ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާގިނައިން ލޯނު ނަގާތީ ދަރަނި ބޮޑުވެ، ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ އިންތިޚާބުގައި ހެއްދެވީ އިތުރުފުޅުކަން އަނެއްކާވެސް ބޭޒާރުވެއްޖެއެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތާއި ބެހޭ ގޮތުން ރައީސް ޞާލިހް ހައްދަވާފައިވަނީ އިތުރުފުޅުކަން ބޭޒާރުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގްގެ ފިޗް އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގް އަނެއްކާވެސް ދެމެހެއްޓުމުންނެވެ.
2017 ވަނަ އަހަރު ރާއްޖެ ރޭޓް ކުރުމުގެ މަސައްކަތް ފިޗާ ހަވާލުކުރުމުން އެ ކުންފުނިން އޭރު ވެސް ރާއްޖެ އަށް "ބީ ޕްލަސް" ރޭޓިންގް އެވެ. މިއަހަރު ވެސް ވަނީ އެރޭޓިން ދަމަހައްޓާފައެވެ.
ފިޗުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، "ބީ ޕްލަސް" ރޭޓިންގެއް ރާއްޖެއަށް ދީފައިވަނީ އިތުރުވަމުން އަންނަ ދަރަންޏާއި، ކުރާ ހަރަދުގެ ނިސްބަތުން ބޭރުގެ ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ގާބިލުކަން ރާއްޖޭގެ އިޤުތިޞާދުގައި ހުރިކަން ފާހަގަ ކުރެވޭތީ ކަމަށެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ އިތުރުވަމުންދާ މިންވަރާއި، ކުރިއަރަމުން އަންނަ ޓޫރިޒަމް ސިނާއަތުން ލިބެމުންދާ އާމްދަނީ އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް ފިޗްގެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ތާރީހުގައި ހެދި ފުރަތަމަ ކްރެޑިޓް ރޭޓިން ހަދާފައިވަނީ 2016 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިންނެވެ.
އެނޫން ވެސް މާލީ ގޮތުން އަދާކުރަން ޖެހޭ އެހެން ޒިންމާތައް އަދާކުރެވޭނެ ގާބިލްކަން ރާއްޖޭގައި ހުރިކަމަށް ބުނެ، މޫޑީސްއިން އެ އަހަރު ރާއްޖެއަށް ދީފައިވަނީ "ބީ2" ރޭޓިންގް އެކެވެ.
ފިޗުން ރާއްޖެއަށް އަނެއްކާވެސް ބީ ޕްލަސް ރޭޓިން އެއް ދީފައި ވަނީ ބަނގުރޫޓް ވެފައި އޮތް ކަމަށް މި ސަރުކާރުން ވިދާޅުވި އެޗްޑީސީ އަކީ އަދިވެސް ދަރަނި ނެގުމުގެ ގާބިލްކަން އޮތް ކުންފުންޏެއް ކަމަށް ފިޗުން ވަނީ ބުނެފައެވެ. އެޗްޑީސީ އަކީ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރި އެއް ކުންފުންޏެވެ.
ފިޗުން ރާއްޖެއަށް ބީ ޕްލަސް ރޭޓިން މިފަހަރު ދީފައި މިވަނީ މިސަރުކާރުން އިޤުތިޞާދަށް ފައިދާ ވާނެ އިތުރު އެއްވެސް މަސައްކަތައް ނުފަށަނީސްކަން ފާހަގަ ކުރެވެއެވެ.
ބޮލުގައި ސިކުނޑި ހުރި މީހަކުވިއްޔާ ގަބޫލު ކުރާނެ . ދަރަނި ވެރިވެފައި އޮތް ސަރުކާރަކާ ހަވާލު ވާނީ ކޮހެއްކަން. އަދި ދަރަނިވެރިވެފައި އޮތް ފިހާރައަކާއި ނުވަތަ ކުންފުންޏަކާއި ވެސް ހަވާލު ވާނީ މޮޔަ އެއްކަން. ދޮގު ހެދުމަކީ ބޮޑު ފާފައެއް ކަން ދަންނާން ޖެހޭނެ. 1.8 ބިލިއަން ވެސް ލިބުނު ކަމަށް ބުނި . ހިސާބު ކިތާބަކުން ނުފެނޭ. އެއަރ ޕޯޓް ޓާމިނަލް އާއި ބެހޭ ގޮތުންވެސް ހެދީ ދޮގު މިހާރު ވެސް އެތަނުގައި އެހެރީ ނިމިދިޔަ ސަރުކާރުން އެޅި 1400 ކޮންކުރީޓް ބުޑު ފެންނާން. މިކަމާއި ރައީސްގެ ތަރުޖަމާނު ހޫދު ބުނާ ވާހަކަ ވަގުތުން ސާފު ކޮށްލަ ދީބަލަ އޭނާ އަކީ ރައީސް ނަޝީދުގެ ތަރުޖަމާނު ޒުހައިރަށް ދޫނުކުރާ ވަރުގެ މީހެއް.
ސުކުރިއްޔާ ރައީސް ޔާމީން. ޟމިހާރު މިތިބީ ވެރިކަން މަކަރަ ހީލަތުން ފޭރިގަނެފަ ތިބި ބައެއް.
މަރުހަބާ ރައީސް ޔާމީން ،
ޔާމިން ވެރިކަމައް ގެންނަން މަގޭވޯޓް ލިބޭނެ އަދުވެސް
ވަގަށްގޮވައިގެން އައިވެރިކަމެއްވީމަ ތިޔަވާހަކަދައްކާނެ އެއްވެސްއިދާރާއެއްނުވާނެ އަދިވެސްގޮވަނީިވަގޭވަގޭ ބުނާނެއެއްޗެއްނެތުނީމަ މިބުނަނީ މިޕްރޮޖެކްޓް މިހާފައިސާއިންނިމޭއިރު ޚަރަދުކޮށްފައިވަނީމާގިނައިންނޭ 10އަހަރުން ތިބުނާ ބަޔަކަށްކުރެވޭމަސައްކަތް 2 އަހަރުންއެހެންބަޔަކު ނިންމީމަ މިވަނީކިހިނެއްބާ 8އަހަރުޚިދުމަތުގަ ފަދާބޮޑީކޮންގޮތެއްބާ ހަމަނޭގޭތީއަހާލެވުނީ
އެއީ މޑޕ އިން ނުވަތަ އިބޫ ސޯލިހު ހެދި ދޮގެއްނޫން.
ކަންކަން ނޭގޭ މީހުން ވާހަކަދެއްކީމާ ދެއްކޭނީ ނޭގޭ ވާހަކަ. ރާއްޖޭގެ އިގްތިސާދާއި ކުރިއެރުމާއި އަދި މުސްތަގްބަލާއި ދޭތެރޭ ވިސްނަން ނެގޭ ބަޔަކަށް ކިހިނެއް އެކަހަލ ވާހަކަ ދައްކަން އިނގޭނީވެސް ؟
ލޯނުގެ ސަބަބަކުން ބަގުރޫޓެއްނުވާނެ . ލޯނުގެ ސަބަބުން ބަގުރޫޓް ވާނީ ބަޖެޓް ޑެފިސިޓަށާ ބަޖެޓް ގެ ރިކަރެންޓް ހަރަދު ތަކަށް ލޯނު ނަގައިގެން މުސާރަޔާ އެހެން ހަރަދުގެތެރޭ ހިމެނޭ ހެނދުނުގެ ނާސްތާ އާއި ފައިދާ ނުލިބޭ ކުންފުނިތަކުގެ ބޯޑާ ހިންގުމުގެ ހަރަދުތަކަށް ދަވްލަތުން ހޭދަކުރާނަމަ.ހައުސިން ލޯނުފަދަ އެލޯނު ބޭނުންކޮށްގެން ކުރެވޭ ތަރައްގީގެ އިންވެސްޓްމަންޓުން ލިބޭފައިސާއިން ލޯނު އަދާކުރާނަމަ ކިތަންމެ ދަރަނި ބޮޑުވިޔަސް ދަވްލަތުގެ ބަޖެޓަކަށް އެގުމެއްނުވާނެ. ޓެކްސް ބޮޑުކުރާކަށް ނުޖެހޭނެ. ލޯނުގެ ޕޭމެންޓް ނުދެވިގެން އިތުރު ލޯނު ނަގާކަށެއްނުޖެހޭނެ. 2008 ން 2012 އަށް ހިންގި ސަރުކާރުންގެންދެވިގޮތުން ސަފާރީ ޓުވާސްއާ ދިވެހި މޭސްތެރި ދިޔަމަގުން ދާން އުޅޭވާހަކަ އައި އެމްއެފުން ބުނި އިސްތިއުފާއަކުން އެކަމުން ސަލާމަތް ވެއްޖެ.
މަރުހަބާ ރައީސް ޔާމީން
ރައީސް ޔާމީނަކީ އިގްތިޞާ މާހިރެއް. ގައިމު ދެކެލޯބިޗާ ދަރިއެއް. ރައްޔިތުން ދެކެ ލޯބިވި ވެރިއެއް.
މީދާކޭ އުނބެއް ވެރިކަމަށް އައީ ދޮގު ވާހަކަ ފަތުރައިގެން! ރައީސް ޔާމިން އަކީ މިގައުގެ ތަރައްގީގޭ ބާނީ! މި ހަގީގަތަކަކީ
ރ..ޔާމިންއަކީ މިފަހުގެ ތާރީޚެއްގައި ސައުތު އޭޝިއާ ދެކުނު އެންމެވަރުގަދަ އިގުތިސާދި ސިޔާސަތެއް ގެންގުޅުނު ލީޑަރ. ނަމަވެސް މަކަރުވެރިންނަށް އިތުބާރު ކުރުމާއި އީސީ ޝަރީފު މެންކަހަލަ މީހުން ދެއްކި ކަނޑުކޮސްވާހަކަތަކަށް ހެއްލުމުން ރާއްޖެ ދެކުނު ވަރުގަދަ ފަހި ފުވަސްތައް ހިތި ރަހަދޭ އެއްޗަކަށް ބަދަލުވީ. އެނމެ 60 މަހުތެރޭ ޖީޑީޕީ 5300 ޑޮލަރ 10000 ޑޮލަރ ބަދަލްކުރި ލީޑަރގެ ސިޔާސީ މުސްތަގްބަލް މިވަނީ މިނުލަފާ ސަރުކާރުގެ ގަދަ ވިހަކޮށް ބަނަކުރަން ފަށާފަ. ފަހަރުގަ ކާފަމެން މަރުވީމަ އޯކޭވާނެ.
އިބޫ އަށް ކޮންމެސް މީހަކު ބުނެދީބަލަ “ފެމުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެއޭ”. ރާއްޖޭގެ ރައްޔިތުން ނުތިބޭނެ އިންޑިޔާ ކަހަލަ ނާތަހުޒީބު ގައުމަކަށް މި ގައުމު ހަދާތަން ބަލާކަށް.
ހިތުގެ އެންމެ ފުންމިނުން ހިޒް އެކްސެލެންސީ ޕްރެޒިޑެންޓް ޔާމީން އަބްދުލް ގައްޔޫމްއަށް ނުހަނު އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ. އަދު މަނިކުފާނު ލޯ މަތިން ފެންނަން ނެތަސް، މަނިކުފާނު ގެނެސްދެއްވި ތަރައްގީއާއި ތަހުޒީބު ފައިދަށު އޮތް ބިންގަނޑުން ފެށިގެން ގޮސް އުޑުގެ ވިލާތައް ހެކިދެއެވެ. އަޅުގަނޑުގެ ދުޢާއަކީ ރައީސް ޔާމީން އަދި އެއްފަހަރު މި ގައުމުގެ ހުންގާނުން ފެނިގެން ދިއުމެވެ. އަދި މަނިކުފާނަށް އަނިޔާވެރިވި މީހުންނާއި އަނިޔާވެރިވާ މީހުން ބަލިކުރައްވައި ހެޔޮ ސިއްޚަތެއްގައި މަނިކުފާނު ލެހެއްޓެވުމެވެ. ޔާ ﷲ، މި އަޅާގެ ދުޢާ އިޖާބަކުރައްވައިފާނދޭވެ. އާމީން.
އާމީން. ޔާ ﷲ ރައީސްޔާމީނަށް ސަލާމަތް ސިއްހަތަކާއި ފާގަތި ދުވަަްތަކެއް ދައްކަވާށި. އާމީން. ރައީސް ޔާމީންގެ ދުޝްމަނު މިހާރުގެ ސަރުކާރުގެ ހަސަދަވެރިކަމުން ސަލާމަތް ކުރައްވާށި. ހަސަދަވެރިންގެ ނުބައި މަޅިތަކުން ސަލާމަތް ކުރައްވާށި. އާމީން.
ވަރަށްބޮޑަށް ޝުކުރިއްޔާ ރައީސް އިބޫ މިރާއްޖޭގެ އިތުބާރު ދުނިޔޭގެ ކުރިމަތީގައި އަލުން އާކޮށްދެއްވީތީ އެހެންނޫންނަމަ ވޭތުވެދިޔަ ފަސްއަހަރު ވެއްޓުނު ވަޅުގަނޑުން ނޭރުނީސް....
ވަޓްއަ ޖޯކް. 100 ދުވަސް ގުނަން ނޭނގޭ މީހަކަށް ގައުމެއްގެ އިގްތިސާދު އެނގޭނެތަ. އަނގައިން ދެރަނުވައްޗެ. 3 އަހަރުފަހުން މިވެރިކަން އޮވެއްޖެނަމަ ދިވެހިން ޖަޒީރާ ދިރިއުޅުމަށް ރުޖޫއަވެ ވަނދު ބަނބުކެޔޮ ކާންޖެހި ކަރަންޓުގެ ބަދަލުގައި ފުޅިބައްތި ގެންގުޅެންޖެހޭނީ. އެދުވަހުންވެސް ތިހެން ޝުލުރު އަދާކުރައްޗެ.
ދެލޯކަނެއްތަތީ؟
ސާބަހޭ ރައީސް ޔާމީނު
ތިޔައީ ލާރި ދިންކޮޅަކަށް ރިޕޯޓް ނެރެދޭ ބައިގަޑެއް ތިޔާކުން އާދައިގެ ރައްޔިތުމީހާޔަށް ކޯޗެއްލިބެނީ، ސިޔާސީ މީހުންގެ ކޯޅުން !
އަންނަ އަހަރު ތި ރޭޓް ދަށްވާނެ. މަ ބުނީތީވެސް ބަލަން ތިބޭތި.
ރައީސް ޔާމީން ފަދަ ގައުމަށް ހެޔޮއެދޭ ވަޠަނީ ބޭފުޅެއް އަދިއެއް ވެރިކަމަކަށް ނާދޭ.
އަންނަ އިންތިހާބެއް ޔާމިން ރޭޑީވޭ
ރައީސް ޔާމީނަކީ އިގްތިޞާ އަމާހިރެއް
ރޭޓިންގ ދެމެހެއްޓީ މިސަރުކާރުން ޚަރަދު ކުޑަކުރީމަ.. ލިބޭ އާމްދަނީއަށް ވުރެއް ކުރާ ޚަރަދު ބޮޑު ނޫންޖަން ޔަޤީންވީމަ.. ޔާމީނު ސަރުކާރުނަމަ ލިބޭ އެއްޗަކާ ހަރަދާ ނުބައްދަލު ކަޓު އެހާ ބޮޑު
އިބޫމެން ވެރިކަމައް އަރާމިކުރަނީ ކޮންކަމެއް އެއްކަމެއްވެސް އަދިއެބަކުރެވޭތަ ވެރިކަންހިންގަން ނޭގޭބަޔަކުފޭބީމަ ނިމުނީއެއްނޫން މީއަހަރެމެންދެއްކިވާހަކަ ތިއިބޫމެންނައް ވޯޓުދިންމީހުން އަދިރޯނެ
