ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ދެ ފްރެންޗައިޒް ބްރޭންޑް ކަމަށްވާ "ބާގާ ކިންގް" އަދި "ދަ ކޮފީ ކްލަބް" މާލޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

މި ދެތަން ހުޅުވުމަށް ނިންމާފައި ވަނީ މާލެ އިން ހުޅުމާލެއަށް ފުރާ ފެރީ ޓާމިނަލް ހުންނަ އިމާރާތުގައެވެ. ބާގަ ކިންގް ހުޅުވަނީ ސީހައުސް ރެސްޓޯރެންޓާ އިންވެގެން ކުރިން ހިންގަމުން އައި އޯޝަން ބްރީޒް ރެސްޓޯރެންޓްގެ ބައިގައެވެ. އަދި "ދަ ކޮފީ ކްލަބް" ހުޅުވަނީ މި އިމާރާތަށް ބައެއް އިތުރު ކޮށްގެންނެވެ.

މި ދެ ތަން ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނައިރު، މިހާރު އެ ދެ ތަނުގައިވެސް ނަން ބޯޑު ވަނީ ހަރުކޮށްފައެވެ. އަދި މިހާރު ކުރަމުން ދަނީ އެތަނުގެ އިންޓީރިއާ މަސައްކަތްކަމަށް މައުލޫމާތު ލިބެއެެވެ.

މާލެ އަށް "ބާގާ ކިންގް" އާއި "ދަ ކޮފީ ކްލަބް" އަންނައިރު، މި ދެ ބްރޭންޑްގެ ރެސްޓޯރެންޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ.

މާލޭގައި ތަރައްގީ ކުރަމުންދާ މި ދެ ރެސްޓޯރެންޓް ހުޅުވާނެ ތާރީހެއް އަދި އެނގިފައެއް ނުވެއެވެ.