މީހަކާއި ބައްދަލުވާ ހިނދު އެންމެ ފުރަތަމަ އިސްވާނީ ހިނިތުންވެލުމެކެވެ. އެފަދަ ދަނޑިވަޅެއްގައި ރަނގަޅު ފެށުމަކުން ފަށަން އެދޭނަމަ ރީތި ހިނިތުންވުމެއް އެމީހަކަށް ހުށަހަޅަން ޖެހެއެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކަމަކީ، ހުދު، ރީތި ދަތްޕިލައެއް ލިބިފައި ވުމެވެ. ދަތްތައް ހުދުކޮށް ސާފުކޮށް ބެހެއްޓުމަކީ ސާފުތާހިރުކަމާއި ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ވަރަށް އިސްކަން ދޭނޭ ކަމެކެވެ. އެކަމަކީ މީހެއްގެ ސާފުތާހިރުކަމާއި އެއްވަރަށް އެމީހެއްގެ ރީތިކަން އިތުރަށް ފުރިހަމަވެ އުޖާލާ ވެސް ކޮށްދޭ ކަމެކެވެ. އެހެންކަމުން ރީތި ހުދު ދަތްޕިލައެއްގެ ވެރިޔަކަށް ވުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ.

ދަތްތައް ހަޑިވެ އޭގެ ހުދުކަން ކެނޑިގެން ދިއުމުން ދަތްޕިލާ ރީތިކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މާނައަކީ ދަތްތައް ހަޑިވުމުން އަލުން އަނބުރާ ރީތި ދަތްޕިލައެއް ނުލިބޭނެ ވާހަކައެއް ނޫނެވެ. މި ބެނުމުގައި ބޮޑު އަގު ދީގެން އާދަކޮށް ބައެއް މީހުން ކްލިނިކުތަކުންނާއި އެފަދަ ތަންތަނުން ދަތްތައް ސާފުކުރާއިރު، އަނެއް ބަޔަކު ތަފާތު އެކި ބާވަތްތަކުގެ ބޭހާއި އުފެއްދުންތައް ބޭނުންކޮށް އުޅެއެވެ. ނަމަވެސް އެ ފަރާތްތަކަށް ރަނގަޅު މޮޅު "ފަންޑިތަ" އަކާއި ދިމާވަނީ މަދު ފަހަރެއްގައެވެ. އެހެންކަމުން މިއީ އެފަދަ މީހުންނަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.

ދަތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެދޭނަމަ އެންމެ މުޙިންމު ކަމަކީ ރަނގަޅު ފައިދާކުރަނިވި، އެކަމަށް ޚާއްސަ އުފެއްދުމެއް އިޚްތިޔާރު ކުރުމެވެ. އެއީ ދަތްތަކަށް ގެއްލުން ލިބި ދާއިމީ ގޮތެއްގައި ދަތްތައް ހަޑިކޮށްލާ ފަދަ އުފެއްދުމެއް ނޫންކަން ޔަޤީން ކުރަން ޖެހެއެވެ. ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ ފޭސްބުކް ޕޭޖް، "ލިބޭ" އިން ދާދިފަހުން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަން ފަށާފައިވާ "ސްޕާކަލް" ބްރޭންޑުގެ ދަތް ހުދުކުރުމަށް ޚާއްސަ "މައުތް ގާޑް ޕެކް" އާއި ދަތް އުނގުޅާ ބޭހަކީ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ރާއްޖެއިން މިވަގުތު ލިބޭ އެންމެ އިތުބާރުހުރި އެއް ޕްރޮޑަކްޓެވެ. ދަތްތައް ހަޑިވެ ދަތްތަކުގެ ހުދުކަން ގެއްލިގޮސްފައިވާ ފަރާތްތަކަށް "ސްޕާކަލް" ވާނީ އާ އުންމީދެކެވެ.

"ސްޕާކަލް"ގެ ދަތްތަކަށް ޚާއްސަ ޕްރޮޑަކްޓުތައް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ، ދަތްތައް ދުޅަހެޔޮކޮށްދިނުމާއި އެކު ދަތްޕިލާ ރީތިކޮށްދޭ އާދަޔާއި ޚިލާފު، މޮޅު އުފެއްދުމެއްގެ ގޮތުގައެވެ. އޭގައިވާ މުޙިންމު ތިން ބައެއްގެ ތެރޭގައި ހިމެނޭ "ވައިޓް ސެލިކާ" އަކީ މި ބޭނުމަށް ހިމަނާފައިވާ މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ދަތްތައް ހުދުކޮށްދިނުމާއި އެކު ދަތްތަކަށް ކެމިކަލްގެ އަސަރުން ކުރާ ގެއްލުން ކުޑަކޮށްދީ ވަރުގަދަކޮށްދެއެވެ. މި ބްރޭންޑުގެ ދެވަނައަށް އެންމެ މުޙިންމު އެއް ބަޔަކީ އޭގައި އެކުލެވޭ ވައިޓް ސޯޑިއަމް ޓްރިޕޮސްފޭޓް ނަމަކަށް ކިޔާ މާއްދާއެކެވެ. މި މާއްދާއަކީ ދަތްތަކުގައި ހަރުލައި އަށަގެންފައި ޖަރާސީމުތައް ފިލުވާލުމަށް ޚާއްސަ މާއްދާއެކެވެ. ދަތްތަކުގެ ރީތިކަން އަބަދަށްޓަގައި ގެއްލުވާލުމުގެ މެދުވެރިއަކަށްވާ މިފަދަ ޖަރާސީމުން ދަތްތަކަށް ދާއިމީ ގެއްލުމެއް ނުލިބެނީސް، ދަތްތަކާއި މެދު ސަމާލުވުމަށް "ސްޕާކަލް" އެހީއަކަށް ވަނީ މި ސަބަބަށްޓަކައެވެ.

"ސްޕާކަލް"ގެ އުފެއްދުންތަކުގައި ހިމެނޭ މުޙިންމު އަނެއް މާއްދާއަކީ ވައިޓް ހައިޑްރޯކްސީ އެޕެޓައިޓް ނަމަކަށް ކިޔާ މާއްދާއެކެވެ. މި މާއްދާއަކީ، ދަތްތަކަށް ކުރީން ލިބިފައިވާ ގެއްލުންތަކަށް ފަރުވާކޮށްދޭ މުޙިންމު މާއްދާއެކެވެ. "ސްޕާކަލް ޓްރިޕްލް ޓޫތްޕޭސްޓް"ގައި އެކުލެވޭ މި މާއްދާގެ ސަބަބުން، ނުރައްކާތެރި ކެމިކަލާއި އެނޫންވެސް އެފަދަ ތަކެތިން ދަތްތަކަށް ގެއްލުން ލިބި ހަޑިވެފައި ހުންނަ ހުރުމަށް ފަރުވާކޮށްދެއެވެ.

ސްޕާކަލް މައުތްގާޑް ޕެކް

"ސްޕާކަލް"ގެ އެންމެ ޚާއްސަ ކަމަކީ އެއިން ރަނގަޅު ނަތީޖާ ފެންނަ ގޮތް އަވަސްވުމެވެ. އެގޮތުން "ސްޕާކަލް - މައުތް ގާޑް" ބޭނުން ކުރުމުން، 30 މިނެޓުގެ ތެރޭގައި ނަތީޖާ ފެންނަން ފަށައެވެ. މި ބްރޭންޑުގެ ދަތްއުނގުޅާ ބޭހަކީ، އެއް ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި، ބޭނުންވާ މިންވަރަށް ދަތްތައް ހުދުކޮށްލުމުގެ ޤާބިލްކަން ލިބިފައިވާ ޕްރޮޑަކްޓެކެވެ. މި ބޭސް ބޭނުންކުރާ ފަރާތްތަކުން ތަޖުރިބާގެ އަލީގައި ބުނާގޮތުގައި، ބޭސް ބޭނުންކުރާން ފަށާތާ ދެ ހަފްތާ ތެރޭ އޭގެ ހެޔޮ ނަތީޖާ ފެނިގެން ދެއެވެ.

އާދަކޮށް މި ބްރޭންޑު ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 80 އިންސައްތަ މީހުންނަށް، "މައުތް ގާޑާއި" ބޭސް ބޭނުންކޮށްގެން ދަތްތައް ރީތިކުރެވިފައިވާކަން އެނގިފައި ވެއެވެ. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު "ސްޕާކަލް ޓްރިޕްލް ޓޫތްޕޭސްޓް" ބޭނުންކޮށްގެން ދަތް އުނގުޅުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ބޭނުން ނަމަ އެހެން ވަގުތުތަކުގައިވެސް ދަތް އުނގުޅާއިރު މި ބޭސް ބޭނުންކުރުން އެދެވިގެން ވެއެވެ. މީގެ އިތުރުން ނިދުމުގެ ކުރީން ކޮންމެ ދުވަހެއްގައިވެސް "ސްޕާކަލް މައުތް ގާޑް ޕެކް" ބޭނުންކޮށްގެން 30 މިނެޓުގެ ވަގުތުކޮޅަކަށް ފަރުވާ ހޯދުމުން، ދާދި އަވަހަށް ދަތްތައް ސާފުވެ ހުދުވެގެން ދެއެވެ.

"ސްޕާކަލް - ޓްރިޕަލް ވައިޓް ޓޫތް ޕޭސްޓް"ގެ 100 ގްރާމްގެ ފުޅިއެއް "ލިބޭ" އިން ވިއްކަނީ 200 ރުފިޔާ އަށެވެ. އަދި 60 ގްރާމްގެ ފުޅިއެއް 120 ރުފިޔާއަށް ވިއްކާއިރު، 20 ގްރާމްގެ ފުޅިއެއް ވިއްކަނީ 50 ރުފިޔާއަށެވެ. މީގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރެވޭ "ސްޕާކަލް - ވައިޓްނިންގް މައުތްގާޑް ޕެކް" އެއް ވިއްކާ އަގަކީ 520 ރުފިޔާއެވެ.

"ލިބޭ" އިން ވިއްކަމުންދާ، ދަތްތަކަށް ފަރުވާކޮށް ހުދުކުރުމަށް ޚާއްސަ އިތުރު ޕްރޮޑަކްޓުތައް:

1. އިސްމީ ރަސްޔަން ހާބަލް ކްލޯވް ޓޫތްޕޭސްޓް (އަގު: 150 ރުފިޔާ)

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މި ދަތްއުނގުޅާ ބޭހަކީ، ޕަތްޕިލާވެލީގެ އުފެއްދުމެކެވެ. އަލޮވެރާ އާއި ފޭރު ފަތް ހިމަނައިގެން އުފައްދާފައިވާ "އެކްސްޓްރާ ވައިޓް" މި ބޭހަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ހުދުކޮށްދިނުމާއި އެކު ޖަރާސީމު ފިލުވާލާ އަނގައިން ނުބައިވަސް ދުވުން ހުއްޓުވައިދޭ މޮޅު ބޭހެކެވެ. މީގެ އިތުރުން އަނގައިގައި ފާރުވެފައި ހުންނަ ތަންތަނަށް ފަރުވާކޮށްދީ، ދަތްތަކަށް ލިބޭ ގެއްލުން މި ބޭހުން ކުޑަކޮށްދެއެވެ.

ދުވާލަކު މަދުވެގެން ދެ ފަހަރު މި ބޭހުން ދަތް އުނގުޅުމުން ގިނަ ވަގުތުތަކެއް ވަންދެން އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދީ އަނގައިގެ ތާޒާކަން އިތުރުކޮށްދޭ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

2. ވެންތައި - ހާބަލް ޓޫތްޕޭސްޓް (އަގު: 190 ރުފިޔާ)

މި ބޭސް އުފެއްދުމުގައި މައިގަނޑު ގޮތެއްގައި އެކުލަވާލާފައިވާ އަލޮވެރާއަކީ، ސިއްޙީ ގިނަ ފައިދާތަކެއް ހިމެނޭ އެއްޗެކެވެ. އެގޮތުން އިސްތަށިގަނޑާއި ހަންގަނޑަށްވެސް އެހާމެ ފައިދާކުރަނިވި އަލޮވެރާ ގިނަ އަދަދަކަށް ހިމެނޭ މި ބޭހުން އަނގައިގެ ދަތްތަކަށްވެސް މުޙިންމު ގިނަ މާއްދާތަކެއް ލިއްބައިދީ އަނގައިގެ ސާފުކަމާއި ތާޒާކަން އިތުރުކޮށްދެއެވެ.

ހަމައެކަނި ފަތްޕިލާވެލީގެ އެކި ބާވަތްތައް ހިމަނައިގެން އުފައްދާފައިވާ މި ބޭހުން އަނގައިގައި ހުންނަ ޖަރާސީމު ނައްތާލައެވެ. އަދި ހިރުގަނޑާއި ދުލުގައި އަށަގެންފައި ހުންނަ ޖަރާސީމާއި ހުދު ތަންތަންކޮޅު ފިލުވާލުމަށް މި ބޭހަކީ އެންމެ މޮޅު ޙައްލެވެ. ހަމަ އެހެންމެ އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައަށް މި ބޭހުން ހައްލު ހޯދެއެވެ. އާދަކޮށް ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު، ނުވަތަ ކެއުމަށްފަހު މި ބޭސް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއިރުން ބޭހުގެ ނަތީޖާ ފެންނަ މިންވަރު އަވަސް ވެއެވެ.

3. ޓްރީ ހާބް ޓޫތް ޕޭސްޓް (އަގު: 145 ރުފިޔާ)

ދަތްތަކާއި ހިރުގަނޑަށް ގެއްލުންދޭ ތަކެތި އާދަކޮށް ބޭނުންކުރާ މީހުން ގިނައެވެ. ނޭނގުމެއްގެ ތެރޭގައިވެސް މިފަދަ ތަކެތި ބޭނުންކޮށް، ދަތްތަކައް ލިބޭ ދާއިމީ ގެއްލުންތަކުން އަރައިގަތުމަށް އެފަރާތްތަކަށް ހުރަހަކަށް ވަނީ، އެކަމަށް އެންމެ އެކަށީގެންވާ އުފެއްދުންތައް ލިބޭނެ ގޮތް ނުވެއެވެ. ނަމަވެސް މިހާރު ރާއްޖޭގައި ވިއްކަމުންދާ "ޓްރީ ހާބް ޓޫތް ޕޭސްޓް" އަކީ ބައެއް ކަހަލަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން، ދަތްތަކަށް ގެއްލުން ލިބިފައި ހުންނަ ފަރާތްތަކަށް އޮތް ހައްލެވެ.

ހަމައެކަނި ފަތްޕިލާވެލި ހިމެނޭހެން އުފައްދާފައިވާ މި ބޭހަކީ، ޖަރާސީމުން ދަތްތަކާއި ހިރުގަނޑު އަދި ދޫ ސަލާމަތްކޮށްދޭ މޮޅު ބޭހެކެވެ. އަދި ދަތްތަކަށް ލިބިފައި ހުންނަ ގެއްލުންތަކަށް (ބޮޑުވަރު ނުވާނަމަ) މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބޭހުން ފަރުވާކޮށްދެއެވެ. އާދަކޮށް ކޮންމެ ދުވަހަކު ދެ ފަހަރު މި ބޭހުން ދަތް އުނގުޅުމަކީ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އަވަހަށް ހާސިލް ކުރުމަށް އޮތް ގޮތްކަމަށް މި ބޭސް ބޭނުންކުރާ ފަރާތްތަކުން ތަޖުރިބާގެ އަލީގައި ބުނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މި ޕްރޮޑަކްޓުތައް ފޭސްބުކް ޕޭޖް، "ލިބޭ" އިން ވިއްކަން ހުރިއިރު، ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.