ނިއުޕޯޓް ރެސްޓޯރެންޓުތައް ހިންގަމުން އަންނަ ތަންތަން ހުސް ކުރުމަށް މާލޭ ސިޓީ ކައުންސިލް ތައްޔާރަށް އޮތްކަމަށް އެ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިގޮތަށް ވިދާޅުވީ، ނިއުޕޯޓް ވިއު ހުންނަ ސަރަޙައްދަކީ މާލޭގައި ހިތް ފަސޭހަކޮށްލަން އޮތް ހަމަ އެކަނި ހުސް ތަންކަމަށް ބުނެ އެތަން ބަންދު ނުކޮށްގެން ކަންބޮޑުވުން ފާޅުކޮށް ކުރި ޓްވީޓަކަށް ޖަވާބުދެމުންނެވެ.
އެ ޓްވީޓުގައި ޝިފާ ވިދާޅުވީ، ސިޓީ ކައުންސިލަށް އެންގިހައި އަވަހަކަށް ތަން ހުސްކުރަން ތައްޔާރަށް ތިބިކަމަށެވެ.
"ސިޓީ ކައުންސިލަށް އެންގިހާ އަވަހަކަށް ތަން ހުސްކުރަން މިތިބީ ރެޑީގާ،" ޝިފާގެ ޓްވީޓުގައި ވެއެވެ.
ދާދި ފަހުން ހުޅުވި ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރަން ސަރުކާރުން އެންގީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ސަރަަހައްދު ހުސްކުރަން ސަރުކާރުން އެންގީ އެ ސަރަހައްދު އާއްމުންނަށް ހުޅުވާލަން ބޭނުންވާތީ ކަމަށް ވެއެވެ.
ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ ނިއުޕޯޓުގެ އިތުރު ތަންތަން ހުސްކުރަން މިދިޔަ މަހު ފަސް ދުވަހުގެ މުއްދަތެއްވެސް ދިނެވެ. އެސްޓީއޯ އައިފާން ބިލްޑިންގައި ހުރި ނިއުޕޯޓުގެ ރެސްޓޯރެންޓާއި "ރާވެރިބޭ ކޮއްތުވެނި" ގައި ހުރި ނިއުޕޯޓުގެ ދެތަނެވެ. ނަމަވެސް އެތަންތަން ހުސްކުރަން އެންގީ އާންމުންނަށް ހުޅުވާލުމަށް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.
ނިއުޕޯޓް ވިއު ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް ހިމެނުނު ޒާހިދު ރަމީޒެވެ. ނަމަވެސް މިހާރު އެ ކުންފުނި ހިންގަނީ އޭނާގެ އާއިލާއިންނެވެ. ސަރުކާރު ބަދަލުވިތާ ގިނަ ދުވަހެއް ނުވަނީސް ނިއުޕޯޓް ރެސްޓޯރެންޓުތައް ހުއްޓުވުމަށް ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދިޔައީ ބާރު އަޅަމުން ކަން ފާހަގަކޮށްލެވެއެވެ.
މޑޕ ކެމްޕޭނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރިމައްސަލަ ބެލެންޖެހެއެވެ ސިޓީ ކައުންސިލަކީ މޑޕގެ ޖަގަހައެކެވެ.
ނިއުޕޯޓަކީ ސިޓީކައުންސިލް ހަވާލުގައި ހުރިތަނެއް ނޫން
ތިކަންކުރަން ލަސްވެއްޖެ ވީހާވެސް އަވަހަހައް އެތަންނަގަންވީ ކުޑަކުދިންގޮވާގެން ރާޅުގަނޑު ސަރަހައްދައއ މޮހަރުނުދެވޭ ތިޔަތަނާހެދި އަދި ސިގިރޭޓް ބޮއެ ފާޓޭމެން އެންބުރޭވަރުން އެތާގަ މަޑުނުކުރެވޭ އަވަސްކުރަން ގޮވާލަން
ތިބުނާގޮތަކައް ތިކަމެއްނުވާނެ ކޯޓުމެދުވެރިކޮއް އޮންނަ އުސޫލުގެ ތެރެއިން ތިކަންވާނެ ނެރެފީޔާ ބަދަލުވެސް ދޭންޖެހޭނެ އެވެރިން ބަދަލުހޯދާނެ ލިބެންވެސް ލިބޭނެ ޕާޓީކުދިން އާއިލީ ވެރިކަން ހިފަހައްޓަން ތީފުކެއް ބޮޑުވަރު...ކޮބާތޯ ބޮޑުވަގު އަދީބު އެމްޑީޕީ ވެރިކަމައް ގެންނަން މިލިއަނުން ހަރަދު ކުރީމަ އޭނަވީ ހުދުކާފޫރަށްދޯ....؟ ކަލޭމެންނައް ހިންގޭނީ ވެރިކަމެއްނޫން ހިންގަނީ ބަލާވެރިކަން