބޭނީ ވެސް ޕްރޮޖެކްޓްގެ 10 އާއި 15 އިންސައްތަ ޚަރަދު އަމިއްލަ އަށް ކުރާނަމައެވެ. ދަނޑުވެރިކަމުގެ ލޯނުގެ ގޮތުގައި ރަހުނަކާއި ނުލާ 75000 ރުފިޔާގެ ލޯނު ދަނޑުވެރިކަމަށް ލިބިދާނެއެވެ. ނަމަވެސް އެއަށް ވުރެ ގިނަ އަދަދެއް ނަގާނަމަ ރަހުނެއް ބަހައްޓަން ޖެހޭނެއެވެ.

ވިޔަފާރިތަކަށް 500000 ރުފިޔާއާއި ހަމައަށް ލޯނުދޫކުރުމަށް ހަމަޖައްސާފައި ވާއިރު މިބާވަތުގެ ލޯނު ލިބޭނީ ރަހުނެއް ބަހައްޓައިގެންނެވެ. މިބާވަތުގެ ލޯނު ދައްކަން ލިބޭނީ ވެސް ގިނަ ވެގެން ދެ އަހަރު ދުވަހެވެ.

ރަށު ފަތުރު ނަމުގައި ދޫކުރާ ލޯނުގެ ގޮތުގައި 200000 ރުފިޔާ އިން ފެށިގެން 5000000 ރުފިޔާ އާއި ހަމައަށް ލޯނު ލިބޭނެއެވެ. އެއީ އަމިއްލަ އަށް 15 އިންސައްތަ އާއި 20 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ޕްރޮޖެކްޓަށް ޚަރަދު ކުރާނަމައެވެ. މިބާވަތުގެ ލޯނު ލިބޭނީ ވެސް ރަހުނެއް ބަހައްޓައިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްއެމްއީ ލޯންތައް ދޫކޮށްފައި ވަނީ އެއްވެސް މުދަލެއް ރަހުނު ކުރުމެއް ނެތިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއަށް ވަނުމަށް އެލޯނުތައް ބޮޑު އެހީއަކަށް ވުމެވެ. ޔާމީންގެ ވެރިކަމުގައި އެސްއެމްއީ ލޯނު އެންމެ ފަހުން ދޫކުރީ 2 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައެވެ.

ނަމަވެސް ރައީސް ޞާލިހްގެ ސަރުކާރުން ދޫކުރާ އެސްއެމްއީ ލޯނުތަކުގެ ތެރެއިން އެންމެ ކުޑަ އިންޓަރެސްޓެއް ނަގާ ރަށު ފަތުރު ލޯނާއި، ހަރު މުދާ ގަންނަން ދޫކުރާ ލޯނާއި ދަނޑުވެރިންގެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 6 އިންސައްތައެވެ. ވިޔަފާރި ތަރައްޤީ ކުރަން ނަގާ ލޯނުގެ އިންޓަރެސްޓް ހުރީ 9.5 އިންސައްތައިގައެވެ.

މިހާރު ސަރުކާރުން އިއުލާން ކޮށްފައިވާ އެސްއެމްއީ ލޯނުތަކަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ލޯނުތަކަކަށް ވެގެން ދިއުމުގެ ފުރުސަތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަޒްނާ

    އެސް އެމްއީލޯނައް އެދެންޖެހޭ އެކަކައްވެސް އެހެން ވިއްޔާ ތިޔަ ލޯނެއް ނުލިބޭނެދޯ..؟

    41
    1
  2. ްްްައަހުމަދު ފާރޫޤް

    އެސް އެމް އީ ކިޔާގެން ރައްޔިތުންނަށް އޮޅުވާލުން.އެއްކަމެއްވެސް ނުކުރެވޭ އެޖެންޑާ19 އާ ނުލާ

    36
    4
  3. ފުރަތަމަ

    ބޭންކުން ތިޔަށް ވުރެން ބޮޑު އަދަދު ފަސޭހަ ކޮށް ލިބޭ ރަހުނު ބެހެއްޓީމަ. މިކަހަލަ ފޭކް ކަންތައް ނުކުރުމަށް މިސަރުކާރަށް ގޮވާލަން.

    46
    1
  4. ރަނދަ

    މުޅިން އޮޅުވާލުން. މީހުން ހެއްދުން. މިކމާވެސް ވިސްނާނުލާ އަތްޖަހާމީހުން ތިބޭވިއްޔާ.
    ކޮންފަދަ ބޮޑު އޮޅުވާލުމެއްތޯ.

