މާލެ ސިޓީން ބޭރުގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް އައްޑޫ ސިޓީ މީދުގައި ކުރިއަށް އެބަދެއެވެ.

ބެސްޓް ސެލެކްޝަން ކޮމްޕެނީގެ ފަރާތުން ކުރިއަށްގެންދާ މި ނައިޓް މާކެޓް ފެށީ ރޭގައެވެ. މި ނައިޓް މާކެޓް މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ނައިޓް މާކެޓް ކުރިއަށްދަނީ އައްޑޫ ސިޓީ މީދޫގެ ދެ ރަށް ދެމެދަށް ވާގޮތަށް އިންނަ ބެސްޓް ސެލެކްޝަންގެ ފިހާރަ ކުރިމަތީގައެވެ.

ރޯދައާއި ދިމާކޮށް ކުރިއަށްގެންދާ މި ނައިޓް މާކެޓްގައި ރޯދައަށް ގެއަށް ބޭނުންވާ ގިނަ ސާމާނުތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި، ފަނިގިރަން ބޭނުންކުރާ ސާމާނުތައްވެސް ހުންނާނެެވެެ.

މި ނައިޓް މާކެޓް ކުރިއަށްދާނީ ކޮންމެ ރެއެއްގެ 20:00 އިން 23:00 އާއި ހަަމައަށެވެ. މި ނައިޓް މާކެޓްގައި ތަކެތި ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށް އެ ނައިޓް މާކެޓް ހިންގާ ފަރާތުން މައުލޫމާތު ދެއެވެ.