ޓޫރިސްޓުން އަތުން ނަގަމުން އަންނަ ގްރީންޓެކްސްގެ ގޮތުގައި މިހާތަނަށް 158 މިލިއަން ރުފިޔާ ޖަމާކޮއްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން މަހަކު އެއްފަހަރު ނެރޭ ގްރީންޓެކްސްގެ ފައިސާގެ ތަފާސްހިސާބުތަކުގައި ވާގޮތުން ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ، 78.2 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ފެބުރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 79.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މުޅިއަކު މިހާތަނަށް ގްރީން ޓެކްސްގެ ފަންޑް އަށް 158 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓްތަކުން 72.3 މިލިއަން ރުފިޔާ ދައްކާފައިވާއިރު، ހޮޓާތަކުން 1.9 މިލިއަން ރުފިޔާ އަދި 2.5 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ. މާލެ އަތޮޅު ނުލައި ގްރީން ޓެކްސް އިން އެންމެ ގިނަ އާމްދަނީ ލިބިފައި ވަނީ (އދ) އަތޮޅުގައި ތިބި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުންއެވެ. އެއީ މުޅިއަކު 9.9 މިލިއަން ރުފިޔާއެވެ. މާލެ އަތޮޅު ނުލައި އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ (އއ) އަތޮޅުގައި ހުރި ގެސްޓް ހައުސްތަކުންއެވެ.

އެގޮތުން އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތަކުން އެކަނި، 307،783 ރުފިޔާ ވަނީ ދައްކައިފައެވެ. މީގެ އިތުރުން ސަފާރީ ތަކުން، 2.96 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ދެއްކިއެވެ.

ފަންޑްގައި ހުރި ފައިސާ އެއްވެސް ކަމަކަށް ހަރަދު ނުކުރާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓޫރިސްޓުން އަތުން ގްރީން ޓެކްސްގެ ގޮތުގައި އޮކްޓޯބަރު 2016 އިން ފެށިގެން އަންނަނީ ތިން ރުފިޔާ ނަގަމުންނެވެ. މި ޓެކްސް ނަގަން ފަށާފައިވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ކަމަށް ބުނެފައިވެއެވެ.

ގްރީން ޓެކްސް އާމްދަނީގެ ވަކި ޕަސެންޓެއް ކައުންސިލްތަކަށް ދިނުމަށް ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ. ގްރީން ޓެކްސްއާބެހޭ މައުލޫމާތު އާންމު ކުރަން ފެށީ މި ސަރުކާރުންއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެ

    ސުކުރިއްޔާ ރައީސް ޔާމިނު

  2. މީވެސް ޓެކްސްއެކޯ

    އޭގެން ކުރިކަމެއް ބުނެބަލަ، ރިނިޔުބަލް ވީތަ؟ މަޅަނީ ވަކިވަރެއްބަލާފައެއްނޫން