ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގައި އެންމެ ފުޅާދާއިރާއެއްގައި ހިދުމަތް ދެމުން އަންނަ މޯލްޑިވިއަންއިން ރޯދައާއި ގުޅުވައިގެން ޓިކެޓްގެ އަގު ހެޔޮކޮށްފިއެވެ.

ދިވެހި ގައުމީ އެއާލައިނުން ރާއްޖޭގެ 10 މަންޒިލަކަށް ކުރާ ދަތުރުގެ ޓިކެޓްގެ އަގު ވަނީ ރޯދަމަހާއި ގުޅުވައިގެން ހެޔޮކޮށްފައެވެ. ޖަނަވަރީ 10 ގައި މޯލްޑިވިއަނުން ވަނީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު ގެނައި އެ ބަދަލުގެ ސަބަބުން ހުރިހާ މަންޒިލެއްގެ ޓިކެޓް ވެސް 25-30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވިއެވެ.

ރޯދަމަހު މޯލްޑިވިއަންގެ ދެކޮޅު ޓިކެޓްގެ އަގުތައް

ދަރަވަންދޫ: 999 ރުފިޔާ

ކުޑަހުވަދޫ: 1388 ރުފިޔާ

އިފުރު: 1388 ރުފިޔާ

ހަނިމާދޫ: 1477 ރުފިޔާ

ތިމަރަފުށި: 1477 ރުފިޔާ

ކައްދޫ: 1515 ރުފިޔާ

ކޫއްޑޫ: 1515 ރުފިޔާ

ގަން: 1544 ރުފިޔާ

ފުވައްމުލަކު: 1544 ރުފިޔާ

ރޯދަމަހާއި ގުޅުވައިގެން ޓިކެޓްގެ އަގުތަށް ހެޔޮކޮށްފައި ވަނީ އާއިލާ ކައިރިއަށް ފަސޭހައިން ދެވޭނެ މަގު، ރަށުން ބޭރުގައި އުޅޭ މީހުންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިނަދޫ މީހާ

    ކޮބާ ކާޑެއްދޫ؟