ތަންދޫރީ ޗިކަން އާއި ބަޓާ ޗިކަންއަށް ހާއްސަ އިންޑިއާގެ މަޝްހޫރު ރެސްޓޯރެންޓް މޯޓީ މަހަލް ރާއްޖޭގައި ރަސްމީކޮށް ހުޅުވަައިފިއެވެ.

މި ރެސްޓޯރެންޓް ހުންނާނީ ރަސްފަންނުގައި ހުންނަ ފަވީލާގެ ފުރަތަމަ ފަންގިފިލާގައެވެ. މިރޭ މޯޓީ މަހަލް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުވާދެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއެވެ.

މޯޓީ މަހަލްއަކީ 1920 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން އަންނަ އިންޑިއާގެ ދިއްލީގެ މަޝްހޫރު ރެސްޓޯރެންޓް ބްރޭންޑެކެވެ. މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބްރޭންޑްގެ 250 އަށްވުރެ ގިނަ ރެސްޓޯރެންޓް ހުރެއެވެ. އިންޑިއާގެ އެކި ވައްތަރުގެ ކެއުންތަކަށް ހާއްސަ މި ބްރޭންޑްގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވިގެން ދިޔައީ ފަވީލާގައެވެ.

އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

މި ހަފްލާގައި ވާހަކަދައްކަމުން މޯޓީ މަަހަލްގެ މެނޭޖިންގ ޑިރެކްޓަރ މޮނިޝް ގުޖްރަލް ވިދާޅުވީ، 1920 ވަނަ އަހަރު އުފެދުނު މޯޓީ މަހަލްއަކީ އޭނާގެ ކާފަގެ ކުންޑަލް ކާލް ގުޖްރަލްގެ މަސައްތަކެއް ކަމަށާއި، ކާފަ ހުޅުވި ކުޑަކުޑަ ރެސްޓޯރެންޓް މުޅި ދުނިޔެއަަށް ފުޅާވެފައިވާ ކަމަށެވެ. އޭނާގެ ކާފައަކީ ދުނިޔެއަށް ތަންދޫރީ ޗިކަން އަދި ބަޓާ ޗިކަން ތައާރަފްކުރި މީހާކަމަށްވެސް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މި ރެސްޓޯރެންޓުން ކާން ބޭނުންވެފައި މިހާރު ތިބޭނެ ކަމަށާއި، އަދި މިއީ އިންޑިއާގެ ކެއުންތައް ކާލުމަށް ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"މިވަރުގެ ރަނގަޅު ބްރޭންޑެއް ރާއްޖެެއައިސް ހުޅުވި އެ ކޮލެޓީ ރަނގަޅު އިންޑިއަން ފުޑް ކާލަން ލިބުނީމަ މިތަނަށް ކޮންމެ ދިވެހި ރައްޔިތަކުވެސް އަންނަން ބޭނުންފުޅުވާނެ" މަހުލޫފް ވިދާޅުވިއެވެ.

އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

މި ރެސްޓޯރެންޓުން އިންޑިއާގެ އެންމެ ފެންވަރު ރަނގަޅު ކެއުންތައް، ލިބެން ހުންނާނެއެވެ. އަދި ކެއުންތަކުގެ ކޮލެޓީވެސް ވަރަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަންވެސް މި ރެސްޓޯރެންޓުން ދެއެވެ.

މި ތަނުން ލިބޭ އިންޑިއާގެ ހާއްސަ ކެއުންތަކުގެ ތެރޭގައި، ތަންދޫރީ ޗިކަން، ބަޓަރ ޗިކަން، ސޫޕް، ނޫޑްލްސް، އިންޑިއާގެ ސްޕެޝަލް ޑީޝް، ބިރިޔާނީގެ އެކި ބާވަތްތަކައި، އިންޑިއާގެ ބުއިންތަކާއި، ޑެޒާޓްތައްވެސް އަދި ދިއްލީގެ މަޝްހޫރް ޗާތް އަދި ސައިވެސް ލިބެން ހުންނާނެއެވެ.

މި ރެސްޓޯރެންޓް ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން، ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 23:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 14:00 އިން 23:00 އަށެވެ.

މި ރެސްޓޯރެންޓުން ދިވެހިންނަށް ރަނގަޅު ހިދުމަތެއް ދޭނެ ކަމުގެ ޔަގީންކަން ދޭއިރު، ކުޑަ ހަފްލާތަކާއި ޕާޓީތައްވެސް މި ރެސްޓޯރެންޓްގައި ބޭއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގަލޮޅު މީހާ

    ސާބަސް މަހޭ މަހޭ ވެސް ގައުމު ހަލާކު ކުރާ މީހުންގެ ލިސްޓް އައް އެރީ ދޯ ތީތި ކަޑަ ބުރޯ.

    29
    3
    • nunnu

      ކަލޭ ވެސް އެތަނަށް ގޮސް ކާނެ. ބޭކާރު އަނގަ ނުތަޅާ.

      6
      11
  2. ޙުސެން

    ޙެޔޮނުވާނެ ތިޔަތަނުން އެއްވެސް ދިވެއްސަކު ކައިނޫޅޭތި މީ ވަރައްބޮޑުގޯެއް

    30
    4
  3. ޒާ

    މިއީ މިސަރުކާރުން ގެނައި ފުރެންޗައިސް އެއްނޫން. މިއީ ކުރީގެ ސަރުކާރުން މިތަން ހުޅުވަން އިޢުލާން ކުރިއިރު އެތަނަށް ޝައުޤުވެރިކަން ފާޅުކޮށްގެން އެތަނަށް އައުމަށް ތައްޔާރުވި ބައެއް. މިސަރުކާރުން ކުރިހާވެސް ކަމަކީ ރަސްރަނި ބަގީޗާގެ ނަންބަދަލު ކުރުމާއި މަގުމަތީ ދަމާފައިވާ ރޮނގުތައް ރީނދޫ ކުލައަށް ބަދަލު ކުރުން. ދެން މަރުތައް ކަށަވަރު ކުރާން ކައުންސިލް އުފެއްދުމާއި އިންސާފު ހޯދަން ރައީސް މީހާ މަގުމައްޗަށް ނިކުމެ މުޒާހަރާކުރުން.

    18
    1
  4. ޙަސަނު

    އަދި ފައްޅިވެސް އަޅާނެ ޚާއިނު ލާދީނީ ވަގު އެމް ޑީ ޕީ ގެ ރުހުމާއި އެކު

    13
    4