މެކުނު ފުނުނަކަސް ގާހަކަ އަކަށް ނުފުމެވޭނެ. ސޯލިޙަކީ ހިންގުންތެރިކަމުގެ އެއްވެސް ވަޒީފާއެއް އަދާކުރި މީހެއް ނޫން. ރ. މަޖްލިހުގައި އެ ހޭދަ ކުރި ދިގު ޒަމާނުގައި ވެސް ދާއިރާގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ޓަކައި މަޖްލިހަށް ބިލެއް ހުށަހަޅައިގެން ބަޙުސް ކުރި މީހެއް ވެސްނޫން. އެހެންނަމަވެސް ރައީސް ޔާމީނަކީ އިގްތިސާދީ ޢިލްމުން މަތީ ތަޢުލީމު ޙާޞިލްކޮށްގެން ހުންނެވި އަދި މައުމޫންގެ ސަރުކާރުގައި މުހިއްމު ވުޒާރާ ތަކެއްގެ ވަޒީރު ކަން ކުރައްވާފައިވާ ކަމަށް ގާބިލް ވިސްނުންތެރި ހިންގުން ތެރި ބޭފުޅެއް. މިދެފަރާތް ހަމަހަމަ ކުރެވޭނެގޮތެއްނެތް ހުރިހާ ޓީވީޗެނެލް ތަކާ ނޫސްތަކުން އެކަންކުރަން އުޅުނަސް. ހިތާމައަކީ މިސަރުކާރުން ގެންގުޅޭ ދޯހަޅި އިސްރާފުބޮޑު ސިޔާސަތުގެ ސަބަބުން ކެރަފާ ނަޝީދުގެ ދައުރުގައިވީހެން ގައުމުގެ އިގްތިސާދު ދާދި އަވަހަށް ހަމަމަގުން ކައްސާލާ، އިނދަޖެހިގެންދާނެތީއެވެ. އޭރަކުން ތިޔަ ރޭޓިނގ އެއްވެސް ނުލިބޭނެއެވެ. މިހާރުވެސް އެދަނީ އޭގެ އަސަރު ފެންނަމުންނެވެ. ސަރުކާރު ގާއިމުވީތާ ދުވަސް ތަކެއްވީއިރުވެސް ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ހިންގުނު މާބޮޑު މަޝްރޫޢެއް ނެތެވެ. ކަރަންޓާ ފެނުގެ އަގު އިންތިހާއަށް މަތީގައެވެ. ރައްޔިތުން ގެދޮރުވެރި ކުރުވަން ވީ ވަޢުދުގެ މަތިން ހަނދާނެއްވެސް ނެތެވެ. ކޮންމެއަކަސް މިކަންކަމަށް ބަލާފަ އެއްޗެއް ބުނާނަމަ ބުނެވޭނީ ރައީސް ޔާމީނަކީ ހަމަ ބަޠޮލުންގެ ބަޠޮލެއް ކަމެވެ. ސޯލިހަކީ ހަމައެކަނި އޭނާގެ ކައިރީގައި ހުއްޓިހުރެ ސެލްފީއެއް ނެގުން ފިޔަވައި އެހެން ކަމަކަށް ކަމުދާ މީހެއް ނޫންކަމަށެވެ.
ދަރަނި ބޮޑުވެގެން ކަންބޮޑުވާ މީހުން ވެރިކަމާ ހަވާލުވިތާ 1 މަސްތެރޭ 1.4 ބިލިޔަން ޑޮލަރ ލޯނު އިންޑިޔާން ނެގީ ބޮޑު އިންޓްރެސްޓްގަ. އިންޑިޔާއިން ރާއްޖޭގައި ހިންގާފަހުރި ޕްރޮޖެކްޓްތަގެ އަގު އެހެން ޤައުމުތަކުން ހިންގި ޕްރޮޖެކްޓް ތަކާ އަޅާބަލާއިރު 10 ގުނަ އަގުބޮޑުވާނެ ، މުއްދަތު ކަޑައަޅާވަރަށްވުރެ 12 ގުނަ އިތުރުވާނެ އަދި ފެންވަރު 10 ގުނަ ދައްވާނެ. މި ސަރުކާރުން ޕްރޮޖެކްޓް ހިންގާނެގޮތް ވިސްނާލަ. ސަރުކާރު ހިންގަންތިބީ އިންޑިޔާގެ އަޅުން.