ޓެކްސީ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް ރާއްޖެއަށް ތައާރަފްކުރި "އަވަސް ރައިޑް"އިން ހުޅުމާލޭގައި ޓެކްސީ ސެންޓަރެއް ހުޅުވައިފިއެވެ.

އަވަސް ރައިޑްއަކީ ރާއްޖޭގެ އެންމެ ބޮޑު ޓެކްސީ ފްލީޓް އޮންނަ ކުންފުންޏެވެ. އަދި އަވަސް ރައިޑުން ތައާރަފް ކޮށްފައިވާ އަވަސް ރައިޑު ޓެކްސީ ބުކިން ފޯނު އެޕަށް ވަނީ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ.

އެ ކުންފުނިން ހުޅުމާލޭގައި މިއަދު ހުޅުވި ސެންޓަރުގެ އެހީގައި ހުޅުމާލެ އިން ޓެކްސީ ލިބުމަށް ފަސޭހަވެގެން ދާނެއެވެ. އަވަސް ރައިޑްގެ ހުޅުމާލެ ޓެކްސީ ހޮޓްލައިނަކީ 3353030 އެވެ.

އަވަސް ރައިޑް އިން މައުލޫމާތުދޭ ގޮތުގައި އަވަސް ރައިޑް ހުޅުމާލޭ ސެންޓަރުން ހުޅުމާލޭ އަދި މާލޭގެ ސަރަހައްދަށް ޙިދުމަތް ލިބޭނެއެވެ. އަވަސް ރައިޑަށް ފޯނުން ގުޅައިގެން ހަމައެކަނި ލިބޭނީ ޓެކްސީ ކާރާއި، ވޭނާއި ޕިކަޕުގެ ޚިދުމަތެވެ. އަދި އަވަސް ރައިޑް އެޕް މެދުވެރިކޮށް ކާރު، ވޭން، ސައިކަލު އަދި ޕިކަޕު ލިބޭނެއެވެ.

އަވަސް ރައިޑު އެޕް މެދުވެރިކޮށް ބޭނުންވާ ބާވަތެއްގެ ވެހިކަލްއެަް އަވަސް ރައިޑެއް ޝެޑިއުލް ކޮށްގެން ބުކްވެސް ކޮށްލެވޭނެއެވެ.

އެ ކުންފުނިން ބުނިގޮތުގައި، ހުޅުމާލޭގައި ޓެކްސީ ސެންޓަރު ހުޅުވިގެންދިއުމާއެކު، އެ ކުންފުނިން ދެމުން އަންނަ ޓެކްސީ ހިދުމަތްތައް ފުޅާވެގެން ދާނެއެވެ. އަދި ކަސްޓަމަރުނަނަށް ވަގުތުން ޓެކްސީ ހޯދުމުގައި އިތުރަށް ފަސޭހަވެގެންދާނެއެވެ.

އަވަސް ރައިޑްގައި ޓެކްސީ ފްލީޓްގައި 380 އަށްވުރެ ގިނަ ޓެކްސީ ހިމެނެއެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެ ހިދުމަތް އިތުރަށް ފުޅާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަށިދު

    އަވަސް ރައިޑް އެޕް ބޭނުންކުރަން. އެޕްވެސް ވަރަށް ސަޅި، އަދި މިހާރު މާފަސޭހަވީތި.. ޝުކުރިއްޔާ އަވަސް ރައިޑް

  2. އިޝީ

    ތޭންކްސް! އައި ޔޫސް ޔޯރ އެޕް، އިޓް ވޯކްސް އިނަފް، ބަޓް ސަމް ޕީޕަލް މޭ ނީޑް ފޯން ނަމްބަރ އިފް ނޯ ޑޭޓާ. ސޯ ދިސް އިސް ގްރޭޓް

  3. ބޯގާ

    ސަރުކާރުން ހަމައެކަނި ގާނޫނު ހަދަނީ ޓެކްސީ ތަކަށް.ފުރަތަމަ އެހެންކަންކަމަށް ގާނޫން ހަދާބަލަ