ލިންޗްޕިންގެ ހުޅުމާލޭ ފިހާރައިން މާ ކުރިން ކުރި ވިޔަފާރިތަކަކަށް ބައެއް މީހުންގެ ބީއެމްއެލް އެކައުންޓުން މިހާރު ފައިސާ ކަނޑަމުން ދާތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާ މީސް މީޑިއާގައި ކުރަމުން އެބަގެންދެއެވެ.

ޝަކުވާ ކުރަމުންދާ މީހުން ބުނާ ގޮތުގައި އެމީހުންގެ އެކައުންޓުން ކުރިން ވެސް ފައިސާ ކެނޑުމަށް ފަހު ދެވަނަ ފަހަރަށް އެކައުންޓުން ވަނީ ފައިސާ ކަނޑާފައެވެ. އިއްޔެ އިން ފެށިގެން ގިނަ ބަޔަކު މިޝަކުވާ މީސް މީޑިއާގައި ކުރަމުން އެބަގެންދެއެވެ.

ނަމަވެސް ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމުން ކަސްޓަމަރުގެ އެކައުންޓުން އެ ކުރި ވިޔަފާރީގެ އަދަދު ހޯލްޑް ކުރެވޭނެ ކަމަށާއި އެއަށްފަހު މަރޗަންޓް (ވިޔަފާރިކުރި ތަން) އިން ސެޓްލްމަންޓް ހެދުމުން މިގޮތަށް ހޯލްޑްކުރެވޭ ފައިސާ ކަސްޓަމަރުގެ އެކައުންޓުން ކެނޑި މަރޗަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާވާނެ ކަމަށެވެ.

މިއީ މުޅިންވެސް އޮޓޮމެޓިކްކޮށް ހިނގާ މަސައްކަތެއް ކަމަށާއި މިގޮތުން ކޮންމެ ދުވަހެއްގެ ވިޔަފާރި ނިންމުމަށްފަހު ޢާންމުކޮށް ހުރިހާ ތަނަކުންވެސް ސެޓްލްމަންޓް ހަދާކަމަށް ބީއެމްއެލް އިން ބުނެއެވެ.

"އަދި އެދުވަހު ޕީއޯއެސް މެދުވެރިކޮށް ކުރެވިފައިވާ ވިޔަފާރި އަށް ލިބެންވާ ފައިސާ އެކައުންޓަށް ހަމައަށް ޖަމާކުރެވިފައިވޭތޯ ބެލުމަކީވެސް މަރޗަންޓުން ކުރަންޖެހޭ އަދި ޢާންމުކޮށް ކުރަމުން އަންނަކަމެކެވެ. ސެޓްލްމަންޓް ހެދުމުގައި ދަތިކަމެއް ދިމާވެއްޖެނަމަ، އަދި ވިޔަފާރީގެ އެއްވެސް މުޢާމަލާތަށް ލިބެންވާ ފައިސާ، އެ ފައިސާ ދެއްކިފަރާތުގެ އެކައުންޓުން މަރޗަންޓްގެ އެކައުންޓަށް ނުލިބޭކަމުގައި ވާނަމަ، ބޭންކަށް އެންގުމުން ބޭންކުން ވަގުތުން އެހީތެރިކަންފޯރުކޮށްދެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ ސެޕްޓެމްބަރ 2018 އިން ފެށިގެން ތިޔަ ދެންނެވި މަރޗަންޓަށް (ލިންޗްޕިންއަށް) ދޫކުރެވިފައިވާ ޕީއޯއެސް ސެޓްލްމަންޓް ގެ މައްސަލައެއް ވާކަން (އެ ފަރާތަށް ލިބެންވާ ފައިސާ ނުލިބޭކަން) އެ ފަރާތުން ބޭންކަށް ރިޕޯރޓްކޮށްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ކަމަށެވެ.

ބޭންކުގެ އެހީތެރިކަމާއެކު ސެޓްލްމަންޓްގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމުން، ކުރިން ދެންނެވިހެން ސެޕްޓެމްބަރ 2018 އިން ފެށިގެން އެ ފިހާރައިން ކޮށްފައިވާ ވިޔަފާރިތަކަށް ކަސްޓަމަރުންގެ އެކައުންޓުން ފައިސާކެނޑިގެން ދިޔަކަމަށާއި އަދި އެ ފައިސާ މަރޗަންޓްގެ އެކައުންޓަށް ޖަމާވި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިގޮތުން، އެކައުންޓުން ފައިސާ ކެނޑުން ލަސްވި ސަބަބު ބޭންކުން މިއަންނަނީ ކަސްޓަމަރުންނަށް އަންގަމުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"ކަސްޓަމަރުންގެ އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ މި ދެންނެވި ގޮތަށް އެ މުއްދަތުގައިކޮށްފައިވާ ވިޔަފާރިތަކަށް އެ ފިހާރައަށް ދައްކަން ޖެހޭ ފައިސާއެވެ. އަދި މި ފައިސާއަކީ ކަސްޓަމަރުންގެ އެކައުންޓުން ކުރިން ކެނޑިފައިވާ ފައިސާއެއްވެސް ނޫނެވެ. އަދި އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑިފައިނުވާކަން ވެސް ފާހަގަކުރަމެވެ." ބަޔާނުގައި ވެއެވެ.

