މާލޭގެ ފިހާރަތަކާއި ޢާއްމު ތަންތަނަށް އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމަށް ހާއްސަ ގަޑިތަކެއް ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާލޭގެ ފިހާރަތަކާއި ޢާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމަށް އަންނަ ބުދަ ދުވަހުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަަމަށެވެ.

އެގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި ކައްކާ ގޭސް އެއް ތަނުން އަނެއްތަނަަށް އުފުލޭނެ ގަޑިއަކީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 ކަމަށް އެ އިއުލާނުގައިވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، މިގޮތަށް ބަދަލު ގެނައުމަށް ނިންމީ މާލޭގެ މަގުތައް ތޮއްޖެހި، ހިނގާބިނގާވެ އުޅުމަށް ދަތިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހާޝިމް

    އަލްހަމްދުލިﷲ! ޤަޢުމަށް ނަސްރު ލިބިއްޖެ! ފަހުގެ ތާރީހެއްގަ އެންމެ އުފާވެރިދުވަސް.

  2. ނޫސްގަނޑު

    ރޭގަނޑު 10:00 އާއި ހެނދުނު 6:00 އަކާއި ދޭތެރޭ ބަޒާރު ފިހާރަތައް ހުޅުވާފައި ހުރޭތަ؟ ބާޒާރުން މުދާ ގަނެގެން 10 ޖަހަންދެން މުދާ ފުނި ޖަހައިގެން މަޑުކުރަންވީތަ؟ ކުދި ވިޔަފާރިތައް ހުއްޓާލާފައި ބާޒާރު ކުރަން ދާ މީހުންނަށް ހާދަ ދަތިވާނެޔޭ... ސަރުކާރުން މިތަނަށް ހަތަރު ފުރޮޅު ލީ އުޅަނދު އެތެރެ ނުކުރަންވީނު..

  3. އާވިމް

    ވަރަށް ސަޅި

  4. ޔއގ

    ޢެހެންވީމަ ބީރައްޓެހި ދޯންޔަކުން ނުނި ބޯޓަކުން ވެސް އިރު އޮއްސުމުގެ ފަހުން ގެނައި މުދަލެއް ވިއްޔާ ޖެހޭނި އިރުއަރަންދެން ހުންނަން ދެއްތޮ

  5. Anonymous

    މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލުގެ ވަާހަކަ މިއިިީ

  6. އުމަރުމަނިކު

    ޓްރާންސްޕޯޓު މިނިސްޓްރީން ކިހާވަރަކަށް ދިރާސާ ކޮށްފައި، ނިންމާފައިވާ ނިމުމެއްތައްމިއީ؟ ކައްކާ ގޭސް ހުސްވާނީ 8.30 އިން 11.00އަށް. ފެން ރޭގަޑު 10.00 ފަހުން ޑެލިވަރީ ކުރަތީ ނުނިދާ؟ ސިމިންތި، ޓިނު، ލަކުޑި ފަދަ ބާވަތް ރޭގަޑު 10.00 ޑެލިވަރީ ކުރަން ޖެހޭތީ ރައްޔިތުމީހާގެ އިތުރުން ބޯޓު ފަޅުވެރިން ނުނިދާ؟ ދިވެހި ރާއްޖޭގެ ރައްޔިތުން 24 ގަޑިއިރު ނުނިދާ. ވަރަށް ހަބޭސް. ކަސްޓަމް މުވައްޒަފުން ދުވާލުގަޑީގައި މަސައްކަތް ނެތިފައި.

  7. ނާއްޓޭ

    ފުލުހުންނާ އާންމުންނާ ޖައްސަން ތަ މި މިނިސްޓްރީން ބޭނުންވަނީ