މަނިޔަފަރު ފަޅު ހިއްކުގެ މަޝްރޫއު ނިންމައި އެތަނުގައި ރިޒޯޓެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މަނިޔަފަރު ފަޅު ހިއްކަން ހަވާލު ކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އިވޯސަން އެސްޑީއެން ބީއެޗްޑީ ކިޔާ ކުންފުންޏަކާއެވެ. މަނިޔަފަރު ފަޅު ހިއްކާފައި ވަނީ ގާތްގަނޑަކަށް 380000 ކިއުބިކް މީޓަރުގެ ވެލި އަޅައިގެންނެވެ.
މަނިޔަފަރުގައި ރިޒޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ މިހާރުވެސް ރާއްޖޭގައި ދެ ރިޒޯޓު ހިންގަމުންދާ ކުންފުންޏަކުން ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
އެ ކުންފުނިން މާނިޔަފަރު ހިއްކަން އިވޯސަަން އާއި ހަވާލު ކުރީ 2 މިލިއަން ޑޮލަރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެ ފަޅު ހިއްކަން އިވޯސަަންއާއި ހަވާލު ކުރީ މިދިޔަ އަހަރު ޖުލައި އެކެއްގައެވެ. އެ މަޝްރޫއު ނިންމާލާފައި ވަނީ ފާއިތުވި ނޮވެމްބަރު 15 ގައެވެ.
އިވޯސަަން އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެއް މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން މ. މުލީގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސްފައެވެ.
ހިއްކަނީ ކޮންރަށެއްކަން އެނގިއްޖެއެވެ. ސައިޒުވެސް އެނގިއްޖެ އެވެ. ހަރަދުވެސް އެނގިއްޖެ އެވެ. ރާއްޖޭގެ ތަނެއްކަންވެސް އެނގިއްޖެއެވެ. އެކަމަކު ކޮން އަތޮޅެއްކަން ބުނެދޭކަށް ނޭނގުނެވެ.
މާލެ އަތޮޅު. ރުޅިނައިސް ގޫގުލް ކޮށްލި ނަމަ..؟! ލޮލް
ޖަމީލާސަލީމް ގެ ލަވަ މަނިޔަފަރަށް ބަންޑުންވިދޯނި މަތިން ހަނދާން އެބަހުރިތަ ؟