ބޮލުން އިސްތަށިފައިބާ މައްސަލައަކީ ޒުވާން އުމުރުގައި ދެޖިންސުގެ މީހުނަށްވެސް ދިމާވާ ބޮޑު މައްސަލައެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ބޮޑު ހިތާމައެކެވެ. ބޮލުން އިސްތަށި އަލުން ފަޅާނެ ގޮތެއް ހޯދުމަށާއި ފަރުވާއެއް ލިބިގަތުމަށް ރެއާއި ދުވާލު މަސައްކަތްކޮށްގެންވެސް ގިނަ ފަހަރަށް ކާމިޔާބު ވާގޮތެއް ނުވެއެވެ. ގިނަފަހަރަށް އިސްތަށި ފައިބަން ދިމާވަނީ އިސްތަށިގަނޑު ރީތުކުރުމަށް ބޭނުންކުރެވޭ ތަކެތީގެ ސަބަބުންނެވެ. އަނެއްބައި ފަހަރަށް އިސްތަށިގަނޑަށް އެންމެ އެކަށީގެންވާ މުހިންމު ބައިތައް ހަށިގަނޑަށް ނުލިބުންވެސް އިސްތަށި ފޭބުމުގެ ސަބަބަކަށް ވެއެވެ. ހަމަ އެހެންމެ އުމުރުން ދުވަސްވުމަކީވެސް ތަލަވުމާއި ގުޅިފައިވާ ކަމެކެވެ.

އިސްތަށި ފައިބާ މައްސަލަ އާއި ބޯތަލަވުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާ ފަރާތްތަކަށް މިއީ އާ އުންމީދެކެވެ. ރާއްޖެއަށް ދާދި ފަހުން ތައާރަފްކޮށް ވިއްކަން ފަށާފައިވާ "ޕަތުންތިޕް" ބްރޭންޑުގެ ސެރަމް އާއި ޝޭމްޕޫ އަދި ކޮންޑިޝަނާއަކީ އާދަޔާއި ޚިލާފަށް އަވަހަށް ތަލަވުމުގެ މައްސަލަ ޙައްލުކޮށްދޭ "ޖާދުލެކެވެ". ހަމައެކަނި ގުދުރަތީ މާއްދާތައް އެކުލެވޭގޮތަށް އުފައްދާފައިވާ މި ބްރޭންޑުގެ ހެއާކެރާ ޕެކަކީ ކެމިކަލާއި އިސްތަށިގަނޑަށް ނުރައްކާ ކުރުވާ އެއްވެސް ބާވަތެއް ނުހިމެނޭ ފައިދާކުރަނިވި އުފެއްދުމެކެވެ.

ހަނޑޫކިރާއި ލޮޓަސް ފަތާއި ސިލްކް ޕްރޮޓީންގެ އިތުރުން ދިހަ ވައްތަރެއްގެ ފައިދާކުރަނިވި ދުޅަހެޔޮ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ "ޕަތުންތިޕް" ހެއާކެއާ ޕްރޮޑަކްޓުތަކަކީ ދުޅަހެޔޮ އިސްތަށިގަނޑަކަށް ބޭނުންވާ ހުރިހާ ބައިތައް އެއް ޕްރޮޑަކްޓަލުން ލިބޭ ފަރުވާއެވެ. މިކަމުގެ ސަބަބުން އިސްތަށި ފޭބުން ހުއްޓުމާއި އެކު އިސްތަށިގަނޑު ވަރުދަދަވެ އިސްތަށީގެ ކަޅުކަން އިތުރުވެގެން ދެއެވެ. ހަމަ އެހެންމެ މި ޕެކުގައި ހިމެނޭ ތިން ބާވަތުން، އިސްތަށިގަނޑު ބޯވެ އިސާހިތަކު އިސްތަށި އިތުރުވެގެން ދެއެވެ.

"ޕަތުންތިޕް"ގެ އެންމެ ޚާއްސަ ކަމަކީ، މި ބްރޭންޑުގެ ހެއާކެއާ ޕްރޮޑަކްޓުތައް ބޭނުންކުރަ ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ނަތީޖާ ފެނިގެން ދިއުމެވެ. އެގޮތުން މި ޕްރޮޑަކްޓުތައް ބޭނުންކުރާތާ އެންމެ ފަސް ދުވަހުގެ ތެރޭގައި އިސްތަށި ފޭބުން މުޅީންހެން ހުއްޓި ނިމުމަކަށް އާދެއެވެ. އަދި އެއަށްފަހު 15 ދުވަހާއި 30 ދުވަހާއި ދެމެދުގެ މުއްދަތެއްގައި އިސްތަށި ފަޅައި ބޯވުމާއެކު އިސްތަށިގަނޑަށް އަންނަ އަވަސް ބަދަލު ފެންނާން ފަށާނެއެވެ. މީގެ އިތުރުން ބޮލުގައި ހަންފޮޅި ޑޭންޑްރަފްގެ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކަށްވެސް މި ޕްރޮޑަކްޓުން ފަސް ދުވަހުގެ ތެރޭގައި ޙައްލު ގެނެސްދެއެވެ.

