ދިރާގު ޓީވީން އާ ޕެކޭޖަަކާއި، ދެ އެޑްއޮންއެއް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ، މިއަދު ތައާރަފް ކުރި ދިރާގު ޓީވީގެ އާ ޕެކޭޖްގެ އަގަކީ 300 ރުފިޔާ ކަަމަށެވެ. "ބޭސިކް" ޕެކޭޖް ނަމުގައި ތައާރަފްކުރި އެ ޕެކޭޖްގައި 60 ޗެނަލް ހިމެނޭއިރު، އޭގެ ތެރޭގައި 20 ޗެނަލްއަށްވުރެ ގިނަ އެޗްޑީ ޗެނަލްގެ އިތުރުން، 4ކޭ ޗެނަލްއެއްވެސް ހިމެެނެއެވެ.

މިއަދު ދިރާގުން ތައާރަފްކުރި ދެ އެޑްއޮންއަކީ "އެކްސައިޓްމެންޓް" އަދި "ފަން" އެވެ. އޭގެ ތެރޭގައި ހިމެނޭ އެކްސައިޓްމެންޓް އެޑްއޮންގައި 22 ޗެނަލް ހިމެނޭއިރު، އޭގެ އަގަކީ 120 ރުފިޔާއެވެ. އަދި ފަން އެޑްއޮންގައި 10 ޗެނަލް ހިމެނޭއިރު، އޭގެއަގަކީ 99 ރުފިޔާއެވެ.

ދިރާގު ޓީވީގައި ދުނިޔޭގެ ނަން މަޝްހޫރު ޗެނަލްތައް ހިމެނެއެވެ. އަދި ބައެއް އެޗްޑީ ޗެނަލްތަކާއި، ދިވެހި ގިނަ ޗެނަލްތައްވެސް މިހާރު ފެންނާނެއެވެ.

ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު