އެކްސްޓްރީމް އިމްޕީރިއަމްގެ ބްރޭންޑް އެމްބެސެޑަރަކަށް ރާއްޖޭގެ މަޝްހޫރު މޮޑެލް، ކައިޒީން ހަމަޖައްސައިފިއެވެ.

ކައިޒީން އެ މަގާމަށް ހަމައްސާފައިވާ އިރު، އޭނާއަކީ މިހާރު ރާއްޖޭގައި ހުރި ސޯޝަލް މީޑީއާގެ ޕްލެޓްފޯމްގައި އެންމެ ފޭން ބޭސް ބޮޑު މީހާއެވެ. މޮޑެލް ކުރުމުގެ ދާއިރާގައި އަހަރުތަކެއް ހޭދަކޮށްފައިވާ ކައިޒީންއަކީ ރާއްޖޭގެ އެންމެ އަގުބޮޑު މޮޑެލްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ޒުވާނެކެވެ.

ކައިޒީންއަކީ ވަރަށް ގިނަ ބަޔަކު އިންސްޕިރޭޝަންގެ ގޮތުގައިވެސް ބަލާ އެކަކުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ކައިޒީންގެ މަސައްކަތްތައް ބަލާ، ކައިޒީންގެ މަސައްކަތް ދުވަހުން ދުވަހަށް ފޮލޯކުރާ މީހުންވެސް މަދެއް ނޫނެވެ.

https://www.instagram.com/p/BvQ56lThH0G/?utm_source=ig_share_sheet&igshid=b97vlqos93qu

އެކްސްޓްރީމް އިމްޕީރިއަމްގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ހަމީދު ވިދާޅުވީ، ޖިމްގެ އެމްބެސެޑަރަކަށް ކައިޒީން ހަމަޖެއްސީ ކައިޒީންއަކީ މިވަގުތު ރާއްޖޭގެ ސޯޝަލް މީޑިއާގައި ހުރި އެންމެ ފޭސް ބޭސް ބޮޑު މީހާއަށް ވުމުގެ އިތުރުން، އިންފްލުއެންޒް ވަރުގަދަ ޒުވާނަކަށްވުމުގެ އިތުރުން، ފިޓްނެސް ރޯލް މޮޑެލްއެއްގެ ގޮތުގައި ޒުވާން ކުދިން ލުކް އަޕް ކުރާ މީހަކަށް ވާތީ ކަމަށެވެ.

އެކްސްޓްރީމް އިމްޕީރަމް ޖިމް

ކައިޒީންއަކީ އަބަދުވެސް އޭނާގެ ފޭންބޭސްއާ އެންގޭޖްވެގެން އުޅޭ މީހެކެވެ. އަދި އޭނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ ސަކްސެސްފުލް މޮޑެލްވެސް މެއެވެ.

އަދި ކައިޒީންއަކީ މިހާރު މުޅި ރާއްޖޭގެ އެންމެންވެސް ބަލައިގެންފައިވާ މީހެކެވެ. ރާއްޖޭގެ އިތުރުން ރާއްޖޭއިން ބޭރުގެ މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެޑަރެއްގެ ގޮތުގައި ކައިޒީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކްސްޓްރީމް އިމްޕީރިއަމް ޖިމްއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ޖާގަ ތަނަވެސް އެންމެ އިކިއުޕްމެންޓް ގިނަ ޖިމެވެ. އަދި ރާއްޖޭގެ މަޝްހޫރު ތަރިންނާއި، ސަރުކާރުގެ ބައެއް ވެރިންވެސް އެ ޖިމުން ހިދުމަތް ހޯދަމުންދެއެވެ.