ތިލަދުންމަތީގައި ހިންގާ ގެސްޓްހައުސްތަކާއި ގެސްޓްހައުސް މާކެޓިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށް ބާއްވާ މާކެޓިންގ ސެމިނާއެއް ހދ.ހަނިމާދޫގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

އަންނަ ހޯމަ ދުވަހު ހަނިމާދޫގައި ބާއްވާ މި ސެމިނާއަކީ އެމްއެމްޕީއާރުސީއާއި މޯލްޑިވްސް ގޭޓްވޭސް އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ސެމިނާއެކެވެ.

ސެމިނާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ރެވެނިއު މެނޭޖުމަންޓާއި، ޑިސްޓްރިބިއުޝަން ޗެނަލް މެނޭޖުމަންޓްގެ އިތުރުން އޮންލައިން އާއި ސޯޝަލް މީޑިއާ މާކެޓިން އަދި ސާޗް އިންޖިން އޮޕްޓިމައިޒޭޝަންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީ މާކެޓް ޓްރެންޑްސް އެންޑް ސްޓެޓިސްޓިކްސްއެވެ.

ސެމިނާގައި ބައިވެރިވެލައްވަން ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިން ކޮށް ރެޖިސްޓަރ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު