ހުޅުމާލޭގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ތަރައްގީކޮށްފައިވާ "ރަށު މާރުކޭޓު" ގެ ގޮޅި ހޯދުމަށް އެދި ހުށަހެޅި 871 މީހުންގެ ތެރެއިން ގޮޅި ލިބުނު މީހުންގެ ނަންތައް އާންމުކޮށްފިއެވެ.

ހުޅުމާލޭ ލޯކަލް މާރުކޭޓުން ގޮޅި ލިބުނު މީހުންގެ މައުލޫމާތު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓުގައި މިހާރު ވަނީ ޝާޢިއުކޮށްފައެވެ.

މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކަށް ޚާއްސަ 37 ގޮޅިއަކާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅިއެ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮޅިތަކުގައި ބޮޑުމިނުގައި 80 އަކަ ފޫޓު ހުރެއެވެ.

މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޙާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޙާއްސަ ގޮޅިތަކެއް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ލޯކަލް މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހި ކާބޯތަކެއްޗާއި ރޯމަހުގެ ބާވަތްތައް އާއްމުނަށް ފަސޭހަކަމާއިއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޤާއިމްކޮށްފައިވާ މާރުކޭޓެކެވެ.

ގޮޅި ކުއްޔަށް ދީފައިވާ ވިޔަފާރިތަކަކީ ވިޔަފާރި ކުރާތާ ހަ މަސް ދުވަސް ވެފައިވާ ވިޔަފާރިތަކަކަށް ވާންޖެހޭއިރު ރަށު މާކެޓުގެ ގޮޅިތައް ކުއްޔަށް ދޫކުރަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަބީބު

    މިއީވެސް ރައީސް ޔާމީންގެ މަސައްކަތް! އަތް ތޮރުފައިގެންފަ ޓެގްޖަހަންތިބޭ!

    11
    2
  2. ކޮރަލް

    ކޮން ޕާޓީ އެއްގެ ކުދީންނެއް ތޯ ބަލާލަން ބޭނުމެވެ.

    8
    2
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މާލޭ މާރުކޭޓުގަ ދަގަނޑު ހޮޅިޖެހީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރާތީއޯ އެތާ. އެތަނަކީ މާރުކޭޓަށް އަންނަމީހުން ސައިކަލު ޕާކުކުރަން ޒޯނު ކުރަހާފަ އޮތްތަނެއް. ނަމުގަ 4 ފުރޮޅުލީ އެއްޗެހި ޕާކު ނުކުރެވޭގޮތަށް، އެކަމަކު އެތަނުގަ އެހެރީ ގޮޅިކުރަހާ ނަންބަރުޖަހާ، މޭޒުދޫކޮށްފަ. ދުވަހަކުވެސް ތެދެއް ހަދާބައެއްތަ މި މާލޭ ސިޓީ ކައުންސިލަކީ؟

  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މާލޭ ދަތުރުވެރިންގެ މާރުކޭޓުގަ ދަގަނޑު ހޮޅިޖެހީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރާތީއޯ އެތާ. އެތަނަކީ މާރުކޭޓަށް އަންނަމީހުން ސައިކަލު ޕާކުކުރަން ޒޯނު ކުރަހާފަ އޮތްތަނެއް. ނަމުގަ 4 ފުރޮޅުލީ އެއްޗެހި ޕާކު ނުކުރެވޭގޮތަށް، އެކަމަކު އެތަނުގަ އެހެރީ ގޮޅިކުރަހާ ނަންބަރުޖަހާ، މޭޒުދޫކޮށްފަ. ދުވަހަކުވެސް ތެދެއް ހަދާބައެއްތަ މި މާލޭ ސިޓީ ކައުންސިލަކީ؟