ކާޑު މެދުވެރިކޮށް އެއްވެސް ހާލަތެއްގައި ކަސްޓަމަރަކު ނުކުރާ މުއާމަލާތެއް ހިނގައިފިނަމަ އެ މުއާމަލާތް ޑިސްޕިއުޓް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށާއި މިކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަސްޓަމަރުންގެ ޙައްޤުތައް ހޯދައިދެވޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިދިޔަ އަހަރު ތެރޭ ބޭންކުގެ ކަސްޓަމަރުން 39 މިލިއަން މުއާމަލާތަކޮށްފައިވާއިރު މީގެ 98 އިންސައްތައަކީ ބޭންކުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހަދާފައިވާ މުއާމާލާތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒަރީރު

    35 އަހަރު ވަނީ އެގޮތަށް ދިޔަ ފެލަމުން ގެންދާތާ! ކޮންކަމެއް އިސްލާޙްވީ؟ އަރެމެންގެ ބޭންކް ދިވެހިންގެ ބޭންކް ދޯ! ރައްޔިތުން ގުނބޯ ހެދުން ހުއްޓާލީމާ އެކަން އޯކޭވީނު؟

    11
    1
  2. ވަގުން

    ވަގުން

  3. ސަމްސޫން

    ޞބަލާއެްތާ މިހުރިހާވަގުން ބީއެމްއެލް ވަކިކޮށބަލަ މުޅ ގަްުމުގަވަގުން މިހާރު ގައިމު ސަރުކާރުވެސް އޮތީ ބަދަލުވެފަ ކޮމެޓިހެދިއަކަސް ނުވާނެ އަވަސްކުރޭ

  4. ޙައްގުބަސް

    ބީއެމްއެލްގައި ވަރަށް މައްސަލަ ހަގީގަތުގައިވެސް ބޮޑު! އިތުބާރު ގެއްލޭ އެތައް ކަމެއް އެބަ ހިނގާ! އެތާގެ މުވައްޒަފުންވެގެން މިދޭތެރެއަކުން މީހުންގެ އެކައުންޓްތަކުން އެތައް ބައިވަރު ފައިސާ ނަގާފައިވާކަން ފަޅާއަރާ އެމައްސަލަ ބަލާފައިވޭ! މީހުންގެ އެކައުންޓްތަކުން އެކި ދުވަސްމަތިން މަދުމަދުން ފައިސާނަގާކަމުގެ ޝަކުވާވެސް މީހުންކުރޭ! އެންމެނަކީ އަބަދު އެކައުންޓްތައް ޗެކްކުރާ ބައެއްނޫންކަމަށްވާތީ ނޭނގޭ! ނުވަތަ އެނގެނީ އެތައް ދުވަހެއްފަހުން! ދެން އަނެއްކަމަކީ މީހަކަށް އޮޅިގެން ފައިސާ ޓްރާންސްފަރ ކުރަން އުޅޭ އެކައުންޓް ނޫން އެކައުންޓަކަށް ފައިސާ ޖަމާކުރެވިއްޖެނަމަ އަނބުރާ އެފައިސާ ހޯދިމުގައި އެތައް ދުވަހެއްނަގާ އެތައް ތަކުލީފެއް އުފުލަންޖެހޭކަން! ޚިދުމަތްތައް ރަނގަޅަސް އިތުބާރު ހިފެހެއްޓުމާއެކު ރަގަނޅުކުރަންޖެހޭ ކަންތައްތައް އެބަހުރި! ރަގަނޅުކުރޭ!

    11
  5. ލަޠީފް

    ކައުންޓަރުން ކުރާ ފައިސާގެ ކޮންމެ މުޢާމަލާތަކަށް ކަސްޓަމަރުގެ އަތުން 75 ރުފިޔާ ފެލާލުން މިއީ އިންޞާފެއްހެއްޔެވެ؟ މި އަނިޔާ ވަރަށް ފޯރީގައި އެދަނީ ހިންގަމުންނެވެ. ހަނޑާބަސްތާއަކުން 10 ރުފިޔާ ކަނޑާ އޭގެ ބަދަލު މި ނަގަނީ ރައްޔިތުން ފެލައިގެންނެވެ.

    11
  6. އެންދެރި

    ވިޔަފާރި މުއާމަލާތް 24 ގަޑިއިރު ތެރޭ އޮންނަންވާނީ ނިމިފައެވެ. ތިޔަ އީ ބޭންކް ގެ އިހްމާލެވެ.

    12
  7. އަލީ-12

    ބޭންކާ ގުޅިގެން ފޭރޭ ސަރުކާރެއްމީ..
    އިސްތިއުފާ