ރާއްޖޭގެ އެންމެ މަގުބޫލް ޓެލެކޮމިޔުނިކޭޝަން ކުންފުނި ކަމަށްވާ ދިރާގުން ސަމްސަންގްގެ އެންމެ ފަހުގެ ފޯން ސަމްސަންގް ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ރަސްމީކޮށް ރާއްޖޭގައި ލޯންޗްކޮށްފިއެވެ.

މިރޭ ދިރާގް ބިލްޑިންގް ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސް 9 އަދި އެސް 9 ޕްލަސް ރަސްމީކޮށް ލޯންޗް ކޮށް އެ ފޯނު ގަންނަން ޕްރީ އޯޑަރ ކުރި ހުރިހާ ފަރާތްތަކަށް ވަނީ ހާއްސަ ޕެކޭޖަކާއި އެކު އެ ފޯނު ދޫކޮށްފައެވެ.

ފޯނު ތައާރަފް ކުރުމަށް ފަހު ފޯނު ގަތުމަށް އެންމެ ފުރަތަމަ ވަން އަހުމަދު އަޝްރަފަށް ދިރާގުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ދިރާގުން އެސް 9 އަދި އެސް 9 ޕްލަސް ނެރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ދިރާގުން އެސް 9 އަދި އެސް 9 ޕްލަސް ނެރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޕްރީ އޯޑަރ ކުރި ފަރާތްތަކަށް 5 ޖީބީ ހިލޭ ޑޭޓާ 6 މަސް ދުވަހަށް ލިބޭއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ މިރޭ އެސް 9 އަދި އެސް 9 ޕްލަސް ގަނެފައެވެ.

ގެލެކްސީ އެސް 9 ލޯންޗްކުރުމަށް މިރޭ ދިރާގްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް ފައިނޭންސިންގް އޮފިސަރ (ސީއެފްއޯ) ރޮބިން ވޯލް ވިދާޅުވީ ދިރާއަކީ އަބަދުވެސް ކަސްޓަމަރުންނާއި ވަރަށް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި ދިރާގުން ފާއިތުވި ދެ ތިން އަހަރު ސަމްސަންގް އާއި އެކު އެކި އެކި މަސައްކަތް ކުރެވުން ކަމަށެވެ. ނަތީޖާއަކަށް ވެގެން ދަނީ ސަމްސަންގްގެ އެންމެ ފަހުގެ ފޯނުތަށް ރާއްޖެއިން ލިބޭނެ ފުރަތަމަ ތަނަކަށް ދިރާގް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން އެސް 9 އަދި އެސް 9 ޕްލަސް ނެރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ދިރާގުން އެސް 9 އަދި އެސް 9 ޕްލަސް ނެރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ދިރާގަކީ ކަސްޓަމަރުންނާއި ވަރަށް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް. އަދި މިއަދު ދިރާގުން މި ލޯންޗް ކުރަނީ ސަމްސަންގް އިން އެންމެ ފަހުން ނެރުނު ފޯން ކަމަށްވާ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް. މިރެއިން ފެށިގެން ދިރާގްގެ ކަސްޓަމަރުންނަށް ދިރާގް މެދުވެރިކޮށް އެސް 9 ލިބެން ހުންނާނެ" ރޮބިން ވިދާޅުވިއެވެ.

ދިރާގުން އެސް 9 އަދި އެސް 9 ޕްލަސް ނެރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ދިރާގުން އެސް 9 އަދި އެސް 9 ޕްލަސް ނެރުމަށް ބޭއްވި ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސަމްސަންގް ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސްގެ އެންމެ ހާއްސަ ކަމަކީ އޭގެ ކެމެރާ އެހެން ފޯނުތަކުގެ ކެމެރާއަށް ވުރެއް ތަފާތު ވުމުންނެވެ. އެގޮތުން އިންސާނުންގެ ލޮލުގެ ފެނުމާއި އެންމެ އެއްގޮތްކޮށް ހަދާފައިވާ އެ ކެމެރާއަކީ މިހާތަނަށް މޯބައިލް ފޯނެއްގައި ހިމެނޭ އެންމެ މޮޅު ކެމެރާއެވެ.

ސެމްސަންގުން އަލަށް ނެރުނު ފޯނުގައި ހިމެނެނީ 62 ޖީބީ އާއި 128 ޖީބީ އެވެ. މިފަހަރު ނެރުނު ފޯނުގައި ހިމެނެނީ ތިން ކުލައެކެވެ. އެއީ މިޑްނައިޓް ބްލެކާއި ކޮރަލް ބްލޫ އަދި ނިއު ލިލަކް ޕާޕަލް އެވެ.