ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލްކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފައިސާ ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައި އެކަމުގެ އެއްބަަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައި އޮތް ހަފްލާއެއްގައި މިކަމުގެ އެއްބަސްވުމުގައި އެ ހޮސްޕިޓްލްގެ ފަރާާތުން ސޮއިކުރެއްވީ ސީއީއޯ ޑޭވިޑް ފެއިންބާގްއެވެ. އެމްއައިބީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ސީއޯއޯ އަހުމަދު ރިޒާއެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، މި އެއްބަސްވުމުގެ ދަށުން އެމްއައިބީގެ ކަސްޓަމަރުންނަށް އެ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކަށް އެމްއައިބީގެ ފައިސާ ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކަށް އެބްއައިބީގެ “ފައިސާ ކާޑު”މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސުމަށް ބޭއްވި ހަފްލާގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

މި ތައާރަފް ކުރެވުނު ހިދުމަތުގެ ސަބަބުން އެމްއައިބީގެ ކަސްޓަމަރުންނަށް އެއްވެސް ދަތިކަމަކާ ނުލާ ޓްރީޓޮޕް ހޮސްޕިޓަލުން ހިދުމަތް ދެވޭނެ ކަމަށް އެމްއައިބީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެމްއައިބީގެ އޮފިޝަލް ވިދާޅުވިގޮތުގައި، މިއަދު ފައިސާ ކާޑު މެދުވެރިކޮށް ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަމަޖެހިގެން ދިޔައިރު، ކުރިއަށް އޮތްތަނުގައި އެ ހިދުމަތް ފުޅާކޮށް ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް މެދުވެރިކޮށް ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތް އެމްއައިބީގެ ކަސްޓަމަރުންނަށް ހަމަަޖައްސާ ދެވިގެންދާނެ ކަމަށެވެ.

އިސްލާމިކް ބޭންކުން މިހާރުވެސް 80000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުން ގެންދެއެވެ. އެ ބޭންކްގެ ބްރާންޗްތައް ރާއްޖޭގެ އަށް އަތޮޅެއްގައި ވަނީ ހުޅުވާލާފައެވެ. އަދި އެ ބޭންކްގެ ބްރާންޗެއް ހުޅުމާލޭގައިވެސް ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމީލުކެޔޮޅު

    ތިގޮތަށް މަސްވެރިން ގޯނިފުލުގައިލައިގެން ވޯޓުހޯދުމަށް މަސްވެރިންނަށްވެސް ކާޑެއް ދިނެވެ. އެއިން ކުރެވޭ ބޭނުމެއް ނެތެވެ.