މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ރަމަޟާންމަހު ހިދްމަތްދޭ ގަޑިތައް އިއުލާން ކޮށްފިއެވެ.

މީރާއިން މި ރަމަޟާންމަހު ހިދުމަތް ދިނުމުގެ ވަގުތު ތަކަކީ އާދިއްތަ ދުވަހުން ފެށިގެން ބްރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:30 އަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހިދުމަތްދޭނީ ހެނދުނު 10:00 އިން މެންދުރު ފަހު 1:30 އަށް ކަމަށް ވެސް މީރާއިން ބުނެފައި ވެއެވެ.

އެހެން ދުވަސްތަކުގައި މީރާގެ ހިދުމަތް ދެމުން ގޮސްފައިވަނީ ސަރުކާރު ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ރަމަޟާންމަހު ހިދުމަތް ދޭ ގަޑިތައް ސަރުކާރު މުއައްސަސާ ތަކާއި ސުކޫލް ތަކުގެ އިތުރުން ބެންކުތަކުން ވެސް ވަނީ ބަދަލު ގެނެސްފައެވެ. އަދި ރެސްޓޯރެންޓް ތަކާއި ކެފޭ ތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ގަޑި ތަކަށް މި ބަދަލްތަށް ގެނެސްފައިވާއިރު ރޯދަމަހު މާލޭގެ މަގުތަކުގައި ވެހިކަލްގައި މުދާ އުފުލޭނެ ވަގުތުތަކަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.