އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެނެސްފިއެވެ. އެގޮތުން އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސެލް ގެ އަގު ކުރިއާއި އަޅާބަލާއިރު ވަނީ ބޮޑުވެފައެވެ.

މިކަން ހާމަކޮށް އެސްޓީއޯއިން ބުނެފައިވަނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11 ރުފިޔާ 49 ލާރިއަށް ކަމަށެވެ. މިއީ ކުރިން ޕެޓްރޯލް ވިއްކާ އަގަށްވުރެ 70 ލާރި އިތުރު އަދަދެކެވެ. އަދި މިއަދުން ފެށިގެން ޑީސަލް ލީޓަރެއްގެ އަގު 12 ރުފިޔާ 11 ލާރިއަށް ބަދަލުކޮށްފައި ވާއިރު މިއީ ކުރީގެ އަގަށްވުރެ 50 ލާރި އިތުރު އަދަދެކެވެ.

އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގަށް ގެނައި ބަދަލު:

ޕެޓްރޯލް (ލީޓަރެއް)

ކުރިން ލިބޭ އަގު: 10.79 ރުފިޔާ
އިތުރުކުރި އަދަދު: 0.70 ރުފިޔާ
މިހާރު ލިބޭ އަގު: 11.49 ރުފިޔާ

ޑިސަލް (ލީޓަރެއް)

ކުރިން ލިބޭ އަގު: 11.61 ރުފިޔާ
އިތުރުކުރި އަދަދު: 0.50 ރުފިޔާ
މިހާރު ލިބޭ އަގު: 12.11 ރުފިޔާ

އެސްޓީއޯއިން ބުނެފައިވާގޮތުގައި ތެލުގެ އަގުތަކަށް މި ބަދަލު ގެންނަން ޖެހުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އެ ކުންފުނިން ތެޔޮ ގަންނަ އަގު ބޮޑުވުމުން ކަމަށެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުން ފަށައިގެން ސާފުނުކުރާ ތެލުގެ އަގު 30 އިންސައްތަ އިތުރު ވެގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދާއިމު

    ގައްޑާ! ސާބަސް ހަމަ!
    "انَّ اللّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنْفُسِهِمْ

  2. ރަތުނާ

    ހެޔޮވެރިކަން

    1
    1
  3. ޖޮއްބެ

    ދުނިޔޭގެ ތެލުގެ މާރކެޓްގައި ތެލުގެ އަގަށް އެއްވެސް ބަދަލެއް ނައިސް އޮއްވާ ރީނދޫ ސަރުކާރުން މިއަހަރު މިހާރު ދެވަނަފަހަރަށް ތެލުގެ އަގު އެ ބޮޑުކުރަނީ. މިމީހުން ދައުލަތުގެ މާލިއްޔާ ގައި ހުރިހައި ފައިސާއެއް ކޮމެޓީ އާއި ކަމިޝަންހަދައިގެން ތަޅާބުރުވާ އިސްރާފުކޮށް ހުސްކޮށްފަ އެތަން ހަމަޖައްސަން ސާއްޅާމާރިތައް އެދަނީ ރައްޔިތުން ފެލަމުން. ކިހާބޮޑު ނުފޮރުއްޕާނެއްމީ އޭނ....؟
    ކެރަފާނަޝީދުގެ ދައުރުގަވެސް ތެލުގެ އަގު ބޮޑުކުރަމުން ބޮޑުކުރަމުންގޮސް އާދައިގެ ކުޑަ ސައިކަލެއްގެ ތެޔޮޓޭންކު -/50ރ އިންވެސް ނުފުރޭވަރުވި. މިހާރު އަނެއްކާ ހިންނަވަރޭ އެދަނީ ރައްޔިތުން ފެލަމުން. ނޫނޭވާ ތިޔަހަރީ ހެޔޮވެރިކަންކުރެވިފަ.