އަންނަ ހޯމަ ދުވަހުން ފަށައިގެން އިމްޕޯޓް-އެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އިކޮނޮކިމް މިނިސްޓްރީން މިގޮތަށް ހަމަޖައްސާފައި ވަނީ، މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓްކުރުމާއި އަދި ރީ އެކްސްޕޯޓް ކުރުމުގެ ޤަވާއިދަށް ގެނެވުނު އިސްލާހުގެ ދަށުންނެވެ. މި ޤަވާދުގައި ވާގޮތުގައި ދެން ރާއްޖެއިން މުދާ އެކްސްޕޯޓްކޮށް އިމްޕޯޓް ކުރެވޭނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

އެހެންކަމުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭނެއެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ފުރާ ފޮށި ތަންމަތީގައި ހުންނަ އަންނައުނާއި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ބޭރަށް ގެންދިއުމަށް ރެޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ.

އިމްޕޯޓް އެކްސްޕޯޓް ޤަވާއިދަށް ގެނައި އިސްލާހުގައިވާގޮތުން އިމްޕޯޓް، އެކްސްޕޯޓް ނުވަތަ ރީ އެކްސްޕޯޓް ކުރާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ ކޮންމެ ސަތޭކަ ރުފިޔާއަކަށް ދިހަ ލާރީގެ މަގުން ރެވެނިއު ސްޓޭމްޕުގެ އަގަށްވާ ފައިސާ މީރާއަށް ދައްކަން ޖެހެއެވެ.

މުދާ ރީއެކްސްޕޯޓް ކުރެވޭނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ އަދި އެ ފަރާތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއް ވެވިފައިވާ ފަރާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝުކުރިއްޔާ ގައުމު

    ޢިންޑިއާއަށް ހިތަކަށް ލިބިފަ އޮތް ތަނެއް.ވޯރާ ޔަފާރި މަތިން ހަނދާން ނެތް މީހުންނާއި ނޭނގޭ މީހުން ތާރީޚުން ހޯދައި ބަލާ އުނގެނިގަނޭ.

    19
    2
  2. ޔޭއްވޯއް

    އިމްޕޯޓް-އެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭގޮތަށް ހަމަޖައްސައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއިން އަންގާދެނީ މިހާރު އިކޮނޮމިކް މިނިސްޓްރީން ކޮންމެވެސް ވަރަކަށް ރައްޔިތުންނާއި އަދި ވިޔަފާރިވެރިންނާއި ގުޅުން ހުރި ކަންކަމުގައި ރަނގަޅަށް ކަންކަން ކުރެވޭތޯ މަސައްކަތް ކުރަން އެބައުޅޭ ކަމަށް ރާއްޖޭގައި ދިވެހި ވިޔަފާރިވެރިން ވިޔަފާރީގައި ގްރެޖުއޭޓް ނުވެގެން އުޅެނީ އެއީ މާލެ ސަރަހައްދުގައި އެމެން ވިޔަފާރި ކުރަން އެމެންގެ އަމިއްލަ ބިމެއް ކޮންމެ ކުންފުންނެއްގެ އަތުގައި ނެތީމައޭ އެކަން ކޮށް ދޭން ގުޅިފަޅު ހިއްކަން ފަށަންވީއޭ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެން މަމެންނަށް ޔަގީނޭ ދިވެހި ވިޔަފާރި ތައް ކުރިއަރައިގެން ދާނެ ކަން އަތުނުޖެހޭ ބާރު މިނުގައި ޔޭއްވޯއް އޫންހޫން ލުކް އެޓް ދަ ކްލޮކް އޮން ދަ ވޯލް ވޮޗް އޮން ދަ ކްލޮކް އޮން ދަ ވޯލް ވަން ސެކެންޑް އިޒް އީކްއަލް ފޯރ ޔޫ އެން މީ ދަ ސޭމް އައި ވޯންޓް ޔޫ ޓު ނޯ އިޓް ޔޭއް ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް ޔޭއް ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް ޔޭއް ޑޯންޓް ލޫސް ދަ ޓައިމް އައި ވޯންޓް ޔޫ ޓު ނޯއިޓް ޔޭއް ޔޭއް ޔޭއް ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް ޑާންސް ޑާންްސް ޑާންސް ޑާންސް ޔޭއްވޯއް އޫންހޫން...

    1
    7
  3. ދަތުރުވެރިޔާ

    ކިއްތޯވާނީ އިމްޕޯޓު ޑިޔުޓީ ކަނޑާލިއްޔާ، އެވަރު ވަންނެތިއްޔާ ދަތުރުވެރީން ލަގެޖުގެ ގޮތުގައި ގެންނަ މުދާކޮޅު ޑިޔުޓީ ނުނަގާ ދޫކޮއްލަ ދެއްވެވުން ވަރައް ބޮޑައް އެދެން.

  4. ބުރޯ

    އޮޅުވާލުމަށް ތިވަރެއްނެތް . އިމްޕޯޓް އެކްސްޕޯޓް ލައިސަންސް ހެދިއިރު ނަގާ އަދަދަށް ފަިސާ މީރާ އަށް ދައްކަންޖެހުނީމަ އެވީ ކޯންޗަކަށް . ލައިސަންސް ކިޔާ އެއްޗެއް ނެތަސް އެވަރަށް ފަސިސާ މީރާއަށް ދެއްކީމަ އެވީ ކޯންޗަކަށް . މިވަރުގެ މަކަރާ ހީލަތުން ކަންކުރަންއުޅޭ ބަޔަކު ދުނިޔެއިންމަދުވާނެ. ހަމަ އެކައްޗެއް ނަން ބަދަލުކޮށްލީ މިއީ މަދަނަ ނަންބަދަލު ކޮށް އާސަންދަ ހެދިހެން ކޮށްލިކަމެއް.

    19
    1
  5. މަޑި

    ކުރާނެ ކަމެއް ނޭގެއްޏާ.އިސްތިއުފާދެއްވާ.ގާބިލްކިތައްމެ ބަޔަކު އެބަތިބި