ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހު ރޭގަނޑު 12 ޖަހަންދެން ހުރިހާ ފިހާރައެއް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތްވަނަ ދުވަހު ، އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ގައި ކަމަށެވެ.

މިހާރު މާލޭގެ ބައެއް ފިހާރަތައް 24 ގަޑިއިރަށް ބަދަލުކޮށްފައިވާއިރު، ކޮންމެ ރޯދަ މަހެއްގައި އާއްމުކޮށް ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނައެވެ.

އެހެންކަމުން، އެ ދުވަސްތަކާއި ދިމާކޮށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ އިމްޕޯޓް މުދާ ވިއްކާ ތަންތަނުން ބަންދު ކުރާ ގަޑިއަށް ބަދަލު ގެނައުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަހަނރޯ

    12 ޖަހަން ދެން ފިހާރަތައް ހުޅުވަފާއި ބެހެއްޓުމުގެ މާނައެއް ނެތް. މުޅި ގައުމުގެ ޚަރަދު ބޮޑުވެފައި، މުވައްޒަފުންޏަށް ދެވޭ ބޮޑު އަނިޔާއެއް.

    2
    1