މާދަމާ މަންޓާ އެއާގެ ދަތުރުތައް ބ.ދަރަވަންދޫއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓް ކަމަށްވާ ދަރަވަންދޫ އަށް މަންޓާ އެއާގެ ދަތުރުތައް ފަށަނީ ހާއްސަ ޕްރޮމޯޝަނަކާއި ވެސް އެކުއެވެ. އެގޮތުން ބޮޑު މީހަކަށް އެއްކޮޅު ޓިކެޓް ހަތަރު ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ އަދި ކުޑަ ކުއްޖަކަށް ދުއިސައްތަ ސާޅީސް ނުވަ ރުފިޔާއަށް އެއްކޮޅު ޓިކެޓު ވިއްކުމަށް މަންޓާ އެއާއިން ވަނީ ނިންމާފައެވެ.

މިދިޔަ ފެބްރުއަރީމަހު ރަސްމީކޮށް ދަތުރުތައް ފަށާފައިވާ މަންޓާ އެއާއިން މިހާރު ވެސް އަންނަނީ ކޮންމެ ދުވަހަކު ހަތަރު ދަތުރު ދ.ކުޑަހުވަދޫ އެއާޕޯޓަށް ކުރަމުންނެވެ.

ބ.ދަރަވަންދޫއަށް ފަށާ ދަތުރުތައް ވެގެންދާނީ މަންޓާ އެއާލައިނުން ދަތުރުކުރާ ދެވަނަ މަންޒިލަށެވެ.

މަންޓާ އެއާލައިނުން މައުލޫމާތުދޭގޮތުގައި ބ.ދަރަވަންދޫއަށް ދުވާލަކު ދެ ދަތުރު ކުރުމަށް ވަނީ ރާވާފައެވެ. އަދި ކުރިމަގުގައި ދަރަވަންދޫއަށް ކުރާ ދަތުރުތައް އިތުރުކުރުމަށްވެސް ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ދަރަވަންދޫގެ އިތުރުން ތިމަރަފުށީ އެއާޕޯޓަށް ވެސް މަންޓާގެ ދަތުރުތައް ފަށާނޭކަމަށް އެ އެއާލައިނުން މީގެކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ކޮންއިރަކު އައްޑޫ އަދި ކާޑެއްދޫއަށް ފަށަނީ
    މޯލްޑިވިއަން ނޫން އެއްޗެއް ބޭނުން.

  2. ރ.އަތޮޅު މީހާ

    އިފުރަށްވެސް ބޭނުން އެހެން ފުލައިޓެއް