މި ޕްރޮޑަކްޓު ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 98 އިންސައްތަ މީހުންނަށް އިސްތަށި ފޭބުމުގެ މައްސަލަ ހުއްޓި މަދު ދުވަސްކޮޅެއްގައި ނަތީޖާ ފެންނަކަން، ހޯދޮހޯދުންތަކުން އެނގިފައި ވެއެވެ. ހަމަ އެހެންމެ ޕްރޮޑަކްޓު ބޭނުންކުރާން ފަށާތާ މަހެއްހައި ދުވަސްތެރޭ ނުރަވެ ހުދުވެފައިވާ އިސްތަށިތަކުގައި ކުލަ ޖެހި އިސްތަށިގަނޑު ބޯވާކަން ތަޖުރިބާގެ އަލީގައި އެތައް ބަޔަކު ފާހަގަކޮށްފައި ވެއެވެ. ނަމަވެސް މި ޕްރޮޑަކްޓުތަކަކީ ކުލައެއް އެކުލެވޭ ޕްރޮޑަކްޓުތަކެއް ނޫނެވެ. މިފަދަ އެތައް ސަބަބުތަކަށްޓަކައި "ޕަތުންތިޕް" ހެއާކެއާ ޕްރޮޑަކްޓު ބޭނުންކޮށް ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ދެކެނީ މިއީ އިސްތަށިގަނޑަށް ދިމާވާ ކޮންމެ މައްސަލައަކަށް ޙައްލު ހޯދައިދޭ "ޖާދުލެއް" ކަމުގައެވެ.

"ޕަތުންތިޕް"ގެ ހެއާކެއާ ޕްރޮޑަކްޓުތައް އާދަކޮށް ކޮންމެ ދުވަހެއްގައި ވެސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން މި ހެއާކެއާ ޕެކާއެކު ލިބޭ ޝޭމްޕޭ ބޭނުންކޮށްގެން ރަނގަޅަށް އިސްތަށިގަނޑު ދޮވެލުމަށްފަހު ހިއްކާލުމަށްފަހު، ޕެކުގައިވާ ހެއާ ސެރަމް ބޭނުންކޮށްގެން ރަނގަޅަށް ބޮލުގެ އިސްތަށިތަކުގެ ބުޑުގައި އާއި އެކު ހާކާލާފައި މަސާޖުކޮށްލާނީއެވެ. އެއަށްފަހު ވިހި މިނެޓާއި 30 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކަށްފަހު "ޕަތުންތިޕް"ގެ ކޮންޑިޝަނާ ބޭނުންކޮށްގެން އަނެއްކާވެސް އިސްތަށިގަނޑު ދޮވެލާނީއެވެ. މިގޮތުން ދޮންނައިރު އިސްތަށިގަނޑުގެ ކޮޅުތަކުގައި ރަނގަޅަށް ކޮންޑިޝަނާ ހޭކުމަށްފަހު ދޮވެލުމުގެ ކުރިން ފަސް މިނެޓު ވަންދެން މަޑުކޮށްލުން ރަނގަޅެވެ. އެއީ އިސްތަށިގަނޑުގެ ހަލާކުވެފައިވާ ކޮޅުތަކަށް ފަރުވާއެއްގެ ގޮތުންނެވެ. އާދަކޮށް މިގޮތުގެ މަތީން ފަރުވާ ހޯދާނަމަ، ފަސް ދުވަހާއި 30 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހެޔޮ ނަތީޖާ ފެނި، ބޮލުން އިސްތަށި ފޭބުން ހުއްޓިގެން ދިއުމާއި އެކު ދުޅަހެޔޮކަންމަތީ އިސްތަށިގަނޑު އަވަހަށް ދިގުވާ ކަމަށް "ޕަތުންތިޕް" ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ބުނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ޕަތުންތިޕް" ބްރޭންޑުގެ 250 އެމްއެލްގެ ސެރަމް، ޝޭމްޕޫ އަދި ކޮންޑިޝަނާ ހިމެނޭ ހެއާކެއާ ޕްރޮޑަކްޓު ޕެކު، އޮންލައިން ވިޔަފާރި ކުރާ ފޭސްބުކް ޕޭޖް، "ލިބޭ" އިން 1250 ރުފިޔާ އަށް ވިއްކަމުންދާއިރު ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް،

7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.ލިބޭ އިން ވިއްކާ އިތުރު ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


2. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]

 


3. ވަޓްސަން ބޮޑީ ވޮޝް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


4. ސްޕާކަލް - ޓްރިޕަލް ވައިޓް ޓޫތް ޕޭސްޓް (100 ގްރާމް: 200 ރުފިޔާ / 60 ގްރާމް: 120 ރުފިޔާ / 20 ގްރާމް: 50 ރުފިޔާ) [އިތުރު މައުލޫމާތު]

5. ދަތް ފަނިކެއުން ހުއްޓުވާ - "ޓްރީ ހާބް ޓޫތްޕޭސްޓް" [އިތުރު މައުލޫމާތު]

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ާނަސާ

  ކޮބާ، މީތި ބޭނުން ކުރި ކުއްޖަކު ނެއްތަ؟؟؟

  11
  1
 2. ބީތާ

  ތަލަވެދާނެތީ ކަންތަށް ބޮޑެއް ނުވޭ

  4
  2
 3. Anonymous

  ޢަޒުހީމްގެ ފިހާރައެއް ދޯ އަސްތިހާރު ތިކޮށްލީ

 4. ލުތުފީ

  ލުތުފީއަށް ރަގަޅުވާނެ

  7
  2