    42
    2
  5. Anonymous

    އެވާނީވެސް އިންތިހާބާ ދިމާކޮށް ވޯޓްހޯދަން ހެދިބޮޑު މަކަރަަށް. އިނގޭނެ ދިވެހިންވެސް ލޯނުނަގަފާ އަނބުރާ ލޯނުދައްކާނެ މާކަހަރުދަނާ އުސޫލުތަކެއް ނޯންނަކަން. ދިވެހިންވެސް ބަލާނީ ލާރިކޮޅު އަތަށްއަރާއިރަށް އިންޑިޔާ ނޫނީވީއްޔާ ލަންކާޔަށްގޮަސް ލާރިކޮޅު ތަޅާ ބުރުވާލެވޭތޯ.
    ލޯނެއްނުދައްކާނެ.

    35
    1
  6. ޞާބިރާ ޢަލީ

    ބާރަށް ދެއަތް ކޮނޑުހުޅުން ލުހެންދެން އަތްޖަހާށެވެ! ދިވެހިންގެ ބޯ ކައިގެން ބޭނުންވީ ވޯޓުހޯދާށެވެ. އެވަރުން ނުވެގެން ދެން ކުރީ ވޯޓުން ވައްކަމެވެ. ލޯނުގެ އިންޓަރެސްޓް ދެބައިކުޅައެއްބަޔަށް ކުޑަކުރީއޭކިޔާފަ މުއްދަތު ޑަބަލްކުރީމާ އެވަނީ ހަމަހަމަ! ތިންއަހަރުން 15000 ރުފިޔާ އިންޓަރެއްސޓްގެގޮތުގައި ދޭއިރު ހަ އަހަރުން އެ ދެގުނަވާނެ! މި ޖެހުނީ ޖެހުނުތާގައި! ބޯގަޅިންނަކަށް ނުވިސްނޭނެ! ޑީސެލް ޑިޔުޓީކެނޑީއޭބުނެ އަގު ޑަބަލްވީމާ މިޖެހުނީ ކޮންތާކު؟މަޖްލިސްގެ ގޮނޑިތައް ހޯދަންރާވައިގެން ދިވެހިންނަށް ފަހިގޮތްތައްހަދާދެނީއޭކިޔައިގެން މި ހަލާ ރަނބަ އަތަށްގޮވާތަން ފެންނާނެއެވެ. ސަރުކާރުގެ ކުންފުނިތައް ހުއްޓި ބަގުރޫޓްވާންފެށިމާ އަނެއް އަތަށް ޖަހާނެއެވެ. ދިވެހިން ވިސްނާތިބޭށެވެ.

    34
  7. ހދ

    ފޭލްވެފައި އޮތް ސަރުކާރަކަށް ކޮށްދެވޭނީ ކޮން
    ކަމެއްހޭ ؟ އިބޫ ސާލިހަށް ރައީސްކަން ދިނީ
    މޮހޮނަށްއޮޑި ދިންގޮތަށެވެ ނަން އިބޫ އަށެވެ

  8. ސުނާމީގައި ގެއްލުން ލިބުނު މީހާ

    އެންމެ ފަހުންވެސް މި ސަރުކާރުން ބުނީ ސުނާމީ ލޯނުތައް މާފު ކުރާނަމޭ އެކަމަކު އަދިވެސް ވެރިކަމަށް 100 ދުވަސްފުރުނު އިރު މާފއް ނުކުރޭ އަދިވެސް މިދަނީ އިންޓަރެސްޓް އާއެކީ ދއްކަމުން ކޮބާހޭ އެވި ވައުދުތައް ކޮންމެ މީހަކުވެސް ވެރިކަމަށް ކުރިމަތިލައިގެން އުޅޭއިރު ރައްޓެހިނުވެގެން މަންޖެ އުޅޭއިރު ހަނދު ބާލާފަ ދޭނަމޭ ބުނާގފަދައިން ފޭކް ހުވަފެންތައް ދައްކަން މި ސަރުކާރުން އެގެނީ ޑާޓީ ޕޮލިޓިކްސް ނުކުޅެ ރައްޔިތުން އޮޅުވާނުލަމާތޯ މަށަކީ މި ސަރުކާރަށް ތާއިދު ކުރި މީހެއ މީނަވެސް އެންމެ ފަހުންވީ ކުރިން ވެރިކަންކުރި އާލާތުން ފަދައިން ވަރާށް ދެރަވެއްޖެ ރަނގަޅު ވެރިޔަކު ވެރިކަން ނުކުރާތީ

  9. ސްމާރޓް

    ޥިޔަފާރިތަކައް ރަހުނުބަހައްޓަންނުޖެހޭނެގޮތަކައް ހަމަޖައްސައިދިނުމައް ސަރުކާރަށާއި ރައީސް އިބޫއައް ގޮވާލަން

    4
    1